ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން ދާ މަޝްހޫރު މޯލެއްގައި ބަޑި ޖަހައި ތިން މީހަކު މަރާލައިފިއެވެ.

މި ހާދިސާގައި ދިވެހިންގެ ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.

ތައިލޭންޑުގެ ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ މިހަމަލާ ދީފައިވަނީ ބެންކޮކްގައި ހުންނަ ސިއަމް ޕެރެގަން މޯލްގައެވެ. މިހާދިސާގައި ތިން މީހަކު މަރުވެ، އިތުރު ހަތަރު މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

މިހާދިސާއާއި ގުޅިގެން މިއަދުގެ ވަގުތެއްގައި 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރު ކޮށްފައިވާއިރު، މީސްމީޑިއާގައި ފުލުހުންގެ އޮފިސަރަކު އެ ކުއްޖާ ބިންމައްޗަށް ވައްޓައި ހައްޔަރު ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.

މިފޮޓޯގެ އިތުރުން ވެސް ހަމަލާދޭ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ވެސް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ކުދިބޮޑު އެންމެން ރައްކާތެރިކަން ހޯދުމަށް ދުވާ މަންޒަރު ފެނިގެން ދެއެވެ.

މިހާދިސާއާއި ގުޅިގެން ތައިލޭންޑުގެ ބޮޑު ވަޒީރު، ސްރެތާ ތަވިސިން ބުނެފައިވަނީ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލަފް

    ﷲ އަކްބަރު!

    4
    8
  2. އިބްރާހީމް މުޙައްމަދު

    އަލްހަމްދު لله

    2
    10
  3. ޜައްކާތެރި

    ޜާއްޖެއާ ތައިލެންޑު ގެތީ މާބޮޑު ކަމެއްނޫން ، އިންސާފެއް ނުލިބޭނެ، ބޮޑެތި ޖަރީމާތަކަށް،، މަރުވީ ބިދޭސި އެއްވެއްޖީޔާމުން ބުނާނެ، ކީއްކުރަން ހޭ ތިމަންނަމެންގެ ގައުމަށް އައީ،ހެހެހެ

    2
    1