ކެނެޑާއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވެ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުންވެސް އިންޑިއާއިން ހުއްޓާލައިފި އެވެ.

އިންޑިއާއާއި ކެނެޑާގެ ގުޅުން ގޯސްވީ ކެނެޑާގައި އުޅޭ އިންޑިއާގެ ސިކުންގެ ލީޑަރެއް ކަމަށްވާ ހަދުދީޕް ސިންގް ނިޖާރު މަރާލުމާ ގުޅިގެން ނެވެ. ހުދު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޯޑާ ވެސް ވިދާޅުވީ އެ މަރުގައި އިންޑިއާގެ ޖަސޫސީ އިދާރާގެ އަތެއްވާކަމަށް ތުހުމަތު ކުރައްވައިފަ އެެވެ.

ހަރުދީޕްއަކީ އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް ހެދުމަށް ތާއިދު ކުރާ ލީޑަރެކެވެ.

އެ މައްސަލައިގައި އިންޑިއާގެ ޑިޕްލޮމެޓެއް ކެނެޑާއިން ފޮނުވާލަން ނިންމުމުން އިންޑިއާއިން ވެސް އެ ގައުމުގައި ކެނެޑާގެ ޑިޕްލޮމެޓެއް ފޮނުވާލަން ނިންމައިފައެވެ. އަދި އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެ މައްސަލަ އިތުރަށް ގޯސްވެ އިންޑިއާއިން މިހާރު ވަނީ އެ ގައުމުގައި ހުންނަ ކެނެޑާގެ ޑިޕްލޮމެޓިކް މީހުން މަދު ކުރަން ވެސް އަންގައިފަ އެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް އިންޑިއާއިން ވިސާ ދިނުންވެސް ވަނީ ހުއްޓާލައިފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާާޅުވީ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލީ ކެނެޑާގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓަށާއި އެތާނގެ މުވައްޒަފުންނަށް ނުކުއްކާތެރިކަން ކުރިމަތިވެގެން ކަމަށެވެ. ނަަމަވެސް އޭގެ ހެއްކެއް އޭނާ ނުދައްކަވަ އެވެ.

އިންޑިއާއިން ވަނީ އެ ގައުމުގެ ނިރުބަވެރިންނަށް ކެނެެޑާއިން ހިމާޔަތްދޭތީ ވަަރަށް ބޮޑަށް ފާޑު ކިޔަައިފަ އެވެ. އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ބުނީ ނިރުބަވެރިން ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ މީހުންނަށް ކެނެޑާއިން ހިމާޔަތްދީ އަދި ރަށްވެހިކަންވެސް ދީފައިވާ ކަމަށާއި އަދި އެ މީހުންނަށް މިނިވަންކަމާއެކު ކެނެޑާގައި އުޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަވާލާ

    ކޮބާ ހީވޭ ކަމެއްހެން އަދިވެސް ޗޯރު އިބޫ މިބުނަނީ ދެވަނަދައުރެއްދޭށޭ ، މިހިރަފެއްނަނީ އިންޑިޔާގެ ނުލަފާާަކަން ، ދިވެހިންނަން އިބޫ އެމްޑީޕީ ފުދިއްޖެ ފުދިއިތުރު ވެސް ވެއްޖެ ދެން ހޯ ހޯ ހޯ

    17
    2
  2. މެސީ1

    ވިސާ ނުފިނަސް ހެޔޮ، ރާއްޖެއިންވެސްވީ އިބޫ އިންޑިއާ ނޫން ގޮތެއް ހޯދަން

    15
  3. ހުވަދޫ އަލިބެއްޔާ

    މިމީހުން ދިވެހިންނަށްވެސް ދައްކަނީ މި ބިރު.. ވިސްނާލާ މިތާގަ ތިބި އިންޑިއާ މީހުންނަށް ވިސާދިނުން ހުއްޓާލީމަ ވާނެގޮތް.. އޭޝިއާގެ އެހެން ޤައުމު ތަކުންވެސް މުސާރައަށް މީހުން ގެނެވޭނެ..

    18