ޔަހޫދީ އިސްރާއީލުން މިސްރަށް ބޮން އަޅައި ނުވަ މީހަކު ޒަހަމްކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ޓޭންކެއްގެ ކުއްލި ހަމަލާއެއް އޮޅިގެން ޣައްޒާގެ ބޯޑަރު ކައިރީގައި އޮންނަ މިސްރުގެ ޕޮޒިޝަނަކަށް އަމަޒުވެފައިވާ ކަމަށެވެ.

ޑެނިއަލް ހަގާރީ ބުނީ ގޮތުގައި އެ ހަމަލާ އަމާޒުވެފައި ވަނީ ކެރެމް ޝަލޯމް ސަރަހައްދަށް ކަމަށެވެ.

"މި ހާދިސާ ތަހުގީގު ދަނީ ކުރަމުން. އެކަމުގެ ތަފްސީލްތައް ދަނީ ދިރާސާ ކުރަމުން. އައިޑީއެފްއިން އެކަމާ ހިތާމަ ފާޅުކުރޭ. އިތުރު ތަފްސީލެއް ނުދީ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާގައި ނުވަ މީހަކު ވަނީ ޒަހަމްވެފައެވެ.

މިސްރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލްގެ ޓޭންކަކުން ކުއްލިގޮތަކަށް ފޮނުވާލި ހަމަލާގައި ބޯޑަރު ބަލަހައްޓާ ބައެއް މީހުންނަށް "ކުދި ކުދި އަނިޔާތަކެއް" ލިބިފައިވާ ކަމަށެވެ.

މިސްރުގެ އަސްކަރިއްޔާއިން ބުނީ ނޭނގި އޮޅިގެން ހާދިސާއާ ގުޅިގެން އިސްރާއިލުން ވަގުތުން ހިތާމަ ފާޅުކުރިއިރު، އިސްރާއީލުން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

އިސްރާއީލުން އޮޅިގެން މިސްރަށް ހަމަލާ ދެވުނުއިރު، ޣައްޒާއަށް އެހީގެ ޓްރަކްތައް ވަންނަމުން ގޮސްފައި ވަނީ މިސްރުގެ ބޯޑަރު ހުރަސްކޮށެވެ. މިގޮތުން އިއްޔެ ޣައްޒާއަށް 17 ޓްރަކެއް ވަނީ ވަދެފައެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާއި ކާބޯތަކެއްޗާއި ފެން ހިފައިގެން ޓްރަކްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ސީސީ އަކީ އެމެރިކާގެ ޕަޕެޓެއް. މިއަދު މިސްރުގެ ވެރިކަމުގައި މުސްލިމް ބުރަދަހޫޑް އޮތްނަމަ ވަގުތުން ރައްދުދޭނެ! ސީސީއަކީ އެއްޗެއްކަމަށްވަނީވިއްޔާ ވަގުތުން އިސްރާއީލާ ދެކޮޅަށް ފަށައިގަންނަންވީ. އެވަރު ކުރަން ނުކެރެންޏާ ހަމާސްއަތަށް 10 ވަރަކަށް މިސައިލް ނަމަވެސް ފޯރުކޮށްދީ!

    51
    1
  2. ކާސިންބެ

    ގަސްދުގަ
    އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ތަނެއް އެއީ

    36
  3. މޮހޯ

    ޔަހޫދީން އަބަދު ވެސްކިޔާ ލަވައެއްތީ އޮޅިގެންނޯ ނިކަން ވަށައިގެތިބި ހުރިހާ އަރަބިން ވެސް އޮޅިގެން ހިގާބަ ޔަހޫދީންނައް ހަމަލާ ދޭން އަރަބިީން ހަމަ .ކަޑައީ

    26
    0
  4. ޙަދީޖާ

    އެތާވެސް ވެރިކަމާގެން ތެޅޭބައެއް އުޅޭނޭ. މިހާރު އޮތީ ޕްރޯ އިޒަރޭލް ސަރުކާރު ޑިމޮކްރަސީ އަކީ އެއީނު. ހުޅަނގުން ޑިމޮކްރަސީއޭ ކިޔަނީ މިހެންހެދޭނެތީ

  5. ކަލޯ

    އަހަރެމެން އިންތިޒާރު މިކުރަނީ އޮޅިގެން އަހަރެމެންނަށް އިޒްރޭލު ސުންނާފަތިކޮށް މީހުންތައް ކޮށާ އަޅާލެވޭނެ ދުވަހަށް!

    5
    0
  6. ކައުންސެލަރު 🙌

    ޣައްޒާގެ ހުރިހާ ޢިމާރަތަކާ އާންމުންގެ ބޮލަށްވެސް ބޮންއަޅަނީ އޮޅިގެން! ޔަހޫދީ ކުއްތާއެއް މައަތު ޖެހިއްޖިއްޔާ ނޮޅާލާނަން ހުވާމިބުނީ

  7. އަޕިފު

    ދަށުވިޔަސް ތީދެން ބޮޱުވަރު ސީސީ ކަލެއަށް އެނގޭތަ ތިކުރާ ކަންތައްތަކުން ކަލޭގެ އަބި ދަރިންވެސް ލަދުން އުޅޭނީ

  8. Anonymous

    އަދި އޮޅިގެން ތިބިންވެސް ހިފާނެ އެދުވަހުން ނުބުނާތި ހަމާސްކާރީ