ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓިފައިވާ ނައިޖަރު ދިފާއު ކުރުމުގެ ގޮތުން އެ ގައުމާ އިންވެގެން އޮންނަ މާލީ އަދި ބުރުކީނާ ފާސޯއިން ނައިޖަރާއެކު ދިފާއީ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކުރުމުންނެވެ. މިހާރު ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ.

އެހެންވެ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ބަޒޫމްގެ ވެރިކަން އަލުން އިއާދަ ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އެކަމުގައި އަދި ކާމިޔާބެއް ނުލިބެއެވެ. އެހެންވެ ނައިޖަރަށް ސިފައިން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް އިކޯވާސްއިން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ނައިޖަރަށް ތާއިދުކުރާކަން ބުރުކީނާ ފާސޯއާއި މާލީއިން ވެސް ވަނީ ނައިޖަރަށް ތާއިދު ކުރާކަން ކުރިންވެސް ހާމަކޮށްފައެވެ. އަދި ނައިޖަރަށް އަރައިގެންފިނަމަ ނައިޖަރުގެ ދިފާއުގައި ސިފައިން ފޮނުވާނެކަން ކުރިންވެސް އެ ދެ ގައުމުން އޮތީ ބުނެފައެވެ.

އެއާއެކު އެ ތިން ގައުމުގެ މެދުގައި އެކުލަވާލި ރަސްމީ ދިފާއީ އެއްބަސްވުމާއެކު ބުރްކީނާ ފާސޯ އަދި މާލީއިން ވެސް ނައިޖަރުގެ ދިފާއުގައި ސިފައިން ފޮނުވަން ޖެހިއްޖެ ހާލަތުގައި އއެ ދެ ގައުމުގެ ސިފައިން ފޮނުވާނެއެވެ.

ނައިޖަރަށް ގެނައި ބަޣާވާތަށް ފަހު އެ ގައުމުން ފްރާންސްއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ އުވާލައިފައެވެ. އަދި ފްރާންސްގެ ސިފައިން ފޭބުމަށް ވަނީ އަންގައިފައެވެ. އެކަމަކު ފްރާންސުން ދަނީ ސިފައިން ބާލަން ދެކޮޅު ހަދަމުންނެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސުން ދަނީ އެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާއި ހަނގުރާމަ ކުރަން ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ގާއިމުވެ ތިބުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ފްރާންސުން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީ ވަމުން ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ. އަދި އިކޯވާސް ލައްވައި ނައިޖަރާ ދެކޮޅަށް ހަނގުރާމަކުރަން އުޅެނީވެސް ފްރާންސް އަޑީގައި އޮވެގެން ކަމަށް ވެސް އެ ގައުމުތަކުން ތުހުމަތު ކުރެއެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުވަދު

    ވ. ރަނގަޅު ކަމެއް. %100 ތާއީދު

    5
    1
  2. ކޮސްފަހަރި

    އިންޑިއާ ވެސް މި ގައުމުން ނުފައިބައިތިބޭނީ "އިންޑިއަން މަސްލަހަތު" ހިމާޔަތްކުރާށޭ ކިޔާފަ. އެންޑީޓީވީގަ ވެސް އެ އުޅޭ ސަރުދާރުޖީ އޮތީ މި ބަސް ބޭނުންކޮށްފައި. ތިމަންނާމެންގެ މަސްލަހަތު ހިމޔާތްކުރަން ރާއްޖެއަށް އަރައިގަންނަޖެހެޔޭ.

    • modi

      migaumuge gadhdhaarun ge sababun india araigen ethibee!