ފްރާންސްގެ ސްކޫލްތަކާއި ކޮލެޖްތަކަށް ދާ މުސްލިމް އަންހެންކުދިން ދިގު ހެދުން ލައިގެން ކިޔަވަން ދިޔުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.

މުސްލިމުންނަށް ގިނަ ގޮންޖެހުންތައް އޮންނަ ފްރާންސުގައި މީގެ ކުރިން މޫނު ބުރުގާ އަޅައިގެން ސްކޫލްތަކަށާއި ކޮލެޖުތަކަށް ދިޔުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން އެ ޤައުމުގައި ދިރިއުޅޭ މުސްލިމް އަންހެންކުދިން ކިޔަވަން ދަނީ މޫނު ބުރުގާ ނާޅާއެވެ.

ފްރާންސަކީ މުސްލިމުންނަށް ހުރިހާ ކަމަކުން ހުރަސް އަޅާ ޤައުމަކަށްވާތީ މުސްލިމު ކުދިން ދިގުކޮށް ހުންނަ ކަޅު ހެދުމުގައި ނުވަތަ އަބާޔާގައި ސްކޫލަށް ދިޔުންވެސް ކަމަކު ނުދިޔައެވެ. އެހެންކަމުން އެކަންވެސް މިވަނީ މަނާކޮށްފައެވެ.

ފްރާންސްގައި ސޮލީބާއި، ބުރުގާ އަޅައިގެން ސްކޫލުތަކަށް ދިޔުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ގެބްރިއަލް އައްޓާލް ބުނާގޮތުން ދަރިވަރު ކްލާސް ރޫމަށް ވަންނަ އިރު ހެދުން އަޅާފައި ހުންނަ ގޮތަކުން އޭނާގެ ދީނަކީ ކޮބައިކަން ނޭނގެއެވެ.

ފްރާންސުގެ އިދާރާތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މި ފިޔަވަޅު އެޅީ، ނަސާރާ ދީނުގެ ޝިއާރުތައް ފާޅުކުރުން މަނާކޮށް ސަރުކާރު ސްކޫލުތަކުގައި އަމަލުކުރުމަށް 19 ވަނަ ގަރުނުގައި އެކުލަވާލި ގާނޫނާއެކު އެކަން ހުއްޓިފައި އޮއްވައި ފްރާންސުގައި މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަ އިރު މުސްލިމު އަންހެނުން ބުރުގާ އެޅުމާއި ދިގު ހެދުން ލުންފަދަ ކަންކަމަކީވެސް އެ މިންގަނޑަށް ފެތޭ ކަމެއް ކަމަށް ބަލާފައެވެ.

ފްރާންސްގައި މިފިޔަވަޅު މި އެޅީ، ބުރުގާ މަނާކޮށް އަދި އަބަޔާފަދަ މުސްލިމް ހެދުން މަނާ ކުރުމަށް ކަނާއަތު ފިޔައިގެ މީހުންނާއި ވާއަތުފިޔައިގެ މީހުންނާ ދެމެދު އެތައް މަހެއް ވީ ދިގު ބަހުސްތަކަކަށް ފަހުއެވެ. ވާއަތުފިޔައިގެ މީހުން ވަކާލާތު ކުރަމުން ގެންދިޔައީ، މުސްލިމުންނަށް ހެދުން އެޅުމަށް ވަކިގޮތަކަށް މަޖުބޫރު ކުރުވުމަކީ މިނިވަންކަމާއި ކަރާމާތަށް އަަރައިގަތުން ކަމަށެވެ.

މި މައްސަލައިގައި ފްރާންސުގެ ކައުންސިލް އޮފް މުސްލިމް ފެއިތް (ސީއެފްސީއެމް) ގައި ހިމެނޭ ޖަމްއިއްޔާތަކުން ބުނީ، މީހާ ލާ ހެދުމަކުން އެމީހާގެ ދީން ނޭގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލިބެ

    ރާއްޖޭގައި އިބޫ 2 ވަނަ ދައުރުގައި މިހެން ވާނީ

    17
    5
  2. މިނީ

    އެހެންވިއްޔާ ފިނި މޫސުމުގަ ވެސް ފުރާންސް މީހުން ވާނީ މިނި ސްކާޓްގަ އުޅެން

    14
    1
  3. Anonymous

    އެކަމަކުވެސް މުސްލިމުން އެބަލަނީ ކަނޑުމަގުންނާ ހިނގާފަޔާ އެގޮތްމިގޮތަށް މަރުވެގެންވެސް ފުރާންސާ ޔޫރަޕަށްދެވޭތޯ. މޮޔަކަމެކޭމަބުނާނީ. މުސްލިމުން ރޫޅި ބައިބައިވެ ބަލިކަށިވެފަމިއޮތީ މިއަދު. ހިޖުރަކުރަންމިޖެހެނީ އަދުއްވުންގެ ގާތަށް.

    11
    2
    • ކ

      ނޮޓް ޓްރޫ. ފުރާންސް އިސްލާމްވާ އަންހެނުން ވެސް ގިނަވާތީ ކަންބޮޑުވަނީ. އެމީހުން ހިޖުރަކުރަން ވީ ގައުމުން ބޭރަށް؟؟

  4. ކިއުންތެރިއެއް

    މިއީ ހަގީގަތް އޮޅޭ ގޮތަށް ގެނެސްދީފައި އޮތް ޚަބަރެއް. ފުރާންސުން މަނާކޮށްފައި ވަނީ ކޮންމެހެން ދިގު ހެދުން ލުމެއް ނޫން. ވަކި ވައްތަރެއްގެ ދިގު ހެދުންލުން. އެއަށް ކިޔަނީ އަބާޔާ!

    4
    6
  5. ހަވާސާ ހާދިސާ

    އޮރިޔާމުން މަގުމަތީގަވެސް އުޅެންވީނުން !

  6. ގ

    ފުރާންސު މީހުން ބިކިނީގަ ތަ އަބަދު އުޅެން ބޭނުންވަނީ؟؟ ކިހިނެއްވާ ބައެއްތަ؟