އީރާންގައި ހައްޔަރުކޮށްފައި ތިބި އެމެރިކާ މީހުން ދޫކޮށްލަން އެމެރިކާ ސަރުކާރުން އީރާން ސަރުކާރާއިއެކު ޑީލެއް ހަދައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން އެކިފަހަރުމަތިން ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ހަރައްޔިތަކުން މިނިވަން ކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ވަނީ ފްރީޒް ކޮށްފައި ހުރި އީރާންގެ ހަބިލިއަން ޑޮލަރު ދޫކޮށްލަން އެއްބަސް ވެފައެވެ. އޭގެ އިތުރުން އެމެރިކާގެ ޖަލުތަކުގައި ތިބި އީރާންގެ ފަސް މީހުން މިނިވަން ކުރުން ވެސް މި ޑީލްގައި ހިމެނޭ ކަމަށް މީޑިއާތަކުން ބުނެއެވެ.

މި ޑީލްގައި މިހާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސޮއި ވެސް ކޮށްފި ކަމަށް ވެއެވެ. ނަމަވެސް ޑީލްގެ ދަށުން އެމެރިކާ އިން ކުރަން ޖެހޭ ކަންކަން ކުރަން ޖެހެނީ އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާ މީހުން މިނިވަން ވެގެން އެމެރިކާ އަށް ދެވުމުންނެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާ ރައްޔިތުން މިހާރު ވެސް ވަނީ ޖަލުން މިނިވަންކޮށް ތެހެރާންގެ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. މިހާރު ކުރިއަށް ދަނީ އެމީހުން އެމެރިކާ އަށް ދަތުރު ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ ތަރުޖަމާން ވަނީ އީރާނާއިއެކު މަޝްވަރާތަކެއް ކުރިއަށްދާކަން ކަށަވަރު ކޮށްދެއްވާފައެވެ.

މި ޑީލްގެ ދަށުން އެމެރިކާ އިން ރިލީޒް ކުރާ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަކީ އީރާނުން ދެކުނު ކޮރެއާގެ ބޭންކްތަކުގައި ބަހައްޓާފައި ހުރި ފައިސާ އެވެ. ނަމަވެސް އެފައިސާ އީރާނަށް ދޫކުރުމަށް މިހާތަނަށް ދެކުނު ކޮރެއާއަށް އޮތް ހުރަހަކީ އެމެރިކާ އިން އީރާނާއި ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެސީ1

    ޔަހޫދީން ހަދާނީ ކަނޑައެޅިގެން މަކަރު.

    14
    2
  2. ޖުހާ.

    އެމެރިކާ އިރާނާ އެއްބައިވެވޭތޯ ތެޅޭތާ ލައްކަދުވަސްވެއްޖެ. އެންމެފަހުން ބޭންކުތަކުގައި ފުރީޒްކޮށްފައިވާ އެތައްސަތޭކަ ބިލިއަން ޑޮލަރުވެސް އެ ދަމައިގަތީ. އިރާނުގެ ވެރިންގެ ސިކުނޑި ވަރުގަދައީ. އެއޮށްބޮޑު އެމެރިކާ އިރާނުފަހައި ދުވަންފެށީމަ މަށަށްވެސް ހިނިއާދެވޭ. އިރާނުގެ ހަތަރެސްފައި ބަނދެގެން ގެންގުޅޭތާ ސާޅީސް އަހަރަށްވުރެ ގިނަވެއްޖެވިއްޔަ. އެކަމަކުވެސް އެމެރިކާއަށް ފުކެއްވެސް ދޫނިދީ އެހިފަހައްޓަނީ.

    9
    1