ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީންނާއި ފަލަސްތީން ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމަ އެތައް މަހަހަކަށް ދިގު ދެމިގެން ގޮސްދާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު، ޔޯވް ގަލަންޓް ބުނެފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާތަކެއް ދީފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އިސްރާއީލުން ޣަައްޒާގެ ކުށެއް ނެތް އެތައް ރައްޔިތަކަށް އަނިޔާކޮށް، ގިނަ ރައްޔިތުން ޝަހީދުކޮށް، ޣައްޒާގެ ރައްޔިތުން ބަންދެއްގެ ތެރޭގައި ގެންގުޅޭތީ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމުގެ ގޮތުންނެވެ.

ހަމަލާތަކަށް މިއަދަށް 17 ދުވަސް ވެފައިވާއިރު، ގަލަންޓް ބުނެފައިވަނީ އެހަނގުރާމަ އެތައް މަހަކަށް ދިގު ދެމިގެން ގޮސްދާނެ ކަމަށެވެ. އެކަން އެގޮތަށްވި ނަމަވެސް ހަނގުރާމަ ނިމޭއިރު، ހަމާސް ޖަމާއަތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

"ހަނގުރާމަ ދިގު ދެމިގެން ގޮސްދާނެ މަހަކަށް ވެސް، ދެ މަހަށް ވެސް، ތިން މަހަށް ވެސް، ނިމޭއިރު، ހަމާސްއެއް ނޯންނާނެ" ގަލަންޓް ބުންޏެވެ.

ޣައްޒާގެ އިދާރާތަކުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޣައްޒާއިން މިހާތަނަށް 4،651 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކުގައި 14،245 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ. ހުޅަނގު އައްސޭރީން 90 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 1،400 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައި ވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 1،700 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އިސްރާއިލުން ދޭ ހަމަލާތަކުގައި މިހާރު ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުވަމުން އަންނަނީ ހޮސްޕިޓަލްތަކުން ކަރަންޓް ކެނޑި، ރަނގަޅު ފަރުވާ ނުލިބިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ﷲގެ އިރާދަފުޅުން ހިފާފައިވާ ބިންތަކުގައި ހަމަޖެހިގެން ނުއުޅެވޭވަރުވެ ތަންދޫކޮށްފައި ދާންދެން ހަނގުރާމަ ކުރަންވީ!!!

    14
  2. މުޙައްމަދު ޢަރީފް

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މި ގަލަންޓުގެ ދެ ދަތްޕިލާ ދުރުނުވާނެ ގޮތް މިންވަރު ކުރައްވާށި އާމީން