ސްވިޑަންގައި ތަކުރާރުކޮށް ގުރުއާން އަންދަމުންދާތީ ސްވިޑަންގެ ބަހުސް ލިއެފައިވާ 100،000 ގުރުއާން ނެރެން ކުވައިތުގެ ސަރުކާރުން ނިންމައިފިއެވެ.
ކުވެއިތުގެ ސަރުކާރުން އެ ނިންމުން ނިންމީ އިއްޔެ ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމެއްގައެވެ.
އެއާއެކު ސްވިޑަންގެ ބަހުން ނެރޭ ގުރުއާން ވަރަށް އަވަހަށް ސްވިޑަންގެ ސްކޫލުތަކަށާއި ލައިބްރަރީތަކާއި އަދި އެހެނިހެން އިންސްޓްޓިއުޓްތަކަަށް ބަހާނެއެވެ.
ސްވިޑަންގެ ބަހަށް ގުރުއާން ތަރުޖަމާ ކުރީ އިސްލާމް ދީނަށް ވަތް ސްވީޑަންގެ މީހެއް ކަމަށްވާ އަލް މަރުހޫމް ކްނޫޓް ބާންސްޓްރޮމްއެވެ.
ގުރުއާން އެންދުމާ ގުޅިގެން އެންމެ ފުރަތަމަ އެކަން ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނެއެވެ.
ސްވިޑަންގައި އެންމެ ފުރަތަމަ ގުރުއާން އެންދީ މި އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ގުރުއާން އެންދީ ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.
އެކަން އެހެން އޮއްވައި މިދިޔަ ބޮޑު އީދު ދުވަހު ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ގުރުއާން ވަނީ އަންދައިފައެވެ.
ސްވިޑަންގެ ސަރުކާރުން ފަހުން ބުނީ ގުރުއާާން އެންދުން ކުށްވެރިކުރާ ކަމަށާއި ނަމަވެސް ސްވީޑަންގެ ގާނޫނުތަކުން އެކަން މަނާ ނުކުރާ ކަމަށެވެ.
ގުރުއާން އަންދަން ހުއްދަ ދިން ނަމަވެސް ޔަހޫދީންގެ މުގައްދަސް ފޮތް ތައުރާތު އަންދަން ސްވިޑަންއިން ހުއްދައެއް ނުދެއެވެ. އެހެންވެ ވަކި ފޮތެއް އަންދަން ހުއްދަ ނުދިނުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.
ވަރަށް ރަގަޅު ނިންމުމެއް..
އެ ފޮތް ކިޔަވާ މީހުން ނިގަކުރަން މަސަކަށް ކުރުން ވަރަށް ރަނގަޅު
މަރުޙަބާ ކުވައިތު ސަރުކާރަށާ ވެރިންނަށް
👍👍👍
އަވަށުމީހުން ގެ ނަމުގައި ކޮމެންޓްކުރިފަރާތުގެ ކޮމަންޓަށް 26 ލައިކްލިބިފައިވާއިރު ނަފުރަތުކޮށްފައިވާ އެންމެ މީހެކެވެ. ބެލެވޭގޮތުގައި އެމީހަކީ މޫނުމަހަވަރު (މޫނެއްފަދަ މާވަހަރެއް) ކަމަށް ދުނިޔޭގެ މަޝްހޫރުކަމަށް ބުނާ ނޫސްތަކުގެ ފަލަސުރުހީތަކުން ވަނީ ފާހަގަކޮށްފައެވެ،