އިންޑިއާގެ އަންދްރާ ޕްރަދޭޝްގައި ގްރޭޑް 10ގެ ކުއްޖެއްގެ ގަޔަށް ޕެޓްރޯލް އަޅާ އަންދާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަންދްރަ ޕްރަދޭޝްގެ ބަޕަޓްލާ ޑިސްޓްރިކްޓްގައި ގްރޭޑް 10 ގެ ދަރިވަރެއްގެ ގައިގައި އަލިފާން ޖަހާފައި ވަނީ، އެ ކުއްޖާގެ ދައްތަ އަށް ފުރައްސާރަ ކުރަމުންދިޔަ ފިރިހެނެކެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަން އުޅުމުގެ ތެރޭގައި އުމުރުން 15 އަހަރުގެ އަމަރްނަތު ވަނީ އޭނާގެ ގަޔަށް ޕެޓްރޯލް އަޅާ ހުޅުޖެހީ ތިން މީހެއްކަން ހާމަ ކޮށްފައެެވެ.

އޭގެ ތެރެއިން އެކަކުގެ ނަމަކަށް ކިޔަނީ "ވެންކީ" ކަމަށްވެސް ބުނެފައި ވެއެވެ.

އަމަރްނަތުގެ އާއިލާއިން ބުނާގޮތުގައި އުމުރުން 15 އަހަރުގެ އެ ޒުވާނާ ދިރިހުއްޓާ އަންދާލާފައިވަނީ އޭނާގެ ގަޔަށް ޕެޓްރޯލް އެޅުމަށް ފަހުގައެވެ.

އަމަރްނާތުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އުމުރުން 21 އަހަރުގެ ވެންކަޓޭޝްވަރު، އަމަރްނާތުގެ ކޮއްކޮއަށް އުނދަގޫ ކުރާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާ ވެންކްޓޭޝްވަރާ ކުރިމަތިލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބަޕަޓްލާގެ ފުލުސް އޮފިސަރު ވަކުލް ޖިންދާލް އެންޑީޓީވީއަށް ވިދާޅުވީ މަރުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ވެންކްޓޭޝްވާރުގެ ފަރާތުން ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވެނީވެސް ކުޑަ ކުއްޖަކަށް ވާތީ ގާނޫނުގެ ދަށުން އިތުރު މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު