ބޯޑަރު ސަރަހައްދުގައި ވަރުގަދަ އަށް ރައްދު ދިނުމުގެ ކުޅަދާނަކަން އެބަހުރި ކަމަށް އިންޑިއާ ސިފައިންގެ ޗީފް ޖެނެރަލް މަނޯޖް ޕާންޑޭ ވިދާޅުވެއްޖެއެވެ.

ބްރަމޯސް ޔޫސާ މީޓް 2023 ގައި ވާހަކަ ދައްކަވަމުން މަނޯޖް ޕާންޑޭ ވިދާޅުވީ އިންޑިއާ ވަރަށް ބޮޑަށް ބަދަލުވަވަމުން އަންނަ ކަމަށާއި އަދި ބައިނަލްއަގުމާވީ ފެންވަރުގައި ވެސް އެކަން ފާހަގަވާނެ ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރާ ފަދަ ގައުމަކަށް އިންޑިއާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަނޯޖް ވިދާޅުވީ ބޯޑަރު ސަރަހައްދުގެ މައްސަަލަތަކާ ހުރެ ވަރުގަދައަށް ދުޝްމަނުނަށް ރައްދު ދިނުމުގެ ކުޅަދާނަކަން ހުރުން ކޮންމެހެންވެސް މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން މިހާރު ތަރައްގީ ކޮށްފައިވާ ބްރަހްމޯސް މިސައިލް ސިސްޓަމުން ހަމައެކަނި ދިފާއަށް ބޭނުން ކުރާ ސިސްޓަމެއް އެކަނި ނޫން ކަމަށާއި އޭގެން ވަރުގަދައަށް ރައްދުވެސް ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރަޝިއާގެ އަތުން ގަނެފައިވާ ސުހޮކީ ފައީޓާ ޖެޓުތަކުން ވެސް އިންޑިއާގެ މިލިޓަރީ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެންމެ ބޮޑު ދުޝްމަނަކީ ޕާކިސްތާނެވެ. އެ ގައުމާ ދެމެދު ތިން ހަނގުރާމަކޮށްފައި ވެއެވެ. އެއީ ކަޝްމީރުގެ މައްސަލައިގައެވެ. ދެ ގައުމުން ވެސް ގަބޫލުކުރާ ގޮތުގައި ކަޝްމީރަކީ އެގައުމުގެ ބައެކެވެެ.

އޭގެ އިތުުރުން ޗައިނާއާއެކު އިންޑިއާއިން ހަނގުރާމައެއް ކޮށްފައި ވެއެވެ. އަދި ދޭތެރެ ދޭތެރެއިން ޗައިނާއާ އިންޑިއާއާ ދެމެދު ބޯޑަރު ކުރިމަތިލުންތައް ހިނގައެވެ. އެ ކުރިމަތިލުންތަކުގައި އާންމުކޮށް ފެންނަނީ ޗައިނާއިން ވަރުގަދަ ރައްދު ދޭތަނެވެ. އެހެންވެ އިންޑިއާގެ މިލިޓަރީީ ކެޕޭސިޓީއާ މެދު އޮންނަނީ ސުވާލު އުފެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންޑިޔާގެ ދުޝްމަނަކީ ޕާކިސްތާނެއްނޫން. ޕާކިސްތާނުގެ ދުޝްމަނަކީ އިންޑިޔާ! މިކަން ހަނދާން ބަހައްޓާތި. މިހާރު އިންޑިޔާގަ އޮތް ސަރުކާރަކީ މުސްލިމު އުއްމަތުގެ ދުޝްމަނެއް.

    41
    2
  2. މުރަނގަ ގަސްދޮށުމާލިމީ ގަހުންބޭލި ހަސަންކޮއި

    މިކަލޭގެ މިސަރުކާރާއި ގުޅިގެން އިދިކޮޅުފަރާތްތަކަށް ޗާގޯސް މައްސަލައިގައި މިދެނީ އިންޒާރުތަ؟؟؟ ސާފުބަހުން ބުނަން ނުކެރިގެން އުޅޭހެން އެބަހީވޭ. އަޅެމީ ދޮގެއްތަ؟

    32
    2
  3. ޗަކޮއި

    އިސްތަށި ނުފަޅާވައްތަރު ވާހަކަ ދައްކާނެކަމެއް ނެތް. ޗައިނާ މީހުން ހިނގި މަގަކުންވެސް މީގެ ގަރުނެއްވިޔަސް ތިޔަ އިންޑިއާއަކަށް ހިނގޭކަށްނެތް.

    5
    1