ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާޙިދުން އިސްރާއީލްގެ މަގެން އަށް ވަދެއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ އަވަށެއް ކަމަށްވާ މަގޭންގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނާއި ދެމެދު ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދަނީ ހިނގަމުންނެވެ.

ހިބްރޫ މީޑިއާތަކުން ބުނާ ގޮތުގައި އިޒްރޭލުގެ ދިފާއީ ބާރުތަކުން ވެސް ދަނީ އެ ސަރަހައްދުގައި ތިބި ހަމަސް ޖަމާއަތުގެ މީހުންނާއި ދެކޮޅަށް ޓޭންކުތައް ބޭނުން ކުރަމުންނެވެ.

ހަމާސް އާއި އިސްރާއީލާއި ދެމެދުގައި ހަމަލާ ބަދަލު ކުރަން ފެށިތާ ގާތްގަނޑަކަށް 30 ގަޑިއިރު ވެފައިވާއިރު، ހަމަލާ ބަދަލު ކުރުންތައް ދަނީ ވަރުގަދަަ ވަމުންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ހިފާފައިވާ ގިނަ އަވަށްތަކެއް މިހާރު އޮތީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައެވެ. ނަމަވެސް އިސްރާއީލު ބުނަނީ ހަމާސް ގެ އަތްދަށަށް ގޮސްފައިވަނީ ބައެއް އަވަށްތައް ކަމަށެވެ.