އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރު ވާން ފަށައިފިއެވެ.

ޣައްޒާއަށް ހަމަލާތަކެއް ދޭން ތައްޔާރުވާކަން ހާމަ ކޮށްފައިވަނީ އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގައުމާ މުހާތަބު ކުރަމުންނެވެ.

އެގޮތުން އޭނާ ބުނެފައިވަނީ އިސްރާއީލުން ލަސްވިއަސް އެއްގަމު މަގުން ހަމަލާތަކެއް ދޭނެ ކަމަށާއި އެހަމަލާތަކުގައި ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށެވެ. އަދި އަމާޒަކީ ހަމާސް ނައްތާލައި، ހަމާސްއިން ރަހީނު ކޮށްފައިވާ އެގައުމުގެ މީހުން ސަލާމަތް ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލުން ކެބިނެޓް ހިންގަމުން އަންނަނީ ސިޔާސީ ވިސްނުމަކާއި ނުލައިކަން ފާހަގަ ކުރަމުން ނަތަންޔާހޫ ބުނީ، އިސްރާއީލުން ދޭން ނިންމާފައިވާ ހަމަލާ ދޭނީ، ކޮން އިރަކު ކިހިނެތް ކަމެއް ހިއްސާ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ތައްޔާރު ވަނީ އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދޭން. އެކަން ކުރާނެ ވަކި ގަޑިއެއް އަދި އެކަން ކުރާނީ ކިހިނެތް ކަމެއް ހާމައެއް ނުވާނެ." ނަތަންޔާހޫ ބުންޏެވެ.

އިސްރާއީލް މީހުންގެ ތެރެއިން މަރުވި މީހުންގެ އަގު ނަގާނެ ކަމަށާއި އެހެން ކަމުން ޣައްޒާގެ އާންމުން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ދިއުމަށް ނަތަންޔާހޫ ވަނީ އިލްތިމާސް ކޮށްފައެވެ.

އިތުރަށް އޭނާ ބުނީ، އިސްރާއީލް މީހުންގެ ތެރެއިން ގެދޮރު ގެއްލުނު މީހުންގެ ކަންކަން ބެލެހެއްޓުމާއި އިތުރަށް އެހީ ބޭނުންވާ މީހުންނަށް ކޮވިޑް ދުވަސްވަރު އެހީވި ފަދައިން އެކިއެކި މިނިސްޓްރީތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދުނިޔޭގެ ލީޑަރުގެ އެހީތެރިކަން އެކަމުގައި ލިބޭ ކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެމީހުންނަށް ވެސް ހަމާސް އާއި އައިއެސް އަކީ އެއް ބައެއްކަން އެނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔުންތެރިޔާ

    ކަލޭ ބޭނުންގޮތެއް މިއަދު ހަދާލެވިދާނެ. އަދި ކޮންމެ ކަމެއް ކުރިޔަސް މިއަދުގެ މުސްލިމުންގެ ނަމުން ނަންކިޔައިގެންއުޅޭ އަރަބި ލީޑަރުން އަޅައެއްނުލާނެ. ކަލެއަށް ގޮތްދައްކާނީ ކަލޭ ހެއްދެވި ފަރާތުން.

  2. ސައްދާމް

    އިސްލާމީ ބޮޑެތި ގައުމުތަށް އަތްޖަހަންތިބެނީ ހަމަ

  3. ރާއްޖެތެރެ

    ފަލަސްތީން ވަޝައިގެން ތިބި ގައުމުތަ ބަަލަނީ ވެރިކަން ދިފާއުކުރަން އެމެރިކާގެ އެހީތެރިކަން ހޯދައިގެން. ފަލަސްތީނައް ވަދެވޭގޮއް ހަދާބަލަ އިޒުރޭލް ފުނޑޭނެ.

  4. ރާއްޖެތެރެ

    އިޒުރޭލް ބަލިވުމުގެ އަލާމާއްތަ ފެންނަނީ. ހުރިހާ މުސްލިމުން އެކެތިގަނޑަކައް ވާން ޖެހޭވަގުތު އައިސްފި