އަލިފްދާލުން ޣައްޒާގައި ހިންގާ ސްކޫލެއް ކައިރިއަށް އިސްރާއީލުން ހަމަލާއެއް ދީފިއެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފައިވަނީ ރަފާހްގައި ހިންގަމުން އަންނަ ސްކޫލް ކައިރިއަށް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ކަހަލަ ގެއްލުންތައް ސްކޫލަށް ލިބިފައިވާ ކަމަށެވެ.

އެ ސްކޫލަކީ އެއީ 4،600 އާއި ގާތްކުރާ އަދަދެއްގެ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލެއް ކަމަށް އަލިފްދާލުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިހަމަލާގައި އެއްވެސް މީހަކު ޝަހީދުވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އަލިފްދާލުގެ 38 މުވައްޒަފަކު ޝަހީދުވެފައިވާ ކަމަށް އަލިފްދާލުން ވަނީ ބުނެފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމަ ފެށިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިހަނގުރާމަ ފެށިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށް، އެރައްޔިތުން ބަންދެއްގެ ތެރޭގައި ގެންގުޅޭތީ، އެރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް ހަމާސް ޖަމާއަތުން ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.