އިސްރާއީލް ގްރޫޕަކުން އިސްރާއީލް މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ހަމަލާތަކެއް ދީފައިވަނީ ޖެރުސެލަމްއާއި ކައިރީގައި އޮންނަ ގިލޯ އާއި ބެއިތް ސަފާފާގެ މަގެއްގައެވެ.

މިހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލްގެ މަގެން ޑޭވިޑް އެޑޮމް އެމްބިއުލާންސް ހިދުމަތުން ވަނީ ބުނެފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި އަނިޔާ ލިބުނު އެކެއްގެ ހާލު ސީރިއަސްއެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އެހަމަލާގައި ހިމެނެނީ ކުށްވެރިން ކަމަށާއި އެއީ ނިރުބަވެރި ހަމަލާއެއް ނޫން ކަމަށެވެ. އަދި އެ ހަމަލާ ހިނގާފައިވަނީ ވާދަވެރި އަރަބި ބައެއް ތެރޭގައި ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެނީ

    ޕުރެކްޓިސް ސެސަނެއް ކަންނޭގެ

    13
  2. Anonymous

    އެވާނީ ފަލަސްތީނު މީހެއް ކަމަށް ހީކޮށް ފޮނުވާލި އެއްޗެކަށް ކަމަށް. އެމީހުންނަކީ ހިނދުކޮޅުގަ ތިބޭ މީހުން. ސަބައްޑި ބޮއެ، ޕާޓީކޮށް ބިރަކާނުލާ މަޖާކުރުމާއި ފާހިޝްޢަމަލުތައް ގިނަބައެއް. އަނެއްކާ މޭފުއްޕާލާފައި 21 ވަނަ ޤަރުނުގެ އެމެރިކާގެ ދިފާޢީ ހަތިޔާރު އަޅައިގެން ތިބޭއިރުވެސް މަރަށް އެހާ ބިރުގަންނާނެ.