ޗައިނާގެ ބައެއް ކަމަށް ޗައިނާ އިން ދައުވާ ކުރާ ޓައިވާންގެ މިލްކުވެރިކަން ކަށަވަރު ކުރަން ޗައިނާ އިން ޓައިވާނާއި ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ، އެމެރިކާ އިން އެހަނގުރާމައިގެ ތެރެއަށް ވަދެ ޓައިވާން ހިމާޔަތް ކުރާނެ ގޮތުގެ ތަމްރީންތަކެއް އެމެރިކާ ސިފައިން ހަދަމުން ގެންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ އިން ޓައިވާން ހިފައިފި ހާލަތެއްގައި ކަންތައް ވެގެން ދާނެ ސިނާރިއޯއެއް ތައްޔާރުކޮށް އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑުން އަންނަނީ ތަމްރީންތައް ހަދަމުންނެވެ.

މި ތަމްރީންތައް އެމެރިކާ ސިފައިން ކުރިއަށް ގެންދަނީ އެމެރިކާގެ ކެލެފޯނިއާ ފޯޓް ބްރެގްގައި ކަމަށް މިލިޓަރީ.ކޮމް ގައި ބުނެފައި ވެއެވެ. ތަމްރީންގައި އެމެރިކާ ސިފައިން އެންމެ ބޮޑަށް ހަރަކާތްތެރި ވާނީ ޗައިނާ އިން ޓައިވާނަށް ހަމަލާ ދީފިނަމަ ޓައިވާން ދިފާއު ކުރާނެ ގޮތްތަކާއި އުޅުޅުތައް ދަސްކުރުމުގައެވެ.

މިމައުލޫމާތު ހާމަކުރި ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ސްޕެޝަލް ފޯސް އިން ކުރިއަށް ގެންދާ ތަމްރީންތަކަކީ ޓެރަރިސްޓުންނާއި ދެކޮޅަށް ވެސް ސްޕެޝަލް ފޯސް އިން ކުރިއަށް ގެންދާފަދަ ތަމްރީންތަކެކެވެ.

އެމެރިކާ އިން ޓައިވާނާއިއެކު ހާއްސަ ގުޅުމެއް ބޭއްވުމަކީ ޗައިނާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރާ ކަމެކެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިދިޔަ އަހަރު ޓައިވާނަށް ވަޑައިގަތުމުން ވެސް ޗައިނާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ހަނގުރާމަތީ މަނަވަރުތައް ޓައިވާނާއި ކައިރި ކުރިއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ހަތަރު އަހަރުތެރޭގައި ޓައިވާންގެ ކޮންޓްރޯލް ނެގުމަށް ޗައިނާ އިން ފިޔަވަޅުތައް އެޅުން ވަރަށް ގާތެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޗައިނާ އިން ޓައިވާނަށް ހަމަލާ ދީފިނަމަ އެމެރިކާ އިން ޓައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ޖަޕާނާއި ދެކުނު ކޮރެއާގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަސްކަރީ ބޭސްތައް ހަދައިގެން ތިބެއެވެ. އެހެންވެ ޓައިވާނަށް އަސްކަރީ އެހީ ދާދިއަވަހަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާއަށް ފޯރުކޮށްދެވޭނެއެވެ. ނަމަވެސް ޗައިނާ އާއި ދެކޮޅު ހަނގުރާމައެއްގެ ތެރެއަށް ހަމަ ހަގީގަތުގައި ވެސް ވަންނަން އެމެރިކާއަށް ކެރޭނެތޯ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    ހިތް ވަރު ދީފަ ހަނގުރާމަ ފެށީމަ ފިލާނެ އެވެ.

    33
    1
  2. އަބްދޫ

    ފިލިޕިންސް ފަދަ ޗައިނގެ ކައިރި ހިސާބަކުން އެމެރިކާގެ މިލިޓްރީ މަރުކަޒަކުންވިޔަސް ޗައިނައަށް ހަމަލާއެއް ދެވިއްޖެނަމަ އެއީ ޕިލިޕިންސް ނެތިގެން ދިއުންކަމުގަ ވެދާނެ.

    23
    2
  3. ޖުހާ.

    ހަނގުރާމަ ފަށުވާފަ އެމެރިކާ ބަޗާނެ. މިއީ ފެންނަންއޮތް ހަގީގަތް.

    23
    2
  4. ޔުއާން ކޮއިންސް

    ކުރިޔަށްއޮތްތަނުގައި އެމެރިކާ ވަރަށް ފަގީރުވާނެކަމަަށް ދުނިޔޭގެ ތަޖުރިބާކާރުން ދެކެނީ އެއީ ބްރިކްސް ގެ ސަބަބުން ދުނިޔެ ބަނޑުދަށުލައިގެން އޮތް ޑޮލަރު އަގުވެއްޓޭތީ.. އެހެންވީމާ ގިނަ އަސްކަރީ ބޭސްތައް ވެސް ބޮޑުހަރަދުގައި ކުރިޔަށްއޮތްތަނުގައި ނުހިންގޭނެ. މިހާރުވެސް އެމެރިކާއަށް އޭގެ ރަހަލާންފަށައިފި. ޗައިނާއި ރަޝިއާއިން ބްރިކްސް ކަންތަށް އިތުރު ގިޔަރަކަށް ލާންވީ އޭރަށް އެމެރިކާ ސައިޒުވާނެ..

    19
    1
  5. ބޮޑު ވަބާ

    ކަލޭމެންގެ އަމިއްލަ ގައުމުގަ ތި އުޅެނީ ތިމާ ތިއީ އަންހެނެއް ކަމެއް ފިރިހިނެއްކަމެއް ނޭންގޭ ބަޔަކު ގޮވައިގެން، ނަސްލީ ތަފާތުކުރުންތަކާ، މަސްތުވާތަކެއްޗާ، ފަގީރުކަމާ، ފޭރުމަ، މީހުން މެރުން އާންމުވެ ކޮންޓްރޯލް ނުކުރެވިގެން.

    ދެން ކަލޭމެނަށް ނޫނެކޭ ބުނީމަ ގައުމު ފިތުނަ ކޮށްގެން ވެސް ކާމިޔާބު ނުވީމަ މިޖެހެނީ ހަނގުރާމަ ކުރަން.

    އަދި އަހަރުމެން އެބަޖެހެ ކަލޭމެން ކުރަހާ ކަމަކަށް އަތް ޖަހަން

    15
    1
  6. މެސީ1

    ބަދުރު ހަނގުރާމައިގާ އިބިލީސް ފިލި ގޮތައް އެމެރިކާ ފިލާނެ

    10
    1