ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އީލަން މަސްކު ޓްވިޓާ އާއި ހަވާލުވި ފަހުން ޓްވިޓާގެ އާމްދަނީ ދަށަށް ދާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

2022 ވަނަ އަހަރު އޮކްޓޯބަރ މަހު މަސްކު ވަނީ ޓްވިޓާގެ ބޮޑު ހިއްސާއެއް ގަނެ ޓްވިޓާގެ ވެރިފަރާތް ބަދަލުކޮށްފައެވެ. މަސްކް ޓްވިޓަރ ގަނެފައި ސާޅީސް ހަތަރު ބިލިއަން ޑޮލަރަށެވެ.

މަސްކު ބުނާގޮތުން އޭނާއަށް ހީކުރެވުނު ގޮތާއި ޚިލާފަށް މިދިޔަ ޖޫންމަހު ޓްވިޓާއަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ނަމަވެސް، މިހިނގާ ޖުލައި މަހު، އާމްދަނީ ރަނގަޅުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ޓްވިޓާއާއި ހަވާލުވި ފަހުން އާމްދަނީގެ ދެބައިކުޅަ އެއްބައި މިހާރު ދަށްވެފައިވާ ކަމަށް މަސްކު އާއި ހަވަލާދީ ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން ޓްވިޓާގެ 7،500 މުވައްޒަފުންގެ ތެރެއިން، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުން މިދިޔަ އަހަރު، ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުން ޓްވިޓަރގެ ވާދަވެރި، ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. ބައެއް އަންދާޒާތައް ބުނާ ގޮތުން ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރުވަނީ 150 މިލިއަނަށް އަރާފައެވެ.

ތްރެޑްސްއަކީ އިންސްޓަރގްރާމްގެ ތެރެއިން މަސައްކަތްކުރެވޭ، ގޮތަށް އުފައްދާފައިވާ މަންޞަތަކަށްވާތީ (ޕްލެޓްފޯމަކަށްވާތީ)، ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު ދެބިލިއަނަށް އެރުމަކީ ވަރަށް ކައިރީގައި އޮތް ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސްކް ޓްވިޓާ އަމިއްލަ ކުރުމާއި އެކު، ޓްވިޓާއަށް އެތައް މަހެއްވަންދެން އައީ ބޮޑެތި ގޮންޖެހުންތަކާއި ފާޑުކިޔުންތަކެއް ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ވެރިން ފެންފަރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ، ނޫފާހަގަ ވެރިފިކޭޝަން އަށް ސަބްސްކްރިބަރުން އަތުން ފީނެގުންފަދަ ޓްވިޓާއަށް މަސްކް ގެންނެވި ބޮޑެތި ބަދަލުތައް ހިމެނެއެވެ.

އިޝްތިހާރުގެ އާމްދަނީ 50 އިންސައްތަ ދަށަށް ދިއުމުން މަސްކް އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ 2021 ވަނަ އަހަރު ޓްވިޓާއަށް ލިބުނު އާމްދަނީ 5.1 ބިލިއަން ޑޮލަރަށް ވުރެ ދަށްވެފައިވީ ނަމަވެސް 2023 ވަނަ އަހަރު އާމްދަނީ ތިން ބިލިއަން ޑޮލަރަށް ހަދަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.