ފަލަސްތީން ބިމުން ޔަހޫދީން ނުފައިބަނީސް މުޖާހިދުން ކުރަމުން އަންނަ ޖިހާދަށް ނިމުމެއް ނާންނާނެ ކަމަށް ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އަންނަނިކޮށް ދެންމެ ހަނިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ހިޠާބެއްގައި ވިދާޅުވީ ފަލަސްތީންގެ ރައްޔިތުން ބޭނުންވަނީ ފަލަސްތީންގެ ބިންތަކުން ޔަހޫދީން ފައިބަން ކަމަށާއި، ޔަހޫދީން ފޭރިގެންފައިވާ ބިންތައް އަނބުރާ ހޯދުމަށް ހިތްވަރާއިއެކު ޖިހާދު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

"އަހަރެމެން މިޖިހާދަކީ ފަލަސްތީންގެ ބިން ޔަހޫދީންގެ ކިބައިން މިނިވަން ކުރުމުގެ ޖިހާދެއް. ގުދުސް ވެސް ހިމެނޭހެން ފަލަސްތީންގެ ހުރިހާ ބިމަކުން ޔަހޫދީން ޖެހޭނީ ފައިބަން. އަހަރެމެން ބޭނުންވަނީ ފަލަސްތީންގެ ދައުލަތެއް. އަހަރެމެން ބޭނުންވަނީ ޔަހޫދީންގެ ބަންދުގައި ތިބި އަހަރެމެންގެ އަހުންނާއި އުހުތުން މިނިވަން ކުރަން. އަހަރެމެން ބޭނުން ވަނީ ޣައްޒާގެ ހިސޯރު ނިމުމަކަށް ގެންނަން. މިކަންކަން ކުރުމުގެ ޖިހާދުގައި އަހަރެމެން ދެމިތިބޭނަން." ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާ އިން ނެރުމަށް އިސްރާއީލުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް ވެސް ގޮވާލައްވާފައެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން ޣައްޒާގެ ދެކުނަށް ދިއުމަށް އިސްރާއީލުން ވަނީ އަންގާފައެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން ދިން މުހުލަތު މިހާރު ވަނީ ހަމަވެފައެވެ. އިސްރާއީލުން މިރޭގެ ވަގުތެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ސަބަބުން އިސްރާއީލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެހަމަލާގެ ބަދަލު ހިފަން އިސްރާއީލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޢެ ވަރިހަމަތޯ ފަލަސްތީނުގެ ކުށެއް ނެތް ، ތުއްތު ކުދިންނާއި ، އަންހެނުންނާއި ، އުމުރުން ދުވަސްވީ މީހުންނާއި ، ޖުމްލަކޮށް ހަނގުރާމަވެރިން ކަމަށް ނުވާ އާންމުން ޝަހީދުވެ ފަލަސްތީން ހުސްވިޔަސް.؟ޔަހޫދީންނަކީ ހިތުގެ އިމޯޝަނަލް ފީލިންގތަކާއި ނުލައި ދުނިޔޭގައި އުޅޭ ބަޔެއް. ވައުދާއި ހިލާފުވާ ބަޔެއް. އެމީހުންނާއި ކުރިމަތިލާއިރު ރޭވުންތެރި ކަމާއިއެކު އާންމުންގެ ތެރެއިން ކުޑަކުދިން މާބަނޑު އަންހެނުންނާއި ،އުމުރުން ދުވަސްވީ ބަލި މީހުން އެހެން މަދަދުވެެރި ގައުމުތަކުގެ އެޙީގައި ރާއްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށްފަހު މިފަހަރުގެ ކުރިމަތިލުންތައް ފެށި ނަމަ ފަހުން ޔާހޫދީންނާއި ކުރިމަތިލާނެ ޖީލެއް އޮންނާނެ.

    6
    2
  2. ޑިމޮކްރަސީ

    މިހަގުރާމައިގައި މުސްލިމް ޤަވްމުތަކުން އެއްބާރުލުންދީ ފަލަސްތީން މިނިވަންކޮށްދެޭންވީ އެނޫންގޮތެއްނެތް މުސްލިމުން ހަނު ތި ތިބެނީ ކީއްވެފަ އިސްރާޢީލް ނައްތާލަން ނުނަގާނެ 24 ގަޑި އިރު މުސްލިމުން އެކަތިގަޑަކަށް ވެއްޖިއްޔާ

  3. ހަސީން

    ތިގޮތަށް ވިސްނަވިސްނާ ތިބޭތާ ލައްކަ ދުވަސްވެއްޖެ. އިސްލާމީ ޤައުމުތައް އެތިބީ ނިދާފަ. މުއްސަނދި ޤައުމުތައް އަރާމުގައި ޓީވީ ބަލަނީ. ފަލަސްތީނު މީހުންނަށް އެހެން ގޮތެއްނެތް. ހަގުރާމަކުރިޔަސް މަރު ނުކުރިޔަސް މަރު. ހުސްވަންދެންވެސް ހަނގުރާމަކޮށް ޝަހީދުވުންނޫންގޮތަކީ ކޮބާ؟ މުސްލިމުން ޤައުމުތަކަށް ކަހެރޮވަކޭވެސް ހީނުވޭ. ދުނިޔެ މިވަނީ އަމިއްލަ އެދުމުން ފޯވެފަ.

  4. ޥިސް

    ގަދަ ބާރުން ހޯދިއެއްޗެއް އަތުލެވޭނީވެސް ގަދަ ބާރުން، ފަލަސްތީނުގެ އެތައްބއެއްގެ ގުރުބާނީއާއި ވަނީ ގުޅިފަ، މުޅި ގައުމު ހިފާ އަޅުވެތިކޮށްފައިވާއިރު، މިނިވަންކަމަށްޓަކައި އެމީހުންކުރާ މަސައްކަތަކީ އާދަޔާ ހިލާފު ނަމޫނާ މަސއްކަތެއް، يا الله ފަލަސްތީނުގެ މުޖާހިދުންގެ ސަފުތައް ވަރުގަދަ ކުރައްވާ އިބަ އިލާހުގެ މަދަދާއި ނަސްރު އެބައިމީހުންނަށް އަވަސްކުރައްވާންދޭ، ފަލަސްތީނުގެ ބިން ފޭރިގެންތިބި ނުބައި ޔަހޫދީންތައް ވަރުގަދަ ބައްޔަކުން ބަލިކުރައްވާ ގެއްލެނި ކުރައްވާ، ވިއްސިވިހާލި ކުރައްވާ، ފަލަސްތީނުގެ އެބްނެހާ މުސްލިމުން އިބައިލާހުގެ ރައްކާތެރިކަމުގައި ލަހައްޓަވާންދޭ، آمين