އިސްރާއީލުން ރޭ ކަލްކިލިއާ ސިޓީގައި ފަލަސްތީނުގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

މީގެ އިތުރުން އިއްޔެ ނަބްލޫސްގެ އަލް އީން ކޭމްޕްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 23 އަހަރުގެ ޒުވާނަކު ސިފައިން ވަނީ ޝަހީދު ކޮށްލައިފައެވެ.

ގުދުސް ނެޓްވޯކްސް އިން ބުނީ ފަލަސްތީނުގެ އުމުރުން 14 އަހަރުގެ ފާރިސް އަބޫ ސަމްރާހުގެ ގަޔަށް ބަޑި ޖަހާ ޝަހީދު ކޮށްލާފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ރޭ ހިންގި އޮޕަރޭޝަނެއްގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަލްކިލިއާ ސިޓީގައި ކަމަށެވެ.

2023 ވަނަ އަހަރު ފެށުނީއްސުރެ އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ 160 އަށް ވުރެ މީހުން ޝަހީދުކޮށްލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު