ފަލަސްތީނުގެ ހަމާސް ޖަމާއަތާ އިސްރާއިލާ މިހާރު ކުރަމުންދާ ހަނގުރާމައިގައި އިނގިރޭސިވިލާތުން އޮތީ ޔަހޫދީ ދައުލަތާ އެކުގައި ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ބުނެފިއެވެ.

ރިޝީ އެގޮތަށް ބުނީ އިސްރާއިލަށް މިއަދު ގޮސް ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ރިޝީ ވަނީ ހަމާސްގެ ހަމަލާތައް ކުށްވެރިވެސް ކޮއްފައެވެ.

ރިޝީ ބުނީ އޭނާގެ ދަތުރުގައި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެ ގައުމުގެ ރައީސް އީސާކް ހަރުޒޯގްއާވެސް ބައްދަލު ކުރާނެ ކަމަށެވެ.

ހަމަ އެހެންމެ އިސްރާއިިލުގެ އެކި ސަރަހައްދުތަކުގެ ވެރި ރަށްތަކަށް ވެސް ދަތުރުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިސްރާއިލާއެކު ދެމި އޮންނާނެކަމަށް ރިޝީ ހާމަ ކުރި އިރު އިނގިރޭސިވިލާތަކީ އިސްރާއިލް އުފެއްދި ގައުމުވެސް މެއެެވެ.

ރިޝީ އިސްރާއިލަށް ގޮސްފައިވާ އިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އިސްރާއިލަށް މި ފަހުން ދަތުރުކޮއްފައެވެ.

ހުޅަނގުގެ އެންމެ މުހިންމު ދެ ގައުމުގެ ރައީސްއިން އިސްރާއިލަށް ދަތުރުކުރި އިރު ހަނގުރާމަ ހުއްޓޭނެތަނެއް އަދިވެސް ނުފެނެ އެވެ. އެހެން ނަމަވެސް ބައިޑެން ވަނީ ގައްޒާއަށް އެއްގަމުން ނޭރުމަށް އިސްރާއިލަށް ގޮވާލާފައެވެ.

ހަމަ އެހެންމެ ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ބައިޑެން ވަނީ ގޮވާލާފައެވެ.

އިސްރާއިލާ ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ހަމާސްއިން ދަނީ މިއިން ޒަމާނަކުވެސް އިސްރާއިލަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދެމުން ނެވެ.

އޭގެ ފަހުން އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ދަނީ ޝަހީދުވަމުން ނެވެ.

އިސްރާއިލުން ދިން އެންމެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހޮސްޕިޓަލަކަށް ދިން ހަމަލާ ހިމެނެ އެވެ. އެ ހަމާލާގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކާޅު ބާޒުު

    ﷲ ތަޢާލާގެ ޢުޤޫބާތް ގަދަފަދަ ވެގެންވޭ.. ޔާ ﷲ ގަދަފަދަ ވެގެންވާ ހިއްޕެވުމަކުން ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރިން ހިއްޕަވާންދޭވެ.. އާމީން

    43
  2. Anonymous

    ޙުޅަނގު އެބުނާ މޮޅު ތަހުޒީބު ޑިމޮކްރަސީ އިސްލާމުންނަޢް އެގެންވެއްޖެ އެއީ މައުސޫމް ތުއްތުކުދިން ކަތިލުމާ އަންހެނުން މެރުން

    30
  3. Anonymous

    ކަލޭމެންނަށް ހަލާކުހުރި.! ކަލޭމެންނަށް ހަލާކުހުރި.! ކަލޭމެންނަށް ހަލާކުހުރި.!

    35
  4. ކަދުރޭ

    ހޭ ބައްޔާ ކަލޭތީ ބޮޑު ޔަހޫދީ އެއްކަން މާކުރިންވެސް އެގޭ. ފަލަސްތީނު ރައިއްޔަތުން ވާގިނއެދެނީ ﷲ ގެ ހަޒުރަތުން. ތި ޔަހޫދީންތައް ނިކަމެތި ކުރައްވާ ކަލޭމެން ހަލާކު ކުރައްވާފާދޭއެވެ. امين

    33
  5. ޒާ

    ﷲ އަހަރެމެން މުސްލިމުންނަށް ފުދެއެވެ. އަހުރެމެން ﷲ އަށް ވަކީލު ކުރަމެވެ.

    33
  6. އަލީ

    ތިޔާ ރާމާމަކުނު ކުޅިކުޅޭ މީހުނޭ. ތިޔާ އެކައްޗެއް! ތިޔަ ބައިގަނޑައް ނުބައި ބައްޔެއް ޖައްސަވާ ހިތި ގޮތަކައް ނެތިކުރައްވާށި

    27
  7. މާލޭގެ މޭޔަރު

    ކަލޭމެން ތިބޭ ބިން ފޭރޭ ޔަހޫދީންނާއެކު. އެޢީ ކަލޭމެން ކުރުވި ކަމެއްވީމަ އެމީހުންނާ އެއްކޮއް ތިބުންނޫން ގޮތެއް ނެއް ކަލޭމެންނަކަށް.

    26
  8. ރަބަރޭ

    ކަލޭމެން ޔަހޫދީން ތިބޭނީ ޔަހޫދީންނާ އެކު އެކަމަކު މުސްލިމުން ބޮޑުޖުއްބާލީ މުސްލިމު އަރަބިން ތިޔަތިބެނީ އެއްބަޔަކު އަނެއްބަޔަކު ކަރުގައި ހިފަން ތައްޔާރަށް

    24
  9. ޢަލީ ނަސީރު

    ބަލަ މީނަ ބުނާނެދޯ މީނަ މީ އިންޑިއާ ދަރިކޮޅު ސޮރެއް. ޕޮލިޓީޝަނުން ބުނަނީ ... ރައްޔިތުން ފަރާތުން އެހެން އަޑެއް؟ ދިމާނުވޭ ދ؟

  10. ކޮޔާ

    މީ އަދި ކާކު ތަ؟ ފަލަސްތީނޭ ކިޔަން މީނަޔަށް އިނގިރޭސި ވެރިކަން ލިބުނީމަ ހާދަ ބޮޑާވެއްޖެ ދޯ

  11. ނަތަންޔާހޫ

    ބަލަ ކަލޭ ތީ ގެރީގެ ގުއި ކާމީހެއް، ކަލެއަކީ ބާވައިލެއްވި ފޮތްތަކަށް އީމަންނުވާ މީހެއް!