ދެހާސް ވިހިވަނަ އަހަރު ޔުކްރޭންގެ ފްލައިޓެއް އިރާނުން ވައްޓާލި މައްސަލައިގައި އިރާނުގެ 10 މީހަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އާންމުން ގޮވައިގެން ދަތުރުކުރި ފްލައިޓް ވައްޓާލީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އެއާ ޑިފެންސް ޔުނިޓަށް އޮޅިގެން ދިން ހަމަލާއަކުންނެވެ.

އެ މައްސަލައިގައި ރިވޮލިއުޝަނަރީ ގާޑުގެ އެއާ ޑިފެންސް ޔުނިޓްގެ ކޮމާންޑަރު ވަނީ އިރުޝާދުތަކަށް ބޯ ނުލެނބުމާއި އަދި މީހުން މެރުމުގައި ބައިވެރިވި ކަމަށް ބުނެ 13 އަހަރަށް ޖަލަށް ލައިފަ އެވެ.

ބޯޓު ވައްޓާލި ހާދިސާގައި 176 މީހުން މަރުވި އެވެ. އެ މީހުންގެ އާއިލާތަކުން ބުނީ ކޯޓުން ކުރި ހުކުމް ބަލައިނުގަންނަ ކަމަށާއި ސަރުކާރުން ޖަލަށްލީ ދަށު ރޭންކްގެ ބައެއް ކަމަށާއި އެކަމުގެ އަޑީގައި ތިބި މީހުންނަށް ފިޔަވަޅު ނާޅާ ކަމަށެވެ.

އެ ފްލައިޓް ވެއްޓާލުމުން އޭގެ ޒިންމާ ނަގަން އިރާނުން ފުރަތަމަ ތިން ދުވަހު ދެކޮޅު ހެދި އެވެ. ނަމަވެސް ފަހުން ވަނީ އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް އެއްބަސްވެފަ އެވެ.

އެ ބޯޓު ވައްޓާލި ދުވަސްވަރަކީ އެެމެރިކާއިން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔަކަށް ހުންނެވި ގާސިމް ސުލައިމާނީ އެމެރިކާއިން އަވަހާރަކޮށްލި ދުވަސް ވަރެވެ. އެހެންވެ އިރާނާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެ ދެންމެ ދެންމެ ހަނގުރާމައެއް ފެށިގެން ހިނގައިދާނެހެން ހީވި ދުވަސްވަރެކެވެ. އަދި އިރާނުން އޭރު އޮތީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މިލިޓަރީ ބޭސްއަކަށް ބެލިސްޓިމް މިސައިލުން ހަމަލާތަކެއް ދީފަ އެވެ.

އެހެންވެ ޔުކްރޭންގެ މަތިންދާބޯޓަކީ އެމެރިކާގެ ބޯޓެއް ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް ހީވެ އޮޅިގެން ހަމަލާ ދެވުނީ އެވެ.

އެ ހާދިސާއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

އި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިރާނުގެ 82 މީހުން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    ހަނގުރާމަ ފެށުނުނަމަ ހާދަ ރަނގަޅޭ މަގޭބޭނުން އީރާނުން ސިއްރުކޮށްފައިވާ އެމީހުންގެ ހަގީގީ
    އަސްކަރީ އަސްލު ބާރު ބަލަން

  2. ނަސީ

    ތިމީހުންނައްވެސް ވާނީ ހަމަ އިރާގައް ވީވަރު