ސްރީ ލަންކާގެ ކޮލޮމްބޯއިން މަޓުގަމާއަށް ދަތުރުކުރަމުންދިޔަ ފަސިންޖަރު ބަހެއްގައި މައްޗަށް ބޮޑު ގަހެއް ވެހިކަލަށް ވެއްޓި ފަސް މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ ކޮލްޕެޓީގެ ކާރުބާރުބޮޑު މަގެއް ކަމަށްވާ ޑުޕްލިކޭޝަން ރޯޑްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ބަސް ދަތުރު ކުރަމުން ދަނިކޮށް ބަހުގެ މައްޗަށް ބޮޑު ގަހެއް ވެއްޓުނީއެވެ. މިއާއެކު ބަހަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގުމާއެކު އެ މަގު ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ކާރިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދަށް ވަނީ ގޮސް، ކަން ހިނގާދިޔަ ގޮތް ދަނީ ބަލަމުންނެވެ.

ނޭޝަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވީ މި ހާދިސާގައި ސަލާމަތްވި އިތުރު ބައެއް ފަސިންޖަރުންނަށް މިހާރު ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެމީހުންނަށް ދޭން ޖެހޭ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މެޑިކަލް ޓީމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީ އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުން މިހާރު ހަތް މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި ބަސް ތެރޭގައި ތަށިވެފައި ތިބި އެންމެން ވަނީ ސަލާމަތް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު