ޔޫރަޕިއަން ޔޫނިއަނުން ޣައްޒާއަށް ދެމުން އައި އެހީތައް ގަޑިއިރަކަށް ހުއްޓާލުމަށްފަހު އަލުން ދޭން ފަށައިފިއެވެ.

އަވަށްޓެރި ގައުމުތަކަށް އީޔޫއިން ކަނޑައަޅާފައިވާ ކޮމިޝަނަރ، އޮލިވާ ވާހެލް ބުނެފައިވަނީ ހަމާސްއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާއާއި ގުޅިގެން އީޔޫއިން ފަލަސްތީނަށް ދެމުން އައި ތަރައްގީއަށް ބޭނުންވާ އެހީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެހީ ދޭނެތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އީޔޫއިން ފަލަސްތީނަށް ދޭން ނިންމާފައިވަނީ 728 މިލިއަން އެމެރިކާ ޑޮލަރެވެ.

އީޔޫގެ ކޮމިޝަނަރަކާއި ހަވާލާދީ މީޑިއާތަކުން ބުނީ، އެގައުމުން ފަލަސްތީނަށް ދެމުން އައި އެހީ އަނެއްކާ ވެސް ދޭން ފަށާފައިވާ ކަމަށެވެ.

އިސްރާއީލާއި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން މީގެ ކުރިން ޖަރުމަންވިލާތާއި އޮސްޓްރިއާއިން ވެސް ވަނީ ފަލަސްތީނަށް ދެމުން އައި އެހީތައް ހުއްޓާލާފައެވެ.

ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަޜީ

    އީޔޫ އަކުން ޣައްޒާއަށް ދޭ އެއްވެސް އެހީއެއް ނޯންނާނެ. ޢެހެންނަމަ ފެނާއި ކަރަންޓް ކަނޑާލިޔަ ނުދޭންވީނު

    8
    1
  2. ގަޓުގަޓު

    މާފުއްޕާ ބައެއް މި އީޔޫ، ތިޔާހެން އުޅެންޏާ ފޮޅާލަފާނަން