ނިއު ޒިލޭންޑްގެ ކެރްމަޑެކް އައިލެންޑްސް ކައިރިއަށް ބަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ބުނީ ނިއު ޒިލޭންޑްގެ ކަރްމަޑެކް އައިލެންޑްސްގެ ދެކުނަށް 6.8 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ޖީއެފްޒެޑް އިން ބުނީ ބިންހެލުމުން އައިސްފައި ވަނީ 80 ކިލޯމީޓަރު އަޑިން ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (އެންއީއެމްއޭ) އާއި ޖީއެންއެސް ސައިންސް އިން މީގެ ކުރިން ބުނެފައި ވަނީ އޭރު 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ނިއުޒިލޭންޑަށް އަސަރުކުރާނެ ފަދަ ސުނާމީއެއް އުފެދިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިބްތިދާއީ އެސެސްމަންޓަކީ ބިންހެލުމުގެ ސަބަބުން ނިއުޒިލޭންޑަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ،" ޖީއެންއެސް އާއި ނެމާ އިން ބުންޏެވެ.

ޖިއޯނެޓުން ބުނީ މި ބިންހެލުމުގެ އަސަރު ނޯތު އައިލެންޑުގެ ބޮޑު ސަރަހައްދާއި ދެކުނުގެ ބައެއް ސަރަހައްދުތަކުން 4709 މީހުންނަށް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު