އިންޑިއާގައި ދެ ބަސް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެގައި ދެ މީހަކު މަރުވެ، ގިނަ ބަޔަކު ޒަހަމް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މަހަރަސްތްރަގެ ބުލްދަނާގައެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ ބަލަޖި ޓްރެވެލްސްއަށް ނިސްބަތްވާ ބަހަކާއި ރޯޔަލް ޓްރެވެލްސް ކުންފުންޏަށް ނިސްބަތްވާ ދެ ބަސް ޖެހިފައިވަނީ އެއްބަސް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މިހާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު، 20 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެމީހުންނަށް ހޮސްޕިޓަލުަގއި ފަރުވާ ދެމުން އަންނައިރު، 32 މީހަކަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަހެއް ދުއްވަން ހުރި ޑްރައިވަރު ވެސް ހިމެނެއެވެ.

އެގައުމުގެ ޓްރެފިކް ފުލުހުން ބުނެފައިވަނީ އެކްސިޑެންޓާއި ގުޅިގެން މަގު ބަންދުވި ނަމަވެސް މިހާރު އެތަން އެއްކޮށް ސާފު ކޮށްފައިވާ ކަމަށެވެ.

މިއީ މިމަހުގެ ތެރޭގައި އެސަރަހައްދުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން މިމަހުގެ އެއްވަނަ ދުވަހު ވެސް މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ބަހެއްގައި ރޯވި މި ހާދިސާގައި ތިން ކުޑަކުދިން ހިމެނޭހެން 25 މީހަކު ވަނީ މަރުވެފައެވެ.

ރޭގެ ހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސާބަހޭ ރޭޕިސްތާނުގައި ބަހާއި ރޭލު ދުއްވަންވެސް ތިބެނީ ޝަރާބު ބޮއެގެން ތޯއްޗެއް!