ޣައްޒާއަށް ބޭނުންވާ އެހީ ހުއްޓުމެއް ނެތި ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން ބުނެފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމާއި އެކީ އޭގެ ދުވަސްތަކެއް ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ބޭނުންވާ އެހީތައް ލިބުމުގެ ހުރިހާ މަގެއް ބަންދު ކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާއާއި މިސްރު ގުޅޭ ރަފާހް ބޯޑަރު ވެސް ހިމެނެއެވެ. އެހީގެ އިތުރުން ޣައްޒާއަށް ތެޔޮ ލިބުން ވެސް އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

ނަމަވެސް ފަހުން ރަފާހް ބޯޑަރު ހުޅުވައި ޣައްޒާގެ ރައްޔިތުންނަށް ވަނީ އެހީތައް ލިބެން ފަށާފައެވެ. އޭގެ ތެރޭގައި ބޭހާއި ބައެއް މެޑިކަލް ސާމާނުގެ އިތުރުން ކާބޯތަކެތި ހިމެނެއެވެ.

ރަފާހް ބޯޑަރު ހުޅުވައި، ޣައްޒާއަށް އެހީ ފޮނުވަން ފެށުމާއި އެކީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކުގައި ކުރެއްވުނު މަޝްވަރާތަކާ އެކުގައި މެދުކެނޑުމެއް ނެތި ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާ އަށް އެހީ ފޮނުވަން އެއްބަސްވެވިފައިވާ ކަމަށެވެ.

މިފަދަ އެއްބަސްވުމެއް ވެފައިވާއިރު، ބައިޑެން އާއި ހަވާލާދީ، ވައިޓް ހައުސްއިން ބުނެފައިވަނީ ނަތަންޔާހޫއާއި ފޯނުން ވާހަކަ ދައްކައި، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ހުއްޓުމެއް ނެތި ޣައްޒާއަށް ފޮރުކޮށްދޭން ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށެވެ.

އެފަދަ އެއްބަސްވުމެއްގައި އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، އިސްރާއީލުގެ އެއްވެސް އިދާރާއަކުން އަދި އެކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ. އިސްރާއީލުން މިދިޔަ ހަފްތާގައި ހަމަ އެކަނި ބުނެފައިވަނީ ޣައްޒާއަށް ބޭނުންވާ އެހީ މިސްރު މެދުވެރިކޮށް ވެއްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ބޮލުގެ ސިކުނޑީގެ އެނެމެ ހިމަނާރު ކަނޑުއްވާ ޢުމުރުގެ ބާކީ އޮތްތަން ސިކުނޑި ހަމަނުޖެހޭ މީހެއްގެ ދޮތުގައި ލައްވާދޭނވެ. އާމީން

  2. ރުމާ

    ހަމާސް އޭ ކިޔާފައި ހިންގާ ގާޒާގެ އާބާދީ ނައްތާލުމުގެ ބޮޑު ގަތުރުއާއްމަށް ހަތިޔާރާ ފައިސާ އިޒުރޭލަށް އެމެރިކާއިން ދީފައި، އޭގެން ފަލަސްތީނު ރައްޔިތުން މަރާ، ހާލުގައި ޖައްސާފައި އެމީހުންގެ ބިން ދޫކޮށްލަން މަޖުބޫރުކޮށް އެތަނުން ގަދަކަމުން ނެރެފައި،
    ދެން މާ ރަނގަޅުވާން އެހީ ދޭ ބަޔަކަށް އެމެރިކާ ވާން ތެޅޭނެ ކަމެއްނެތް!!! ތިޔަ އެމެރިކާއަކީ ޒަޔޮނިސްޓުން ފައިނޭންސްކޮށްގެން ގެންގުޅޭ ޕަޕެޓު ދައުލަތެއް.

  3. އިސްލާމް

    އެހީދެމުން މަރަމުން ގެންދޭ. ފެންދީފާ ކަތިލުމޭ ބުނަނީ ތިގޮތަށް ކަންކުރާ މީހުންނަށް މާތްﷲ ފަލަސްޠީނަށް އަދި ނަޞްރު ދެއްވާނެކަން ޔަޤީން. އަދި ޝާހީދުވި އެންމެން ތިބޭނެތަނަކީ ސުވަރުގޭގައި. އިންޝާﷲ!