ފަލަސްތީނުގެ މަސްޖިދުލް އަޤްސާއަށް ވަންނަން އިސްރާއީލް ސިފައިން ތައްޔާރު ވެއްޖެއެވެ.

އިސްރާއީލް ސިފައިން އަޤްސާއަށް ވަންނަ ތައްޔާރުވުމާއި ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކާ ރައްޔިތުން ނުކުމެ ވަނީ އެސަރަހައްދަށް ނުވަދެވޭނެ ގޮތަށް ބެރިކޭޑް ޖަހައި ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވެފައެވެ

ހަމާސްއިން ވެސް އިސްރާއީލް ސިފައިން އަޤްސާއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނެއެވެ.

އިސްރާއީލް ސިފައިން އަޤްސާއަށް ވަނުމުގެ މަސައްކަތް ފަށާފައިވާތީ ޖޯޑަންއިން ވެސް ވަނީ އަނިޔާވެރި ކަމާއި އެކީ މީހުން ނުނެރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ، އިތުރަށް މަސްރަހު ގޯސްވާނެ ކަމަށް ޖޯޑަންއިން ވަނީ ބުނެފައެވެ.

އިސްރާއީލް ސިފައިން އަޤްސާއަށް ވަނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހަފްތާގެ ކުރީކޮޅު އަޤްސާ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އަދި މި ހަމަނުޖެހުމުގެ ސަބަބުން ހުޅަނގު އައްސޭރީގައި އިތުރު ހަމަނުޖެހުންތަކެއް އުފެދި، ޣައްޒާއާއި ލުބުނާނުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު