އާސެނަލްގެ އަންހެން ފުޓްބޯޅަ ޓީމު ގޮވައިގެން ދަތުރު ކުރި ފްލައިޓުގައި ރޯވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ވުލްސްބާގްއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު، އެނބުރި ގައުމަށް ދަތުރު ކުރަން ތައްޔާރުވެފައިވަނިކޮށް، ބްރައުންޝެއިގް ވުލްސްބާގް އެއާޕޯޓުގެ ރަންވޭ މަތިން ފްލައިޓުގައި ރޯވެފައިވަނީ ދޫންޏެއް ފްލައިޓުގެ އިންޖީނުގައި ޖެހުމުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ފުރަން ތައްޔާރުވެފައި އޮތް އެ ފްލައިޓުގެ އިންޖީނުގައި ދޫނި ޖެހުމާއި އެކީ ބާރު އަޑެއް ވަނީ އިވިފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަލިފާން ވެސް ރޯވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން އާސެނަލްއިން ވަނީ އެއްވެސް ކުޅުންތެރިއަކަށް އަނިޔާއެއް ނުލިބި ސަލާމަތުން ގެއަށް ދެވިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޫނި

    ދޫންޏެއް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއް

  2. Anonymous

    ދޫނި މަރުވި މައްސަލަ ބަލަންޖެހޭނެ. ދޫންޏަކީ ޙިމާޔަތްކުރަންޖެހޭ އެއްޗެއް. ދޫންޏެއް މަރުވެއްޖެނަމަ އެ މައްސަލަ ބަލައި ތަޙުޤީޤުކޮށް، އެކަމުގައި ހިމެނޭ ބަޔަކަށް ބޮޑު އަދަބު ދޭންޖެހޭނެ. ދަތުރުވެރިން މަރުވިނަމަ ހިތާމަ ފާޅުކޮށްފަ ތަޢުޒިޔާ ފޮނުވައިލުމުން ފުދޭނެ.

    10