މިސްރު ފުލުހަކު ދިން ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ ތިން މީހަކު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ މިއަދު ހެނދުނު ބޯޑަރު ކައިރީގައި ގާޑް ޕޯސްޓެއްގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ ދެ ސިފައިންގެ ގަޔަށް މިސްރުގެ ފުލުހަކު ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި އޭގެ ގަޑިއިރުތަކެއް ފަހުން އެ ސަރަހައްދުގައި އިތުރު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށާއި އެ ހަމަލާގައި ހަތިޔާރު އެޅި މީހާ އާއި ސިފައިންގެ އިތުރު މީހަކު ވަނީ މަރުވެފައެވެ.

މި ހާދިސާތައް ހިނގާފައިވަނީ ނެގެވް ސަހަރާގެ ސަގީ ފަރުބަދައާއި ހަރީފް ފަރުބަދައާ ދެމެދުގައެވެ.

ހަތިޔާރު އެޅި މިސްރުގެ ފުލުސް މީހާ އިސްރާއީލަށް ވަދެގަތް ގޮތް ވެސް އަސްކަރިއްޔާއިން ބަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިސްރުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބޯޑަރު ސެކިއުރިޓީއާ ހަވާލުވެ ހުރި އޮފިސަރަކު ދިޔައީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފަހަތުން ކަމަށެވެ.

"އަދި އެ މީހުންގެ ފަހަތުން ގޮސް ބޯޑަރު ހުރަސް ކުރި ފަހުން ބަޑީގެ ހަމަލާތައް ބަދަލުކުރަން ފެށި. އެ ހަމަލާގައި އިސްރާއީލުގެ ތިން ސިފައިން މަރުވި. މަރުވި މީހުންގެ އާއިލާތަކަށް އިހްލާސްތެރި ތައުޒިޔާ ފޮނުވަން.". ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    ﷲ އަކްބަރް

    31
    1
  2. ބަޑަންޑޫ

    މެރިލެއްމަދީ އަދި 50 އެއްހާ މީހުން މަރާލިނަމަ ރަގަޅުވީސް

    21
    1
  3. ރަން ރީނދޫ

    މިއީ މިކިޔާ މޮޅު އިސްރާއީލު ގެ ބަލި ނުކުރެވޭ ސުޕަރ ސިފައިންގެ ފެންވަރު. ބަޑި އެއް އޮތް އެންމެ ފުލުހެއްގެ އަތްދަށުން 3 ސިފައިން އެވީ ގަތުލު. މިމީހުންނަށް ގޮތް ދެއްކޭނީ ހަތިޔާރެއް ނެތް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް.

    26
  4. Anonymous

    އިސްވެ މިޞްރު ޕޮލިސްމީހާ ހަމަލާދިނީ އިސްރާއީލް ސިފައިން މިޞްރުމީހާ ދިފާއުގައި އެ 3 މީހުން މަރާލީ.
    الله أكبر