ޔޫކްރޭނުން މިހާރު ތައްޔާރުވަމުން ދަނީ އެގައުމުގެ ސަރަހައްދުތަކަށް ވެރިވެގެންފައިވާ ރަޝިއާ ސިފައިންނަށް ކުއްލިއަކަށް ކައުންޓައެޓޭކެއް ދޭން ކަމަށާއި މިހަމަލާގައި ރަޝިއާގެ ލަޝްކަރުތައް ވިއްސި ވިހާލި ކޮށްލައި ޔޫކްރޭން ސިފައިންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އަލްއަރަބިއްޔާއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ މިހާރުގެ ހާލަތު އޮތީ ރަނގަޅަށް ކަމަށް އޭނާ އަށް ނުބުނެވޭނެ ކަމަށެވެ. "އަހަރެމެން މިދަނީ ކޮންމެ ދުވަހަކު ވެސް ހަނގުރާމަ ކުރަމުން. އަހަރެންނަށް ޔަގީން ކަމާއިއެކު ބުނަން އެނގޭ މީގެ އެއްއަހަރު ކުރިއަށް ވުރެ ހުރިހާ ގޮތަކުން ވެސް އަހަރެމެންގެ ސިފައިން މިހާރު ވަރުގަދަ. ހަތިޔާރުގެ ގޮތުން ބެލި ނަމަވެސް މިހާރު އަހަރެމެންގެ ލަޝްކަރު ވަރުގަދަ ވާނެ." ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރޭން ސިފައިން މިހާރު ތައްޔާރުވަމުން ދަނީ ކައުންޓަރ އެޓޭކަކަށް ވިދާޅުވި ނަމަވެސް ޒެލެންސްކީ އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް އެހަމަލާ ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.

ހަނގުރާމައިގައި ރަޝިއާގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ޔޫކްރޭނުން ބުނި ނަމަވެސް ރަޝިއާ އިން މިއަދު ވެސް ވަނީ ޔޫކްރޭންގެ ބަޚްމޫތުގެ އިތުރު ސަރަހައްދުތަކެއް ރަޝިއާގެ ބާރުގެ ދަށަށް ގެނައިކަން އިއުލާން ކޮށްފައެވެ.

ބަޚްމޫތު އަކީ ރަޝިއާ އިން ޔޫކްރޭނަށް ފާއިތުވި 14 މަސް ދުވަހު ހަމަލާތައް ދިންއިރު އެންމެ ބޮޑަށް ކުރިމަތިލުންތައް ހިނގި އެއް ސިޓީއެވެ. ޔޫކްރޭންގެ އިރުމަތީގައި އޮންނަ އެސިޓީ މިހާރު އޮތީ ގާތްގަނޑަކަށް އެއްކޮށް ސުންނާފަތިވެފައެވެ.

ރަޝިއާ އިން ބުނާ ގޮތުގައި ބަޙްމޫތުގެ %80 އޮތީ މިހާރު ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައެވެ. މުޅި އެސިޓީ ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިހާރު ވެސް ބަޚްމޫތުގެ އުތުރާއި ދެކުނުން ރަޝިއާ ސިފައިންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސް ކުރެވިފައިވާ ކަމަށް ރަޝިއާ އިން ބުނެއެވެ.

ބަޚްމޫތުގައި ރަޝިއާ ސިފައިން ހޯދަމުންދާ ކުރިއެރުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޔޫކްރޭން އަސްކަރިއްޔާގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ތިހެންވީއިރު ތިޔަބުނާ އެޓެކެއް މީގެ ކުރިން ނުދިނީ ކަލޭ ރަޝިޔާ އަށް ސަޕޯރޓް ކުރާތީ ދޯ ؟

    19
    2
  2. ބީތާވެދާނެ

    ތިހެން ކިޔާގެން އެބަ ޤައުމް ޙަލާކު ކުރަންދޯ.. އަދި ރައްޔިތުން ނުކުމެ ކަލޭ ހަވަރަށްދޭނެ..

    19
    1
  3. މިތާފް

    ހަމަ ސައްޙާފް !

    12
  4. ދަރަނި ދަންތުރަ

    އެމެރިކާގެ އަވާގައި ޖެހިގެން ގައުމު ފުނޑާލާ މީހެއް މި ޒެލެންސްކީ އަކީ ، މީނަފަހާ ޔުކުރޭނު ރައްޔިތުން އަދި ދުވާނެ ރަނގަޅު ބޮނޑިއެއް ބޮއިގެން މީނަ މައިތިރި ވާނީ

  5. ކަދުރޭ

    ކޮސް ގޮވާ ކޮސްބެ.