އެއާ ޗައިނާގެ ފްލައިޓެއްގެ ވާތު އިންޖީނުގައި އަލިފާން ރޯވެ، އެމަޖެންސީގައި ސިންގަޕޫރަށް ޖައްސައިފިއެވެ.

މި ހާދިސާ ހިނިއިރު، އެ ފްލައިޓުގައި ތިބި 155 މީހުން ތިއްބެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ކުދި ކުދި އަނިޔާތަކެއް ލިބުނެވެ.

ޗަންގީ އެއާޕޯޓުން ފޭސްބުކްގައި ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ ޗެންގްޑޫގެ ފްލައިޓް ސީއޭ403 އަށް ސިޓީ-ސްޓޭޓަށް ދަތުރުކުރަމުން ދަނިކޮށް ފޯވާޑް ކާގޯ ހޯލްޑާއި ފާހާނާގައި ދުން އަރާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ބޯޓު ޖައްސާފައިވަނީ މިއަދު ހަވީރު 4:15 ހާއިރެވެ.

"ހުރިހާ ފަސިންޖަރުންނާއި ކްރޫން ވަނީ ސަލާމަތުން ބޯޓުން ނެރެފައި.".

އަދި ވާތު އިންޖީނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސް) އިން ބުނީ މި ހާދިސާގައި އެ ބޯޓުގައި 146 ފަސިންޖަރުންނާއި ނުވަ ފަޅުވެރިން ތިބި ކަމަށެވެ.

އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ފަސިންޖަރުން ނުކުމެ ގެންދަނީ ޓާމެކްގެ އެމަޖެންސީ ސްލައިޑެއްގެ މަތިންނެވެ.

ސީއޭއޭއެސް އިން ބުނީ ރަންވޭ ކުޑަ ވަގުތުކޮޅަކަށް ބަންދުކޮށް އެއް މަތިންދާ ބޯޓު އިންޑޮނޭޝިއާގެ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ބަޓަމް އަށް ފޮނުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު