ފަލަސްތީނުގެ އަލް-އަޤްސާ މިސްކިތް ކައިރީގައި ޖަމާވެގެން ތިބި ރައްޔިތުން ދުރު ކުރުމަށް އިސްރާއީލުން އުރުދުންއަށް ގޮވާލައިފިއެވެ.

އިސްރާއީލުން އުރުދުން އަށް އެފަދައިން ގޮވާލާފައިވަނީ އިސްރާއީލް ސިފައިން އަޤްސާ މިސްކިތަށް ވަނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ، ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުން އަޤްސާ މިސްކިތް ކައިރީގައި ބެރިކޭޑް ޖަހައި، ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވާން ފެށުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އަޤްސާ މިސްކިތް ކައިރީގައި ބެރިކޭޑް ޖަހައިގެން ހަރަކާތްތެރިވަނީ އިސްރާއީލް ސިފައިންނާއި ކުރިމަތިލުމަށް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަނީ އިތުރަށް މަސްރަހު ގޯސްކުރުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަމުން އަންނަ ހަމާސްއާއި ގުޅިގެން މާދަމާ ގިނަ އަދަދެއްގެ މުސްލިމުން ނަމާދު ކުރަން ތިއްބާ ނިރުބަވެރި ހަމަލާއެއް ދިނުމަށް ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

އެހެން ކަމުން އިސްރާއީލުން ވަނީ އުރުދުންގެ ވަޤްފް ޖަމާއަތަށް އަޤްސާ މިސްކިތް ކައިރީގައި ބެރިކޭޑް ޖަހައިގެން ތިބި ރައްޔިތުން ދުރު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާއިޒް

    މީ ހާދަ ބުރާންތި ތަކެއް ތީ ފަލަސްތީން މީހުންގެ ބިމެއް ދެން ކޮން ހަމަ ނުޖެހުމެއްގެ ވާހަކަ.