ދުނިޔެއިން ނެތި ގޮޮސްފައިވާ ކަމަށް ބެލެވޭ ޖަނަވާރެއް ދެކުނު އެފްރިކާ އިން ފެނިއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެފްރިކާގެ ޗެޑްގައި ހުންނަ ސެނެއޮރާ ނޭޝަނަލް ޕާކުން ފެނިފައިވާ ސިންގާ އަކީ މީގެ އެތައް އަހަރެއް ކުރިން ދުނިޔެއިން ނެތިގެން ގޮސްފައިވާ ޖަނަވާރެކެވެ.

މި ވައްތަރުގެ ސިންގާ އެންމެ ފަހުން ފެނިފައިވަނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ވައްތަރުގެ ސިންގާ ދުނިޔޭގެ އެއްވެސް ހިސާބަކުން ފެނިފައި ނުވެއެވެ. އެހެންކަމުން މިއީ ދުނިޔެއިން ނެތިގޮސްފައިވާ ޖަނަވާރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެފްރިކާގެ ރަށެއްގެ ޕާކުގެ ތެރެއިން ފެނުނު ސިންގާއަކީ ވަރަށް ދުޅަހެޔޮ އަދި ވަރުގަދަކޮށް އޮތް ފަސް އަހަރުގެ ސިންގާއެއް ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. މިއަހަރު ފެބްރުއަރީ މަހު ނަގާފައިވާ ސިންގާގެ ފޮޓޯ މީސްމީޑިއާގައި ދައުުރުވާން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި ސިންގާ ފެނުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުން މިވަރުގެ ސިންގާއެއް ދުނިޔޭގައި އުޅޭ ނަމަ، އަދި އެހެން ސިންގާވެސް އުޅޭނެ ކަމަށް ލަފާކުރެވެއެވެ.

ޑރ.ހަންޓާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާރު ދުނިޔޭގައި އުޅޭ ސިންގާގެ އަދަދަކީ 22،000 އާއި 24،000 އާ ދެމެދެވެ. ސެނެއޮރާ ނޭޝަނަލް ޕާކުން ފެނުނު ސިންގާއަކީ އޭގެތެރެއިންވެސް ދުނިޔޭގައި ނެތް ވައްތަރެއްގެ ސިންގާއެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަވަށުމީހުން

    އަދި ފެންނާނެ ޑައިނަޝޯ ވެސް..

    10
  2. ޓަކަނޭ

    ނެތިގެން ގޮއްސައިވާ ކިނބޫ ނަސްލުގެ އެއްޗެއްވެސް މި ރާއްޖޭން ފެނިގެން އެބައުޅޭ

    26
    3
    • އަހުމަދު

      ތިބޭފުޅާގެ ގޭތެރޭންތަ ފެނުނީ

      3
      3
    • ޓަކަނޭ އަމާ

      ދޮގެއްވާނޫން އެއީ ހާދަހާވާ ނުރައްކާތެރި އެއްޗެކޭ

      4
      2
    • ޓިނުއަދުރޭ

      ޥަގުންގެބަނޑައް ވައިއަރާފަހުރި ވަރުމިފެންނަނީ

      3
      3
  3. ވަޒީރެއާލާ

    ޑރ، ހަންޓާ ތިޔަހިސާބުޖެހީ ވެސް ހިތުލަފައަކަށް. މަވެސް ހިސާބު މިޖަހަނީ ހިތުލަފައަކަށް. ހަންޓާގެ ހިސާބު ގޯސް. މަގޭ ލަފާކުރާއިރު މިހާރު އަލަށް ފެނުނު ސިންގާއާއެކު ދުނިޔޭގައި އުޅޭ ހުރިހާ ސިންގާގެ އަދަކީ 1އާއި 1.5މިލިއަނާ ދެމެދު. މަގޭ ލަފާކުރުން ތޯތޯ އެއްނުވާނެ.

    6
    1