އިސްރާއީލް ސިފައިން ފަލަސްތީނުގެ އަލް-އަޤްސާ މިސްކިތަށް ވަނުމުގެ މަސައްކަތް ފެށުމާއި އެކީ އުރުދުން އިން އިސްރާއީލަށް އިންޒާރެއް ދީފިއެވެ.

އިސްރާއީލް ސިފައިން އަޤްސާއަށް ވަންނަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އިސްރާއީލް ސިފައިން އެކަމަށް ތައްޔާރުވުމާއި އެކީ، ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުން ވަނީ އެސަރަހައްދުގައި ބެރިކޭޑް ޖަހައި ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވާން ފަށާފައެވެ.

މިކަމާއި ގުޅިގެން އުރުދުން އިން ވަނީ އަނިޔާވެރި ކަމާއެކު އަޤްސާ ތެރޭގައި ތިބޭ މީހުން ނެރެގެން ނުވާނެ ކަމަށް ބުނެ އިސްރާއީލަށް އިންޒާރެއް ދީފައެވެ. އުރުދުން އިން ބުނެފައިވަނީ އެކަން އެގޮތަށް ކޮށްފިނަމަ، ހަމަނުޖެހުންތައް އިތުރުވެގެންދާނެ ކަމަށެވެ.

އިސްރާއީލްގެ ހައްދުފަހަނަ އެޅި ސިފައިން ފަލަސްތީނުގެ ކުށެއް ނެތް އެތައް ސަތޭކަ ބަޔަކު ޝަހީދު ކުރަމުން އަންނައިރު، އިސްރާއީލް ސިފައިން އަޤްސާ މިސްކިތުގައި އަޅުކަމުގެ ތިބޭ މީހުންނަށް ވެސް ހަމަލާތައް ދެއެވެ.

އެފަދަ ހަމަލާތަކެއް މިހަފްތާގެ ތެރޭގައި ދީފައިވާތީ، ޣައްޒާއިންނާއި ލުބުނާނުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަްއަލީ

    ތިހެން ކިޔަކިޔާ ތިބޭތާ ކޮންޒަމާނެއް، ކަމެއްނުވޭ.

    • ޑޮލަރު

      ޔަހޫދިން ދިނީމަ ކައިގެން އުޅޭމީހުނަށް ކުރެވޭނީ ކޮން ކަމެއް.

  2. ރަބަރޭ

    ކޮން އިންޒާރެއް ދޭކަށް ކަލޭމެން އަރަބިންތީ އެއްކަމެއްވެސް ވާ ބައެއްނޫން