ލޯބިވެރިޔާއާއި ޖެހުނު މައްސަލައެއްގައި ސްރީލަންކާގެ ފިރިހެނަކު އަމިއްލައަށް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 36 އަހަރުގެ އެފިރިހެން މީހާއަކީ ލަންކާގެ ލުނުކެޓިޔަމަދިއްތާއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުންނާއި ހަވާލާދީ ލަންކާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ނިއުސްވަޔާ" އިން ރިޕޯޓް ކުރި ގޮތުގައި ރޭގެ ވަގުތެއްގައި އޭނާ އަމިއްލައަށް މަރުވެފައިވަނީ މެނިކިއްނާ ސަރަހައްދުގެ ގަލްކަޑުވާގެ ޖަންގައްޔެއްގެ ތެރޭގައި ހުރެގެން އަމިއްލަ މީހާ ގޮއްވާލައިގެންނެވެ.

އޭނާގެ ހަށިގަނޑު ގޮއްވާލުމަށް ބޭނުން ކޮށްފައިވަނީ ކޮން ބާވަތެއްގެ ގޮވާ ތަކެތި ކަމެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފަހުގެ ތަހުގީގުތަކުން ދައްކާ ގޮތުގައި އޭނާ އަމިއްލައަށް މަރުވެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކާއި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް އެކަމުގެ ވެސް ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މެނިކިއްނާ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާއި ޖެހުނު މައްސަލައެއްގައި ލަންކާ ފިރިހެނަކު އަމިއްލައަށް މަރުވެފައިވާއިރު، މީގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އެފަދަ މައްސަލަތަކުގައި އެތައް ބަޔަކު ވަނީ އަމިއްލަ ފުރާނަ ދުއްވާލާފައެވެ.

އެފަދަ ކަންކަން އިތުރުވަމުން އަންނާތީ ބައެއް ގައުމުތަކުގައި ވަނީ ކައުންސިލިން ހޯދުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު