އިންޑިއާ އިން ކާމިޔާބުކަމާ އެކުގައި ޗަންދްރަޔާން-3 ހަނދަށް ދިއުމަށް ލޯންޗުކޮށްފިއެވެ.

އާބާދީ އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއަކީ ހަނދަށް މިފަދަ އުޅަނދެއް ފޮނުވި ހަތަރު ވަނަ ގައުމެވެ. މި އުޅަނދު ލޯންޗުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މި އުޅަނދު ލޯންޗުކޮށްފައި ވަނީ އަންދުރަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ ސަޓިޝް ދަވަން ސްޕޭސް ސެންޓަރުންނެވެ. މި އުޅަނދު ލޯންޗު ކުރި މަންޒަރު ބެލުމަށް ގިނަ ބަޔަކު ސްޕޭސް ސެންޓަރު ކައިރި އަށް އެއްވިއެވެ. އަދި އެއް މިލިއަނަށް ވުރެ ގިނަ މީހުން ލައިވްކޮށް މި ވީޑިއޯ ޔޫޓިއުބުން ބެލިއެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ ޗަންދްރަޔާން-3 ލޯންޗު ކުރި ކަމާއި އެ އުޅަނދުގެ ހާލަތު އޮތީ އާންމު ހާލަތެއްގައި ކަން ފާހަގަކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗަންދްރަޔާން-3 އަކީ އިންޑިއާ ޖައްވީ މަސައްކަތުގައި މުޅިން އާ ސަފްހާއެއް ހުޅުވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

އެ އުޅަނދު ހަނދާ ހަމައަށް ފޯރާނެ ކަމަށް ބެލެވެނީ އޯގަސްޓު 23 ގައެވެ.

އިންޑިއާ އިން މިހާތަނަށް އައިއިރު ދެ އުޅަނދެއް ހަނދަށް ފޮނުވާލިއެވެ. އެގޮތުން 2019 ވަނަ އަހަރު ޗަންދްރަޔާން-2 އުޅަނދު ހަނދަށް ނުޖެއްސި ވަނީ ފެއިލްވެފައެވެ. އިންޑިއާ އިން 2008 ގައި ފޮނުވާލި ޗަންދްރަޔާން-1 ހަނދުގައި ޖައްސަަން އުޅުމުގެ ތެރޭގައި އެ އުޅަނދު ވެއްޓިފައިވެއެވެ.

އެންމެ ފަހުން ލޯންޗު ކުރި މިޝަންގެ އަމާޒަކީ ހަނދާ ގުޅޭ ދިރާސާތައް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަން ރީނދޫ

    މާތްﷲ ގެ ވާގިފުޅާއިއެކު މި އުޅަނދަށް ހަނދައް ތިރިނުކުރެވި ފަނާ ކުރައްވާށި. އާމީން.

    13
    2
  2. ދަވާލާ

    އަވައްޓެރި ގައުމުތަށް ނޮލާކައިގެން މައްޗަށް ހަވަޔަށް ފަޒާޔަށް ، ﷲ އިރާދަކުރެއްވިޔާ ތިޔަ

  3. އިޚްލާޞް

    އަހަރެންނަށް ރަނގަޅީ ﷲ ގެ ވާޤިފުޅާއެކު އެ އުޅަނދު ހަނދަށް ތިރިކުރެވި އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއް ފާޅުވެ އެމަސައްކަތް ކުރި މީހުންނަށާއި އަދި ގިނަ ބަޔަކަށް ﷲ ގެ އެއްކައުވަންތަކަން އެނގި އެއިލާށް ތަބާވާ މީހުން އިތުރު ވެގެން ދިޔުން.

    14
    1
  4. ބުރަކި

    ތިޔައުޅަނދު ހަދަށް ކާމިޔާބު ކަމާއިއެކު ތިރިކުރެވި އެބައިމީހުންނަށް ﷲ ޖައްލަ ޖަލާލުގެ ކުޅަދުންވަންތަކަމާއި ކާއިނާތުގެ ރަށްބެއްވާކަން އެމީހުންގެ ހިތްތަކުގައި ބިންވަޅުނެގި އީމާންކަން ގަބޫލުކޮށް ގެރިތަކަށް އަޅުކަން ކުރުމާއި މަންފާއެއްނެތް ބުދުތަކަށް އަޅުކަންކުރުން ދޫކޮށް ޖާހިލިއްޔަތު ދޫކޮށްލާ އިސްލާމްދީނުގެ މަތިމެރިކަން އެބައިމީހުންގެ ހިތްތަކުގައި ލެއްވުމުގެ ނަސީބު މިންވަރުކުރަށްވާށިއެވެ އާމީން ޔާރަށްބުލް އާލަމީން.