މި ހަނގުރާމައިގައި ލުބްނާންގެ ހިޒްބުﷲ މުޖާހިދުން މަރާ ހުސްކުރާނެ ކަމަށާއި، ނޫނީ އަހަރުމެން މަރުވާނެ ކަމަށް ޔަހޫދީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ބުނެފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދިންނާއި ޣައްޒާގެ ހަމާސް ޖަމާއަތާއި ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމައިގެ ތެރެއިން ލުބްނާނުން ވަދެ، ޔަހޫދީންނަށް އަމާޒުކޮށް ދަނީ ހަމަލާ ދެމުންނެވެ.

އިސްރާއީލާއެކު ހަނގުރާމަ ނުކުރުމަށް ލުބްނާންގެ ހިޒްބުﷲ އަށް އިންޒާރު ދެމުން ނަތަންޔާހޫ ބުނީ، އެގޮތަށް އަމަލު ކުރުމުން ލުބްނާނަށް ހީވެސް ނުކުރާ ވަރުގެ ނުރައްކާތެރި ހަމަލާތަކެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ލުބުނާން "ހަލާކު" ވެދާނެ ކަމަށެވެ.

ލުބުނާނުގެ ބޯޑަރު ކައިރީގައި އިޒްރޭލުގެ ކޮމާންޑޯންނަށް ނަތަންޔާހޫ ދެއްވި ބްރީފިންގެ ރަސްމީ ޓްރާންސްކްރިޕްޓެއްގައި އޭނާ އިތުރަށް ބުނީ ވަނީ ހިޒްބުﷲ އިން (ޣައްޒާ) ހަނގުރާމައަށް ފުރިހަމައަށް ވަންނަން ނިންމާނެ ކަމެއް މިވަގުތު ނުބުނެވޭނެ ކަމަށެވެ.

އޭނާ ވަނީ މި ހަނގުރާމައިގައި އޮތީ "ކުރާ ކަމެއް ކުރުން ނުވަތަ މަރުވުން" ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަދު އެކަނި ވެސް ހިޒްބުﷲ މުޖާހިދުން ވަނީ ތިން ފަހަރެއްގެ މަތިން އިސްރާއީލަށް ހަމަލާ ދީފައެވެ. ހިޒްބުﷲ ގެ މުޖާހިދުން ތިބި ސަރަހައްދުތަކަށް ހަމަލާ ދިން ވީޑިއޯ ފޫޓޭޖް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވެއެވެ.

އޭގެ ފަހުން، އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އިސްރާއީލްގެ ވައިގެ ސަރަހައްދަށް ލުބުނާނުން ފޮނުވާލި ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. އެ ޑްރޯން ހަމަލާ ދިން ފަހުން، ހިޒްބުﷲ އިން ވަނީ އިސްރާއީލްގެ ސަވައިލަންސް އިކުއިޕްމަންޓަކަށް ހަމަލާ ދީފައެވެ.

ލުބްނާން އިން މިއަދު ވަނީ އިސްރާއީލްގެ ކޮމިއުނިކޭޝަން ޓަވަރަކަށް ހަމަލާ ދީފައެވެ. އަދި ލުބްނާންގެ ހަމަަލާތަކާއި ގުޅިގެން ލުބުނާންގެ ބޯޑަރު ކައިރީގައި އޮތް 14 އަވަށަކުން މީހުން ހުސް ކުރުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ.

ލުބުނާނުން ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އުތުރުގެ ބޯޑަރު ރަށްތަކުގެ ގިނަ ރައްޔިތުން މިހާރު ވަނީ ދެކުނަށް ބަދަލުވެފައެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި ހިޒްބުﷲ އާއި އެކުވެރި ފަލަސްތީނުގެ ފެކްޝަންތަކުން ތަކުރާރުކޮށް އިސްރާއީލަށް ރޮކެޓާއި މިސައިލް ހަމަލާތައް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާއްޖެ

    ﷲ ތިޔަ ބައިގަނޑު ނުަބައި ހިއްޕެވުމަކުން ހިއްޕަވާނދޭވެ!...

    45
  2. ހުސެންބ

    މިފަހަރު އިން ޟާ ﷲ ކަލޭގެ ނިމުން މާތް ﷲ ހިރިގޮތަކަށް ވަރަށް ހިތިގޮތަކަށް ގެންދަވާ މި ޓެރަރިސްޓް ޔަހޫދީ ލަޟްކަރު ބަލިކުރައްވައި މިމީހުން މުގޫ ކަމަށް ވާ އެމެރިކާ އިނގިރޭސި އަދި ހުޅަނގު އެއްކޮށް ފުނޑި މުސްލމުން އިޤްތިސޯދު ކޮންޓްރޯލް ދެެއްވާށި

    44
  3. ހިޔާލު

    މި މަގޭއަތުގަ ޖެހިލަބަލަ ވާނެ ގޮތެއް ބަލަން

    22
  4. ނަފުރަތު

    އާނ..! މާތް ﷲ ގެ އިރާދަފުޅުން ވަލު ކުއްތާއަކަށް ވުރެ ނުބައި މަރަކުން ކަލޭ ދާދި އަވަހަށް ނިމިގެން ދާނެ .!

    41
  5. ރީތި މޫސަ

    ياﷲ ނުލަފާވެގެންވީ އިޒުރެއިލްގެ ޔަހޫދީން ނިކަމެތިގޮތަކަށް ނެތިކުރައްވާ ފަލަސްތީނުގެ މުސްލިމުންނަށް نصر ދެއްވާފާނދޭވެ. آمیـــــن

    40
    0
  6. ށ

    ކަލޭ މަރުވާނީ ދައްޖާލު އެމީހުންނަށްކާމިޔާބުު މިންވަރު ކުރައްވާނ،ެ

    12
  7. ްއާދަނާ

    ކަލޭމެން މަރާހުސްކުރާނީ ދެންއެހެން ގައުމުތަކުން! ދުނިޔޭގެ އެއްވެސްގައުމަކުން ދެންކަލޭމެންނަށް ރައްކާވެނުތިބޭނެ ހަނދާކުރާތި ކުތާމެން!

    21
    1
  8. އަލްޖިބްރާ

    ތިޔަ ޔަހޫދީ ބައިގަޑު މަރުވެ ހުސްކުރަށްވާށި ! އާމީން !

    23
  9. މުރާސިލް

    މިހިރަ ޔަހޫދީ ނަތަންޔާހޫއެވެ. ކަލޭ ފަލަސްތީނުގެ ކުށެއްނެތް އާއްމުން މަރާ ހުސްކުރިއަސް ކަލޭމެންގެ އަޖަލު ހަމަވުމުން ކަލޭމެންގެ މަރު އައިސް ކަލޭމެންނާއި ބައްދަލު ކުރާނެއެވެ. އެއީ ކަށަވަރު ކަމެކެވެ. ކަލެއާއި ކަލޭ ޔަހޫދީ ބައިގަނޑުގެ ފުރާނަ ސަލާމަތްވާނެ ކަމަށް ފަލަސްތީނުގެ ރައްޔިތުން މަރާ ހުސްކުރިއަސް ކަލޭމެން މަރުނުވާނއެ ގޮތެއް އެއީ ނެތް ގޮތެކެވެ.

    24
  10. ނަފީސާ

    ޔާ ﷲ ނުބައި މަރަކުން މިކަލޭގެ މަރު ހިއްޕަވާފާނދޭއެވެ.

    30
  11. ހުސޭނުބޭ

    ޖަލޭމެންނަކަށް ހަމާސްގެ މުޖާހިދުން ހުސްނުކުރެވޭނެ! އެއީ ބައިގިނަވާ ބައެއް!

    19
  12. މުސްލިމުންނަކީ އެއްބައެއް

    ޔަހޫދީން ވަށައިގެން ތިބި އަރަބި ޤައުމުތަކުން މިހަނގުރާމަ އާ މެދު އަޅާނުލާތީ ވަރަށް ދެރަވޭ.
    އެނުލަފާ، ކުޑަކުދިން މަރާ ޒަޔަނިސްޓް ބައިގަނޑު ބަލިކުރަންޖެހޭ.
    އެ ބިމަކުން ކާފަރުންނާ ކުރިމަތިލާ ވަރުގަދަ އަށް ޖިހާދުކުރި މާތް ނަބިއްޔާގެ ހިތްވަރުގަދަ ޞަޙާބީން ފެނުނު ފަސްގަނޑުތަކުން މިއަދު ފެންނަނީ ފަހަތުފަޔަށްބަރުވެފަތިބި ދައުލަތްތަކެއްކަމުގައިވަތީ އުއްމަތާމެދުގައި ހިތާމަކުރަމެވެ.

    20
  13. ޢަހުމަދު

    ބީތާޔާ. ކަލޭމެން މިފަހަރު މަރާ ހުސްކުރާނެ. ކަލޭމެންގެ ނަސްލު ނައްތާނެ ކަލޭމެން އަމިއްލަ އަށް. މިހާރު ތި ޔަތީމް ކުރާ ކުދިން ބޮޑުވާއިރު ކަލޭމެން ތިތާ ތިބެއްޖެއްޔާމުން ކަލޭމެންނަށް ދުނިޔެ ރަންކޮއްދޭނެ ރަގަޅަށް. ބޮޑަށް ލަފާވަނީ އޭގެ ކުރިން ކަލޭމެންނަށް ހަދާ އެއްޗެއް ހަދާ ނިންމާނެ ހެން. އެދުވަހުން ކަލޭމެން އިންސާނީ ހައްގާ ޑިމޮކްރަސީ މަތިން ވ ރަގަޅަށް ހަނދާން ވާނެ. ފިރުއައުނު ވެސް ތިހެން ގައްޑާ ވެފަ އުޅުނު.

  14. ނަބާ

    މުސްލިމަކު ކަލޭމެން އަތުން ޝަހީދު ވިޔަސް ވާނީ އުފާ ، ސަބަބަކީ އަހަރެމެން މުސްލިމުން ބޭނުމެއް ނުވޭ މި ވަގުތީ ދުނިޔެ ، ބޭނުންވަނީ ދާއިމީ " ސުވަރުގެ" އެކަމަކު ކަލޭމެންގެ ތެރެއިން މަރުވާ ކޮންމެ ޔަހޫދީއަކު ދާނީ " ނަރަކަ" އަށް އެހެންވެ މަރަށް އެހާ ބިރުގަންނަނީ !

  15. އަހްމަދު

    ޔާﷲ މިކަލޭގެ ގަދަ ހިއްޕަވުމަކުން ހިއްޕަވާފާނދޭވެ!!!

  16. ފަސީހް

    ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް މާތިވެރިވަންތަ މާތްﷲ ތަބާރަކަ ވަތާޢާލާކަމެއް ތި ލުއްޗާއަށް ނޭނގެނީތަ. މަޑުކޮށްލާ އަދި ރާކަނިމަސް ކެވޭނެ. އިންޝާﷲ.

  17. ޙާމަނާއީ

    ކަލޭމެން އަތުން ހަތިޔާރު ހުސްވާނީ ތިކަމެއްނުވާނެ..

  18. ކަލޯ

    ހަނގުރާމައެއްގެ އެންމެ މުހިއްމު އަމާޒަކަށް ވާނީ:
    1. ޓެލެކޮމިޔުނިކޭޝަން ދުއްވާލުން
    2. ތެޔޮ ހުސްކޮށްލުން އަދި ތެލާއި ކަރަންޓު ލިބޭނެ ގޮތް ހުއްޓުވާލުން
    3. ފެނާއި ކާތަކެތީގެ ސަޕްލައި ދުއްވާލުން
    4. ލޮލުގެ ފެނުން (މަތިން އުދުހުން) ދުއްވާލުން