ޔަހޫދީ އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން އިތުރު 200 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.

އިއްޔެ ޣައްޒާއިން ޝަހީދުވި އަދަދު އުޅެނީ 4،400 ގައެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު ވަނީ 4،600 އަށްވުރެ މައްޗަށް ޖެހިލައިފައެވެ.

އިސްރާއީލުން ޣައްޒާއަށްް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާއިރު، އާއްމުންގެ ގެތަކަށާއި، ސްކޫލާއި މިސްކިތްތަކަށާއި، ހޮސްޕިޓަލްތަކަށް ދަނީ ބޮން އަޅަމުންނެވެ.

މިގޮތުން އިއްޔެވެސް މިފަދަ އެތައް ތަނަކަށް ހަަމަލާ ދީފައި ވެއެވެ.

ޣައްޒާގެ އިދާރާތަކުން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޣައްޒާއިން މިހާތަނަށް 4،651 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކުގައި 14،245 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ، ހުޅަނގު އައްސޭރީން 90 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 1،400 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ.

އޭގެ އިތުރުން ޔަހޫދީންގެ ހާލަތަށް ބަލާއިރު، އެ ގައުމުން މަރުވި މީހުުންގެ އަދަދު 1،405 އަށް ވަނީ އަރައިފައެވެ. އަދި 5،132 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

ޔަހޫދީންނާއި ޣައްޒާގެ ހަމާސް ޖަމާއަތާއި ދެމެދު މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމަ ނިމިދާނެ ކަމުގެ ކޮޅުމަތި ފެންނަމުންދާއިރު، އިއްޔެ ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެކަން އިއުލާނު ކޮށްފައެވެ.