އުމުރުން 72 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު ފިލިޕީންސްގެ ބަނދަރުގައި އޮތް ކްރޫސް ޝިޕަކަށް ތިން މިލިއަން ރުފިޔާ ދެއްކުމަށްފަހު، ބަލި ހާލަތު ހުރިގޮތުން ދަތުރު ނުކުރެވުނު ކަމަށް ބުނެފިއެވެ.

ކްރިސްޓޮފާ ޗަޕެލް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ވަރަށް ބޮޑަށް ބަލިވިއިރު، އޭނާއަށް ދަތުރު ކުރެވޭނެ ގޮތް ނުވެ ހަފްތާއެއް ވިއެވެ. އެންމެ ފަހުން އެ ކްރޫސް ޝިޕް ފުރީ އޭނާއާ ނުލައެވެ.

މި އަހަރު ކުރީކޮޅުގައި އޭނާ އެ ދަތުރަށް 334،951 ރުފިޔާ (17,500 ޕައުންޑް ދެއްކީ ދުނިޔެ ވަށާ ދަތުރު ކުރުމަށެވެ. އޭނާ އެ ދަތުރު ފެށި ނަމަވެސް ފިލިޕީންސްއަށް އެ ކްރޫސް ޝިޕް ލެފުމުން އޭނާ އޭގެން ފޭބީއެވެ. އެއީ އޭނާގެ ބޮލުގައި ރިއްސާތީ އަމިއްލަ އަށް ޗެކް ކުރުމަށެވެ. އެކަމަކު މިފަހަރު އޭނާއަށް އެ ކްރޫސް ޝިޕްއަށް ނުދެވުނެވެ.

ޗެޕަލް އެންމެ ފުރަތަމަ އެ ބޯޓުގެ ޑޮކްޓަރަށް ދެއްކުމުން އޭނާ ބުނީ ބޯޓުން އެނބުރި އައުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑޮކްޓަރު އޭނާއާށް އިރުޝާދު ދިނީ ބައެއް ޓެސްޓުތައް ހެދުމަށެވެ. އެހެންވެ މިމަހުގެ ހަތަރު ވަނަ ދުވަހު ފިލިޕީންސްގެ ޕަލަވަން ނަމަކަށް ކިޔާ ރަށަކަށް، އެ ކްރޫޒް ޝިޕް ލެފުމުން، އޭނާ ދިޔައީ ޗެކަޕެއް ހެދުމަށެވެ. ނަސީބަކުން އެއީ ހީޓްސްޓްރޯކްގެ އާދައިގެ ވޭދަނައެއްކަން އެނގިގެން ދިޔައެވެ. ނަމަވެސް ޗެޕަލްގެ ޓެސްޓުތައް ހަދާ ނިމުނުއިރު، އުޅަނދު ފުރައިގެން ވަނީ ގޮސްފައެވެ.

ޗެޕަލް އާއި އޭނާގެ އާއިލާ އެހެން މީހަކު ކްރޫޒް އިންތިޒާމުކުރާ ފަރާތްތަކާއި ޓްރެވަލް އިންޝުއަރެންސް ކުރާ ފަރާތްތަކަށް ގުޅައި، އޭނާގެ ހާލު ސީރިއަސް ކަމަށާއި، އެނބުރި އައުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.

އަދި އެ މީހާ މެނީލާއަށް ފުރުމުގެ ގާބިލުކަން ނެތް މީހެއް ކަމަށް ބެލެވޭތީ ފިލިޕީންސްގެ ވެރިރަށަށް ދަތުރު ކުރީވެސް ބޯޓުގައެވެ. އެންމެ ފަހުން ފްލައިޓަކަށް އެރުމުގެ ހުއްދަ ދީފައި ވަނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެެވެ. އޭނާ ފަހުން ވަނީ އެނބުރި ގެއަށް އައިސްފައެވެ.

އޭނާ ބުނި ގޮތުގައި އޭނާ އެ ކްރޫސް ޝިޕް އިން ފޮނުވާލި މީހާ އޭނާ ރަނގަޅަށް ބަލާފައެއް ނުވެއެވެ.

"އޭގެން އަހަރެން ފޮނުވާލި މީހާ ވެސް އަހަރެން ރަނގަޅަށް ނުބަލާ. ހޮސްޕިޓަލުގެ ޓެސްޓުތައް ހެދުމަށް ގިނަ ދުވަސް ނަގާނެކަން އެނގޭނެ. އަދި ކްރިޓިކަލް މެޑިކަލް ހާލަތެއް އޮތް ނަމަ، އެކަމާ ބެހޭ ގޮތުން އަޅުގަނޑަށް އިތުރު މައުލޫމާތު ނުދެވެނީ ނުވަތަ އެމީހުންގެ މެޑިކަލް ރިޕޯޓް ނުދައްކަނީ ކީއްވެގެން". އޭނާ ބުނެފައި ވެއެވެ.

ޗެޕަލް ބުނި ގޮތުގައި އޭނާ އެނބުރި އެ ބޯޓަށް ދާން ޖެހޭ ކަމަށް ނަރުހުންގެ ގާތުގައި ނަމަވެސް އެ މީހުން ބުނަމުން ދިޔައީ އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށެވެ.

"ފަހުން ހޮސްޕިޓަލުގެ އެނދުމަތީގައި އެއްވެސް މައްސަލައެއް ނެތި އޮންނަން ޖެހުނު. ިމިއީ ފުރައްސާރައެއް. އަހަރެން އެނބުރި ބޯޓަށް އެރުމުގެ ހުއްދަ ދޭން ޖެހޭނެ. އެއީ ސިއްހީ ގޮތުން ސީރިއަސް މައްސަލައެއް ނޫން". އޭނާ ބުނެފައި ވެއެވެ.