އިންޑިއާގެ މުސްތަގުބަލުގެ އިގްތިސާދު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވިދާޅުވެއްޖެއެވެ.

އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ އަޖޭ އެފަދައިން ވިދާޅުވީ ތިން ވަނަ ޖީ-20 ފައިނޭންސް މިނިސްޓަރުން އަދި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އައިއެމްއެފްއާއި ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސާދަށް ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.

ނަމަވެސް އަޖޭ ވިދާޅުވީ އިންޑިއާގެ މުސްތަގުބަލުގެ އިގްތިސާދު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

އަދި ފާއިތުވި 15 އަދި 20 އަހަރުގެ ތެރޭގައި އިންޑިއާ ވަރަށް ބޮޑަށް ޑިޖިޓަލައިޒޭޝަން ގޮސްފައިވާ ކަމަށާއި އެއާއެކު އެޕްލިކޭޝަންތައް އުފައްދައި ހިދުމަތްތައް މީހުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަދައިދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އައިއެމްއެފްއިން ކަމެއް ލަފާކުރިޔަސް އެކަން ކޮންމެހެން ހަގީގަތަކަށް ވާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް ކަންކަން ބަދަލުކުރެވިދާނެ." އަޖޭ ވިދާޅުވިއެވެ.

އަޖޭ ވިދާޅުވީ އިންޑިއާގެ ސިޓީތައް ފައިނޭންސް ކުރުމުގެ ކުޅަދަނާކަން ވެސް އިންޑިއާގެ އެބަހުރި ކަމަށެވެ.

ކުރިން ފައިނޭންސް އަދި ޑިވޮލޮޕްމަންޓް އެކްސްޕާޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޖޭ ވޯލްޑް ބޭންކުގެ ރައީސް ކަމާ ހަވާލުވީ މިދިޔަ މަހުއެވެ.

އޭނާއަކީ ވޯލްޑް ބޭންކުގެ ރައީސް ކަމާ ހަވާލުވި ދޮން ނަސްލު ނޫން ނަސްލަށް ނިސްބަތްވާ ފުރަތަމަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަނަނަ

    އިންޑިއާގަ އޮންނަނީ ވެއްޓޭނެ ކަހަލ އިގްދިސާދެއް ނޫން.. އާބާދީގެ ބޮޑުބަޔަކަށް އާމްދަނީ ނުލިބޭ.. ގިނަމީހުން ފާހާނާ ކުރަނީ ރޭލު ދަނގަޑު މައްޗަށް… ދިރިއުޅެނީ މަގުމަތީ ޖިފުޓި ތަކުގަ. ރަށްފުށުގެ މީހުން ނުދަނޭ ސަރުކާރެއް އިގިދިސާދެއް އޮންނަ ކަމެއް. 50% އާބާދީ އުޅެނީ ނުކައި ނުބޮއެ ބޭސްފަރުވާ ނުކޮށް ފާޚާނާ ނުކޮށް ބޯ ހިޔާވަހިކަމެއް ނެތި. ކިތަންމެ އިގްދިސާދު ގޯސްވިޔަސް ވާނީ ހަމަ މިހާރުވެސް ވާވަރު. އެއީ އެ ކިޔާ އެއްޗަކީ.

    9
    1
  2. ފައްލަންބޭ

    އެހެންނު ރާއްޖެ ދަވާލައިފި ވިއްޔާ