ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ޣައްޒާގެ އިތުރު ހޮސްޕިޓަލެއް ކައިރިއަށް ހަމަލާދީފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ އަލް-ވަފާ ހޮސްޕިޓަލް ކައިރިއަށެވެ. މި ހޮސްޕިޓަލަކީ ޣައްޒާގެ އިރުމަތީ ޝަޖައިޔާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެކެވެ.

އިސްރާއީލުން ދިން މި ހަމަލާގެ ސަބަބުން ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެއް ހުއްޓިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލަކީ އިސްރާއީލުން ހަމަލާތައް ދެމުން އަންނާތީ ބައެއް ފަރާތްތަކުން ބޯހިޔާވަހިކަން ވެސް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.