ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާޙިދުން އިސްރާއީލްގެ ސިޓީއެއް ކަމަށްވާ އަޝްކެލޮން އަށް އަރައި ބަޔަކު މަރާލައިފިއެވެ.

ހަމާސްގެ މުޖާހިދުން އިއްޔެ އިސްރާއީލަށް އެރި އަށް ސިޓީއެއް އަދިވެސް އިސްރާއީލްގެ ބާރުގެ ދަށަށް ގެންދެވިފައެއް ނުވެއެވެ. ހަމާސްގެ މުޖާހިދުން އަޝްކެލޮން އަށް އަރާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ ގައުމުގެ ފުލުހުން ވަނީ ރޫޓް 4 ހައިވޭގައި ފަލަސްތީނުގެ ބަޔަކާއެކު އެކު ދުއްވާފައި ދިޔަ ކާރެއް "ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ.

ޣައްޒާ ބޯޑަރު ސަރަހައްދުން ފަލަސްތީނުގެ ފަހަތުން އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފަހަތުން ދިޔަ ކަމަށާއި، އެމީހުން އުތުރަށް ފިލައިގެން ދިއުމުގެ ކުރިން އަޝްކެލޯން ކައިރީގައި ހުރި ދަނޑަކަށް އެރި ކަމަށްވެސް ބުނެފައި ވެއެވެ.