އިންޑިއާގައި ކެމިކަލް ޓްރަކެއް ގޮވާ ހަތަރު މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕޫނޭ-މުމްބާއީ އެކްސްޕްރެސްވޭގައެވެ.

ފުލުހުން ބުނީ މިއަދު ހިނގި އެ އެކްސިޑެންޓެއްގައި ކެމިކަލް ބަރުކޮށްފައި އޮތް ޓޭންކަރެއްގައި އަލިފާން ރޯވެ ހަތަރު މީހަކު މަރުވެ ތިން މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ލޯނަވާލާ އާއި ޚާންޑަލާއާ ދެމެދު އޮންނަ އެކްސްޕްރެސްވޭ ސަރަހައްދުގައި ކަމަށެވެ. އަދި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ޓޭންކަރުގައި އަލިފާން ރޯވެ ގޮވާފައިވާ ކަމަށެވެ.

ލޮނަވަލާ ޕޮލިސް ސްޓޭޝަންގެ އޮފިޝަލް ވިދާޅުވީ އެ ވަގުތު އެ ސަރަހައްދުން ސައިކަލު ގައި ދިޔަ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި ޓޭންކަރުގައި އިން އެކަކު މަރުވެ ވެހިކަލްގައި ތިބި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު