ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓާނުލާ ދެމުންގެންދާ ހަމަލާތަކުގައި، ރޭ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ، ވާފާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާގެ ދެކުނުގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 13 އިން 17 އަށް އަރާފައިވާ ކަމަށެވެ.

މިގޮތުން ޚާން ޔޫނުސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވަފާ ނޫހުން ވަނީ ބުނެފައެވެ.

އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީންގެ ހަމަލާތައް މަދެއް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ތަނަކަށް ދަނީ ބޮން އަޅަމުންނެެވެ. އެތައް ތަނެއް ސުންނާފަތިކޮށް، އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ.

އިއްޔެ އާ ހަމައަށް ޣައްޒާއިން ޝަހީދުވި އަދަދު 6،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 15،000 އަށްވުރެ ވަނީ މަތިވެފައެވެ.

މިހާރު އިސްރާއީލުން ނިންމާފައި ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. އެކަމަށް ތައްޔާތީތައްވެސް ވަނީ ވެފައެވެ.

ޣައްޒާއަށް ހަމަލާތަކެއް ދޭން ތައްޔާރުވާކަން ހާމަ ކޮށްފައިވަނީ އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގައުމާ މުހާތަބު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިނޫން ހަބަރެއް ނުފެނޭ. ކޮބާ އަރަބި ގައުނުތަކުގައި ތިބި ވެރީން ސިފައިން ފޮނުވައިގެން ވިޔަސް ޔަހޫދީން ތިރިކުރަން ވެއްޖެނުން

  2. ހުސޭނުބޭ

    ޔާ ﷲ! ހިޓްލަރަށްވުރެ ނުބައި ހިތްހަރު ޖައްލާދެއް ޔަހޫދީންގެ މައްޗަށް ފާކުރައްވާފާންދޭނެ!