ޗައިނާއަކީ ގޮވަން ތައްޔާރަށް އޮތް ބޮމެއް ކަމަށް އެމެރިކާއިން ބުނުމުން ޗައިނާއިން އެމެރިކާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޗައިނާގެ އިގްތިސޯދީ ހާލަތަށް ބަލާއިރު އެއީ ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް ކަމަށެވެ. ޗައިނާގެ އިޤްތިސާދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ހަމައެއާއެކު ބޭރު ދުނިޔެއާ މުއާމަލާތް ކުރާ ގޮތުން ހާލަތު ދަށްވެފައި ވާ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޗައިނާއެކު ގުޅުން ބާއްވަން ބޭނުން ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވާ ގޮތުގައި ޗައިނާގެ އިޤްތިސާދު ކުރިން 8 ޕަސެންޓުގައި ހުރިއިރު މިހާރު ކުއެރުން ހުރީ އެންމެ 2 ޕަސެންޓުގައެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގްތިސޯދީ ދުވެލި ހުރީ 4.5 ޕަސެންޓުގައެވެ. ދެވަނަ ކުއާޓަރުގައި 6.3 ޕަސެންޓަށް ޖެހިލާފައި ވާ އިރު އެއީ ޖީޑީގެ ނިސްބަތުން 0.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ރައީސް ބައިޑަންގެ ވާހަކަފުޅު އަމާޒުކުރެއްވީ ޗައިނާއިން އެހެން ޤައުމުތަކަށް ބާރުފޯރުވާ ބުލީކުރަމުން ގެންދާތީ އެކަމާ ކަމަށެވެ، އެގޮތުން ބޮޑެތި އިންޓަރެސްޓް ރޭޓް ތަކުގައި އުމްރާނީ ތަރައްގީގެ މަޝްރުއުތަކަށް ލޯނު ދީ، އެ ލޯނުތައް އަނބުރާ ދެއްކޭގޮތް ނުވާ ގައުމުތަކުގެ ހަރުމުދާ ޗައިނާއިން އަތްދަށުލައި ހަދާ ކަމަށް ޖޯން ކާބީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ އެމްބަސީގެ ތަރުޖަމާން ލިއު ޕެންގްޔޫ ވިދާޅުވީ، އެހެން މީހަކު ނުވަތަ ބަޔަކު ކުރި ކަމެއްގެ އިލްޒާމް ޗައިނާ ބޮލުގައި އަޅުވައި އެމެރިކާއިން ޗައިނާ ރުޅިއަރުވަނީ ކަމަށާއި ޗައިނާގެ ޖީޑީޕީގެ ކުރިއެރުމުގެ ނަތީޖާއިން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާ ކަމަށެވެ.

ޗައިނާގެ މީޑީޔާތަކުން ރިޕޯޓްކުރާ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ ބައިޑަން ބޭނުންވަނީ އެމެރިކާގެ އެތެރޭގައި ހުރި މައްސަލަތަކަށް އާންމުންގެ ސަމާލުކަން ކުޑަކުރުވައި ބައިޑަންގެ ކެމްޕެއިން ސްޓްރެޓަޖީއެއްގެ ގޮތުން ޗައިނާގެ ވާހަކަ ދައްކަވަނީއެވެ. އެގޮތުން އެމެރިކާގެ ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާ ގިނަ ކެންޑިޑޭޓުން އެއްވާހަކައަކަށް ދައްކަވާނީ ޗައިނާގެ ވާހަކަ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްކުޅިފާނު

    ދެންނުވާނެ ބައިޑަންއަކައް ތިކަމެއް.މާ މުސްކުޅިވީމަ..

    19
    1
  2. ކޮހެތޫރު ފަރުބަދަ

    އަހަންނަށް ރަނގަޅީ ޓްރަމްޕު އަރައިފިއްޔާ އެއީ އީރާނައް ހަމަލާދޭތަން ބަލަން ސަބަބަކީ އީރާނުން ކޮންފަދަ ހާލެއް އެމަރިކާ އަށްކޮށްލާތޯ ބަލަން އަހަންނަށް އިނގޭ އީރާން ނައްތާލުމަކީ އެމަރިކާ އަށް ކުރެވޭނެވަރުކަމެއް ނޫންކަން އީރާންގެ ނުރައްކާތެރި ހަތިޔާރުތަކުގެ އަޖުމަބަލައި އެމަރިކާ ފުނޑުފުނޑު ވާތަންބަލަން

    6
    1
  3. ޗައިނާ

    ބައިޑަން ދައްކާވާކައިގަ އުރައްޕެއްހުރިނަމަ ޗައިނާމީހުން އެވަރަކަށް ދަތުރެއް ނުކުރާނެ. މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން މީހުން އައި ޤައުމުތަކުގެ އެންމެ ކުރީގައިއޮތީ ޗައިނާ.