އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ފުޅާވެއްޖެ ނަމަ، އެމެރިކާ އިން ބައިވެރިވާނެ ކަމަށް އަނިޔާވެރި އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާއި ބެހޭ އެޑްވައިޒަރު ޒާޗީ ހަނެގްބީ ބުނެފައިވަނީ ހަނގުރާމަ އިތުރަށް ފުޅާވެއްޖެ ނަމަ އެމެރިކާގެ ސިފައިން ބައިވެރިވާނެ ކަމަށެވެ. ޓީވީ އިން ދުރަށް ދެއްކި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ، އިރާނާއި އެ ގައުމުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، "އެމެރިކާގެ ބައިވެރިވުން އޮންނާނެ" ކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން "އަހަރެމެންގެ ދުޝްމަނުންނަށް ސާފު ކޮށްދެމުންދާ" ކަމަށެވެ.

އަދި އޭނާ ވަނީ އެމެރިކާއިން އިސްރާއީލު ކައިރިއަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކުގެ ވާހަކައާއި، ހަނގުރާމައާއި ދުރުގައި ތިބުމަށް އެމެރިކާއިން އިރާނަށް ދީފައިވާ އިންޒާރުގެ ވާހަކަވެސް ދައްކާފައެވެ. އަދި އިސްރާއީލު އޮތީ އެކަނި ނޫން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"އިސްރާއީލު އެކަންޏެއް ނުވާނެ.. މިހާރުވެސް އެމެރިކާގެ ލަޝްކަރެއް އެބަ އޮތް. އަދި އެމީހުން ތިބީ ތައްޔާރަށް." އިތުރު ތަފްސީލު ދިނުމަކާއި ނުލައި އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޣގހހޖހހ

    ޢެއްކަލަ ފިނޑި އިޒްރޭލު ބިރުގަތީ!! ���

  2. އަލީބުނީ

    ތިޔާ މާ އިންސާފުވެރިކަމައް ދެއްކިގެން އުޅޭ އެއްބަނޑު އެއްބަފާ ދެ ޓެރަރިސްޓުން

  3. ޙާމަނާއީ

    ކޮންމެހެން އަހަރެމެން ބިރުގަންނަވާނެ ކަމެއްނެތް

  4. މުސްލިމުންނަކީ އެއްބައެއް

    ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ޙަދީޘް އިން މިސާލުނަގައި އަނިޔާ ލިބެމުންދާ މުސްލިމުންގެ ޙައްޤުގައި މުޅި އިސްލާމީ އުއްމަތް ތެދުވަންޖެހޭ.
    މެދު އިރުމަތީގައި ވަކިހިއްޕާފައިވާ ކާފަރުންގެ ބާރުތައް ނައްތާލަންޖެހޭ.
    އެމީހުންދެކެ ބިރުގަންނާކަށް ނުޖެހޭ. އެމީހުންގެ ފަރާތުން ސަލާމަތްކަމަކަށްވެސް އެދޭކަށް ނުޖެހޭ..
    ބިރުގަުތުމާއި ވަކީލު ކުރުންވަނީ ﷲ އަށް.

  5. ގަން

    މިހާރުވެސް ތިހުރިހާ ޝައިތާނުން ވެގެން ކުރާ ކަމެއްނު ތީ..ﷲ ކަލޭމެންގެ މައްޗަށް ކޯފާ ފޮނުއްވާ ހަލާކު ކުރައްވާނދޭވެ.

  6. ހސހ

    މިހާރުވެސް ބައިވެރިވޭ.. އެމީހުންގެ ހަތހިޔާރު ބޭނުން ކުރަނީ ވެސް

  7. Anonymous

    ...ގ