23:09

އިސްރާއީލްގެ ބޮޑުވަޒީރު: ނިރުބަވެރި އިސްރާއީލް ސިފައިންނަށް ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތު ކުރާ މީހުންނަކީ މުނާފިގުން

23:04

ޣައްޒާ އާއި ފަލަސްތީނުގެ ދިފާއުގައި ކެރެލާގައި ބޮޑު މުޒާހަރާއެއް ފަށައިފި

23:02

ޣައްޒާގައި ތިބި އިސްރާއީލު ގައިދީންގެ އާއިލާތަކުން ތެލްއަވީވްގައި މުޒާހާރަކޮށް މަގެއް ބަންދުކޮށްފި.

ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ޣައްޒާގައި ތިބި އިސްރާއީލުގެ ހުރިހާ ބަންދުމީހުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 8000 އެއްހާ މީހުން އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލުމަށް ގޮވާލާފައި.

23:00

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 110 ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި

ހަމަލާތަކުގައި ޣައްްޒާގެ 100 އަށްވުރެ ގިނަ ޑޮކްޓަރުން ޝަހީދުވެއްޖެ

22:35

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އުޅަނދުތައް ކައިރި ކުރަމުންދާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން "ވީއެންމެ އަވަހަކަށް" ޖަލްސާއެއް ބޭއްވުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލްގައި އެދިއްޖެ.

22:33

ޣައްޒާގައި ތިބި ރެޑް ކްރެސެންޓްގެ ޓީމުތަކާއި ސިއްހީ ހިދުމަތްތެރިންނައި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް އެއްވެސް ބަޔަކާއި މުއާމަލާތް ނުކުރެވޭ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި

22:31

ޣައްޒާގެ މިހާރުގެ ހާލަތު: މިހާރު ވައިގެ ހަމަލާތަކެއް ހިނގަމުންދާއިރު ކަރަންޓެއް ފެނެއް ނެތް، ތެޔޮވެސް ނެތްއިރު، އިންޓަރނެޓް ނުވަތަ ޓެލެކޮމިއުނިކޭޝަންގެ އެއްވެސް ހިދުމަތެއް ނެތް

21:52

މީގެ ކުރިން ލުބުނާނުން އިސްރާއީލުގެ އުތުރުގެ ޝްތޫލާ ސަރަހައްދަށް ދިން ތިން ރޮކެޓް ހަމަލާ ވެސް އަމާޒުވެފައި ވަނީ ހުޅުވިފައިވާ ސަރަހައްދުތަކަށް ކަމަށް. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުނެފައިވޭ.

 

21:51

މިދިޔަ ހަފުތާގައި ދެކުނުގެ ބަނދަރު ސިޓީއަށް އައި ރޮކެޓް ސައިރަންއެއް އެކްޓިވޭޓްވެގެން ކާޑިއެކް އެޓޭކެއް ޖެހުނު އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް އަޝްދޯދުގެ އަސުތާ ހޮސްޕިޓަލުން ބުނެފި.

21:48

އިސްރާއީލްގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ހަރްޒީ ހަލެވީ ޓީވީ މެދުވެރިކޮށް ދިން މެސެޖް: މި ހަނގުރާމައިގެ މަރުހަލާތައް އެބަހުރި، މިއަދު އަޅުގަނޑުމެން މިދަނީ ދެން އޮތް މަރުހަލާއަށް. ޣައްޒާގެ ބިމުގައި މިހާރު އަޅުގަނޑުމެންގެ ސިފައިން ހަރަކާތްތެރިވާނެ.

 

21:47

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތަކާ ދެކޮޅަށް ތެލްއަވީވްގައި މުޒާހަރާ ކުރަން ފަށައިފި.

މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ބޯޑުތައް ހިފަހައްޓައި، ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި މީހުން ގެއަށް ގެނައުމަށް "އެއްބަސްވުމެއް" ހެދުމަށް ގޮވާލާފައި.

21:01

ޣައްޒާގައި ތިބި އިސްރާއީލުގެ ހުރިހާ ގައިދީން ދޫކޮށްލުމުގެ އަގަކީ އިސްރާއީލްގެ ހުރިހާ ޖަލެއްގައި ތިބި ފަލަސްތީނުގެ ހުރިހާ މީހުން ދޫކޮށްލުން ކަމަށް އަލް ކަސާމް ބްރިގޭޑްސް އިން ބުނެފި

ފަލަސްތީނުގެ ގާތްގަނޑަކަށް 8000 އެއްހާ މީހުން އިސްރާއީލްގެ ޖަލުތަކުގައި ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 1500 އެއްހާ މީހުން ތިބީ ދައުވާއަކާ ނުލައި އިދާރީ ބަންދުގައި

20:49

ފަލަސްތީނުގެ ޣައްޒާ ސިޓީ އަކީ މިހާރު "ހަނގުރާމައިގެ މައިދާނެއް" ކަމަށް ބުނެ ނިރުބަވެރި އިސްރާއީލްގެ ދިފާއީ ވުޒާރާއިން ފަލަސްތީނަށް އިންޒާރު ދީފި

ޣައްޒާއަކީ މިހާރު "ހަނގުރާމައިގެ މައިދާނެއް" ކަމަށް ބުނެ ޔަހޫދީން އިންޒާރުދީފި

20:38

އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތައް ފުޅާކުރަމުންދާއިރު ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު ދީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ އާންމު މަޖިލީހުން ނިންމި ނިންމުން ވަގުތުން ތަންފީޒު ކުރުމަށް ހަމާސްގެ އޮފިޝަލް ގާޒީ ހައްމާދު ގޮވާލައްވައިފި.

20:37

ލުބްނާނުގެ ދެކުނުގައި ހުންނަ އދ.ގެ ސުލްހަ ބަލަހައްޓާ މިޝަންގެ ހެޑްކުއާޓަރަށް ބޮމުގެ ހަމަލާއެއް އަމާޒުވެއްޖެ، މިއީ ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ހިނގި މިފަދަ ދެވަނަ ހާދިސާ.

20:36

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކާ ގުޅިގެން އެތައް ބަޔަކު ޒަހަމްވެގެން ޝެފާގެ ހޮސްޕިޓަލަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

20:34

ގަތަރުގެ ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީއާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

20:04

އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީންގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލަމުންދާއިރު، ފަލަސްތީނުގެ ދިފާއުގައި އަރަބި ގައުމުތަކުން އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭތަން ނުފެންނާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި

ފަލަސްތީނުގެ ދިފާއުގައި އަރަބި ގައުމުތަކުން ރައްދު ނުދޭތީ މައުމޫންގެ ކަންބޮޑުވުން

19:53

އިސްރާއީލުން ފަލަސްތީނަށް ބޮން އަޅަނީ
އިސްރާއީލުން ފަލަސްތީނަށް ބޮން އަޅަނީ

19:36

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާއަށްފަހު ފަލަސްތީނު މީހުން ބިމާ ހަމަވެފައިވާ ގެތައް ކައިރިން ދަނީ - އޭޕީ ފޮޓޯ
ފަލަސްތީނުގެ ފިރިހެނަކު ގެދޮރު ގެއްލިފައިވާ ޢާއިލާތަކަށް ބެހުމަށް ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރުމުގައި -އޭޕީ ފޮޓޯ
ރަފާގައި ބޯފެން ނެގުމަށް ފަލަސްތީނުގެ ރައްޔިތުން މަޑުކޮށްލައިގެން - އޭޕީ ފޮޓޯ

19:29

އިސްރާއީލްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޑިމޯނާ ކައިރީގައި އޮންނަ ސަދަން ނެގެވް ސަރަހައްދަށް ރޮކެޓް ސައިރަންގެ އަޑުތައް އިވެމުންދާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި.

މި އެލާޓްތައް އެކްޓިވޭޓްކޮށްފައި ވަނީ އަރަރާ ބަނެގެވް، އަބޫ ތަލޫލް، މަމްޝިތު، އަބޫ ކްރެނަތު އަދި ކަސްރު އަލް ސަރައަށް.

އެ ސަރަހައްދުގައި ބޮން ގޮވާކަމުގެ އަޑުތައް އިވެމުންދަކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނޭ.

19:00

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަމާސް ޖަމާއަތުގެ ހައްޔަރުކުރި މީހުންގެ އާއިލާތަކާ މިރޭ ބައްދަލުކުރާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފި.

18:58

ނިރުބަވެރި އިސްރާއީލުގެ ހައްދުފަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ރޭ ހުއްޓާނުލާ ދިން ހަމަލާތަކާއެކު "ޣައްޒާގެ ބިންގަނޑުތެޅިގަތް"، ކަމަށާއި، ހަމާސްއާ ދެކޮޅަށް ކުރަމުންދާ އެ ހަނގުރާމަ "އާ މަރުހަލާއަކަށް" ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފި.

ހަމަލާތަކާއެކު "ޣައްޒާގެ ބިންގަނޑުތެޅިގަތް"، ހަނގުރާމަ "އާ މަރުހަލާއަކަށް" ގެންގޮސްފިން - އިސްރާއީލް

18:42

ފަލަސްތީނާއިއެކު ތިބިކަން ދެއްކުމަށް ޖަޕާނުގައި ކުރިއަށްގެންދިޔަ ރެލީގެ ތެރެއިން

 

18:37

ޣައްޒާއާ އެންމެ 32 ކިލޯމީޓަރު ދުރުގައި އޮންނަ ނިރުބަވެރި އިސްރާއީލްގެ ނެގެވް ފަޅުގައި އެމެރިކާ އިން ބަލަހައްޓާ ސިއްރު މަރުކަޒެއް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ދާ ކަމަށް އިންޓަސެޕްޓްގެ ރިޕޯޓެއްގައި ބުނެފި.

18:30

ލުބުނާނުގައި ތިބި އޮސްޓްރޭލިއާ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އޮސްޓްރޭލިއާގެ ސަރުކާރުން އިންޒާރު ދީފި. މިގޮތުން އިންޒާރު ދީފައި ވަނީ ހަމަނުޖެހުންތައް އިތުރުވެ، އެ ގައުމުގެ ބޮޑު ސަރަހައްދަކަށް އޭގެ އަސަރު ކޮށްފާނެ ތީ.

18:29

ޣައްޒާގެ ރައްޔިތުންގެ ހާލަތު ފޮޓޯތަކުން
ޣައްޒާގެ ރައްޔިތުންގެ ހާލަތު ފޮޓޯތަކުން
ޣައްޒާގެ ރައްޔިތުންގެ ހާލަތު ފޮޓޯތަކުން
ޣައްޒާގެ ރައްޔިތުންގެ ހާލަތު ފޮޓޯތަކުން

18:25

ފަލަސްތީނުގެ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް އިސްރާއީލު ސިފައިން ހިންގާ އެއްގަމު އޮޕަރޭޝަންތައް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި.

18:22

އިސްރާއީލުން ގްރައުންޑް އޮޕަރޭޝަނެއް ހިންގައި، ޣައްޒާއަށް ބޮން އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު އެތައް ހާސް އާންމުން ޝަހީދުވުމުގް ފުރުސަތު އެބައޮތްކަމުގެ އިންޒާރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަރ ތުރުކް ދެއްވައިފި.

އޭނާ ވިދާޅުވީ، މިހާތަނަށް އަސްކަރީ އޮޕަރޭޝަންތައް ހިންގާފައިވާ ގޮތާއި، 56 އަހަރުވީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސްފައިވާ ހާލަތަށް ރިއާޔަތްކޮށް، ޣައްޒާގައި ހިންގާ ބޮޑެތި ބިންތަކުގެ އޮޕަރޭޝަންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތަކާއި، އިތުރު އެތައް ހާސް އާންމުންނެއް ޝަހީދުވުމުގެ ބިރު އެބައޮތް ކަމަށް.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 7700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި.

18:18

ނިރުބަވެރި އިސްރާއީލުން ހުއްޓުމެއް ނެތި ރޭ ދެމުންގެންދިޔަ ރޮކެޓް ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާ އޮތީ "އަލިފާން ބޯޅަ"އަކަށް ބަދަލުވެފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި.

ޣައްޒާ "އަލިފާނުގެ ބޯޅައަކަށް" ބަދަލުވެއްޖެ

17:48

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ގެއަކަށް ބޮމެއް އަޅައިފި.

17:35

ނިރުބަވެރި އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި.

އިސްރާއީލްގެ ގިނަ އަވަށްތަކަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފި

17:25

އިސްރާއީލްގެ ދިފާއީ ބާރުތަކުން ބުނީ ލުބުނާނުން މޯޓާ އާއި އެންޓި ޓޭންކް ގައިޑެޑް މިސައިލްތައް ބޯޑަރު ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލްގެ އަވަށްތަކަށް ފޮނުވާލާފައިވާ ކަމަށާއި، އޭގެ ސަބަބުން ރޮކެޓް ސައިރެންގެ އަޑު ގަދަވެފައިވާ ކަމަށް

17:24

އަޝްކެލޮން އާއި ބީރްޝަބާގައިވެސް ރޮކެޓް ސައިރެންގެ އަޑު ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި.

17:22

ޣައްޒާގެ ބޯޑަރު ކޮމިއުނިޓީ ކަމަށްވާ ކިސުފީމްގައި ރޮކެޓް އެލާޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއިލުގެ މީޑިއާތަކުން ބުނެފި.

އެ އަވަށުގެ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް ހުސްކޮށްފައި. އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ

މި ހަމަލާތައް އައިސްފައި މިވަނީ ލުބުނާނުގެ ޖަމާއަތްތަކުން އުތުރުގެ ބޯޑަރުގެ އަވަށްތަކަށް މިސައިލް ހަމަލާދެމުންދާ ދަނޑިވަޅެއްގައި.

 

17:20

ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ މިސްގަވް އަމް އާއި މާގަލިއޯޓްގެ އަޕަރ ގަލީލް ކޮމިއުނިޓީތަކުގައި ރޮކެޓް ސައިރަންތަކުގެ އަޑުތައް އިވެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

17:20

ޣައްޒާގެ ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ މަންދޫބުންނާ ނިރުބަވެރި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް މާދަމާ ބައްދަލުކުރާނެ ކަަމަށް އިސްރާއިލުގެ މީޑިއާ ރިޕޯޓްތައް ބުނެފި.

17:17

މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ނިރުބަވެރި އިސްރާއީލަށް ވަދެ، ހައްޔަރު ކޮށްގެން ފަލަސްތީނުގެ ޣައްޒާއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ ރަޝިިޔާއަށް ނިސްބަތްވާ އަށް މީހަކު ދޫކޮށްލަން ހަމާސް އިން ނިންމައިފި.

ޣައްޒާގައި ހިފަހައްޓާފައި ތިބި ރަޝިޔާ އަށް މީހަކު ދޫކޮށްލަނީ

17:07

މި ދުވަސްވަރު އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާއި އެކި ތިބިކަން ދައްކަން ޖެހިޖެހިގެން ތިން ވަނަ ހަފުތާއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ސެންޓްރަލް ލަންޑަން މަގުމައްޗަށް ނުކުމެއްޖެ.

17:04

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ތަރިން އިސް ނަގައިގެން ބޮޑު ހަރަކާތެއް ފަށައިފި.

ފަލަސްތީނަށް އެހީވުމަށް ދިވެހި ތަރިންގެ ބޮޑު ހަރަކާތެއް

16:57

ރޭ ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދިން ހަމަލާތަކުގައި ބިމާހަމަވެފައިވާ ގެތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ފަލަސްތީނުގެ އާއިލާތަކުން މަސައްކަތް ކުރަނީ

16:55

މި ދުވަސްވަރު، ޣައްޒާގައި ހިންގަމުންދާ އިސްރާއީލުގެ ޖަރީމާތަކާއި ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އިންޑޮނީޝިއާގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރަން ފަށައިފި.

16:53

ސްޓާލިންކުން "ޣައްޒާގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އެހީދޭ ޖަމިއްޔާތަކަށް" ހިދުމަތް ދޭނެ ކަމަށް އެލޮން މަސްކް ބުނެފި.

16:51

ފަލަސްތީނަށް އެހީވުމަަށް ދިވެހި ފިލްމީ ތަރިން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު - ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް
ފަލަސްތީނަށް އެހީވުމަަށް ދިވެހި ފިލްމީ ތަރިން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު - ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް
ފަލަސްތީނަށް އެހީވުމަަށް ދިވެހި ފިލްމީ ތަރިން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު - ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް
ފަލަސްތީނަށް އެހީވުމަަށް ދިވެހި ފިލްމީ ތަރިން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު - ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް

16:45

އިސްރާއީލްގެ މެދުތެރޭގެ ސަރަހައްދުތަކުގައި ރޮކެޓް ސައިރަންގެ އަޑު އިވޭ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި

މިގޮތުން ތެލްއަވީވް އާއި ބެޓް ޔާމް ގެ ސިޓީތަކުން ސައިރަންގެ އަޑު އިވިފައިވާ އިރު، އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވާ ކަމަށް ވޭ.

16:44

ޣައްޒާއަށް އެހީގެ އެހީ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިސްރުން އިސްރާއީލަށް ގޮވާލައިފި

މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު އާ ބަޔާނެއްގައި ވަނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގެ ސަބަބުން އިންސާނީ އަދި ސަލާމަތީ ގޮތުން ކުރާނެ ނޭދެވޭ އަސަރުތަކުގެ އިންޒާރު ދީފައި.

ނިއުޔޯކްގައި އިއްޔެ ނެގި ވޯޓަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އދ.ގެ އާންމު މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ ހަނގުރާމައެއް ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ގަރާރާ ހިލާފުވުމުގެ ޒިންމާ އިސްރާއީލުގެ ސަރުކާރުން އުފުލަން ޖެހޭ ކަމަށް.

16:42

ގަތަރުގެ އަމީރާއި އީރާނުގެ ރައީސް ފޯނުން ގުޅުއްވައި ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

ގަތަރުގެ ދައުލަތުގެ މީޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ހަނގުރާމައިގެ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން ކަމަށާއި އޭގެ އިތުރުން ދެ ގައުމުގެ ގުޅުންތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް

16:39

ފަލަސްތީންގެ ރައްޔިތުންނާއި މާތް ވެގެންވާ ގުދުސްގެ ހިމާޔަތް ކުރުމަށް ވީހާވެސް ގިނައިން ދުއާ ކުރުމަށް އަދާލަތުން ގޮވާލައްވައިފި

ފަލަސްތީނާއި ގުދުސްގެ ހިމާޔަތުގައި ދުއާ ކުރުން އިތުރު ކުރުމަށް އަދާލަތުން ގޮވާލައިފި

16:14

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މީގެ ތިން ހަފުތާ ކުރިން ހަނގުރާމަ ފެށި ފަހުން އެ ސަރަހައްދުގައި ގިނަ ބަޔަކު ހައްޔަރުކުރުމުގެ ކެމްޕޭނުގައި އިތުރު ބަޔަކު ހައްޔަރުކޮށްފި.

ފަހުން ހައްޔަރު ކުރި މީހުންގެ އަދަދު 11 އަށް އަރާ.

16:13

އިސްރާއީލްގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އަޝްކެލޯންގެ ދެކުނު ފަރާތުގެ އިތުރުން ޣައްޒާއާ ގުޅިފައިވާ ފެންސް ކައިރީގައި އެހެން ބައެއް ހިސާބުތަކުގައި ރޮކެޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފި

16:12

ލުބްނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާދަނޑިވަޅެއްގައި ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ ބެއިރޫތު އިންޓަނޭޝަނަލް އެއާޕޯޓާއި އެއެއާޕޯޓުގެ ވަށައިގެންވާ ފެސިލިޓީތައް ހުސްކުރުމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ރައްކާތެރިކަމުގެ އިރުޝާދު ދީފި.

16:11

އިސްރާއީލަށް އެންޓި ޓޭންކް މިސައިލް ފޮނުވަން މަސައްކަތް ކުރި ލުބްނާންގެ ސެލްއަަށް އިސްރާއީލްގެ އެއް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

16:09

ޒަހަމްވި މީހަކު ސްޓްރެޗަރެއްގައި ފަލަސްތީނުގެ ބަޔަކު ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ފޮޓޯ ޖާނަލިސްޓް ޝެހާބް ޔޫނުސް އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފި. އެ މީހުން ވަނީ ވެހިކަލެއް ލިބޭތޯވެސް މަސައްކަތް ކޮށްފައި.

އިސްރާއީލުން ވަށާލާފައިވާ ޣައްޒާގެ އިންޓަނެޓާއި މުވާސަލާތީ ނެޓްވޯކް ހުކުރު ދުވަހުގެ ރޭ ކަނޑާލުމުން، އެހީއަށް އެމްބިއުލާންސަށް ނުވަތަ ސިވިލް ޑިފެންސް ޓީމަކަށް ގުޅޭނެ ގޮތެއް ވަނީ ނެތިފައި.

16:06

އަންނަ ހޮނިހިރު ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އެމީހުންނާ ބައްދަލު ނުކޮށްފި ނަމަ މުޒާހަރާ ކުރަން ފަށާނެ ކަމަށް ހަމާސް ޖަމާއަތުން ޣައްޒާގައި ހިފަހައްޓާފައިވާ މީހުންގެ އާއިލާތަކުން ބުނެފި.

އެ އާއިލާތަކުގެ ތަރުޖަމާނަކު ބުނެފައި ވަނީ ތެލްއަވީވްގެ ސެންޓްރަލް ސްކޮއާއަކަށް އެއްވާން ރާވާފައިވާ ކަމަށް. އެ މީހުން މި ބައްދަލުވުން ބޭނުންވަނީ އިޒްރޭލުން ރޭގަނޑު ޣައްޒާއަށް ހަމަލާތައް ދިނުން އިތުރުކުރުމާ ގުޅިގެން އެމީހުންގެ އާއިލާ މީހުންގެ ހާލަތާއި މެދު ޝައްކު އުފެދޭތީ ކަމަށް ބުނެފައި ވޭ.

16:05

ލުބުނާނަށް ފޮނުވާލި އިސްރާއީލުގެ ޑްރޯނަކަށް ހަމަލާ ދީފައިވާ ކަމަށް ލުބްނާންގެ އޮފިޝަލުން ބުނެފި.

16:00

ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 34 ނޫސްވެރިން މަރާލާފައިވާ ކަމަށް ރިޕޯޓްކޮށްފި

ޔަހޫދީން ހިންގަމުންދާ ގަތުލް އާންމުގައި މިހާތަނަށް 34 ނޫސްވެރިން މަރާލައިފި

15:20

އަނިޔާވެރިކަން އިންތިހާއަށް، ތުއްތު ކުއްޖެއްގެ ހަށިގަނޑު ނެގިއިރު ބޯ އޮތީ އިމާރާތުގެ ދަށުގައި!

14:38

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ރޭ ހަމަލާދީ، ހަމާސްގެ ބިމުގެ އަޑީގައި ހުރި 150 އަށްވުރެ ގިނަ ބިންގަރާސްތަކާއި ބަންކަރުތަކަށް ހަމަލާދީފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި.

14:29

އިސްރާއީލުން ހިފާފައިވާ ޒިކިމް އަށް އަލް ޣައްސާމް ބްރިގޭޑްސް އިން މިސައިލް ހަމަލާތަކެއް ދީފި. ހަމާސް އިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާ ގުޅިގެން.

14:22

ޣައްޒާގެ ރެސްކިއު ސާވިސް އިން ބުނާ ގޮތުގައި އިސްރާއީލުން ރޭ ބޮން އެޅުމުގެ ސަބަބުން އެތައް ސަތޭކަ އިމާރާތްތަކެއް ވަނީ ސުންނާފަތިވެފައި. އަދި ހާހަކަށް ވުރެ ގިނަ މީހުންގެ ގެތަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށް ރެސްކިއު ސާވިސް އިން ބުނެފައިވޭ.

14:09

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގެ ނާބްލުސްގައި އިސްރާއީލްގެ އާންމުންގެ މީހަކު ބަޑި ޖަހައި 40 އަހަރުގެ ފަލަސްތީނު ރައްޔިތަކު ވަނީ ޝަހީދުކޮށްލާފައި.

14:08

ޣައްޒާގެ ހާލަތު މިއަދު ނަގާފައިވާ ފޮޓޯތަކުން
ޣައްޒާގެ ހާލަތު މިއަދު ނަގާފައިވާ ފޮޓޯތަކުން

14:02

އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

13:55

އެމެރިކާގެ ދެވަނަ އަސްކަރީ މަނަވަރު މެދުއިރުމައްޗަށް ގޮސްފި.

13:54

އިސްރާއީލުން މިއަދު ޣައްޒާ އަށް ހަމަލާތައް ދެނީ.
އިސްރާއީލުން މިއަދު ޣައްޒާ އަށް ހަމަލާތައް ދެނީ.

13:43

އިސްރާއީލްގެ އަސްކަރިއްޔާގެ ނިރުބަވެރިން ރޭގައި އެކަނި ވެސް ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދިން އިރު، އެ ހަމަލާތަކުގައި ގާތްގަނޑަކަށް 100 އާ ގާތް ކުރާ އަދަދަކަށް އަސްކަރީ ޖެޓުތައް ބޭނުން ކުރި ކަމަށް އިސްރާއީލުން ބުނެފި.

13:26

އިސްރާއީލުން ޣައްޒާ އަށް ރޭގައި ދިން ވައިގެ ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ތިބި އެތައް ބަޔަކާއި ޒަހަމްވެފައި ތިބި އެތައް ބަޔަކު ނަގައި ހޮސްޕިޓަލްތަކަށް ގެންދަމުން އަންނަ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފި.

13:19

އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ހަމާސްގެ މުޖާހިދުން މިހާރު ދަނީ ރޮކެޓް ހަމަލާތަކެއް ފޮނުވަމުން. އިސްރާއީލުން ބުނާ ގޮތުގައި މި ރޮކެޓް ހަމަލާތައް އަމާޒުވާން ފެށީ ހަމާސް އިން ހަމަލާއެއް ފޮނުވާ ނުލާތާ އަށް ގަޑިއިރު ފަހުން.

13:18

އިސްރާއީލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ ދެއިޝާ ރެފިއުޖީ ކޭމްޕަށް ވަދެ، ތިން މީހަކު ހައްޔަރުކޮށްގެން ގެންގޮސްފި.

13:17

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ރޭގައި ދިން ވައިގެ ހަމަލާތަކުގައި ހަމާސްގެ ކަނޑުގެ އަދި އެއާ ފޯސްގެ ކޮމާންޑަރުންތަކެއް ޝަހީދުކޮށްލާފައި ވާނެ ކަމަށް.

13:16

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ޣައްޒާގެ އުތުރަށް ސިފައިން ވަދެފައިވާ ކަމަށް. އަދި ހަނގުރާމަ ކުރިއަށް ދާއިރު، މިހާތަނަށް އައިއިރު އިސްރާއީލްގެ ސިފައިންގެ މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ތަރުޖަމާނު ބުނެފައިވޭ.

އޭނާ ބުނާ ގޮތުގައި އިސްރާއީލުން ދަނީ ހަނގުރާމައިގައި ކުރިއެރުން ހޯދަމުން.

13:14

ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އިދްނާ އަށް އިސްރާއީލް ސިފައިން ވަދެ، ސްކޫލް ބަހެއް ފޭރިގެންފި.

13:12

ހަމާސް އިން ޣައްޒާ އަށް ގެންދިޔަ މީހުންގެ އާއިލާތަކުން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލު ކުރަން ޑިމާންޑް ކުރަމުން އެބަދޭ.

13:09

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލު ކުރަނީ.

13:07

އިސްރާއީލްގެ އަނިޔާވެރިކަން: ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް ދުލެއް ނުކުރޭ!

12:37

އިސްރާއީލްގެ ޓޭންކުތައް ޣައްޒާގައި ހަރަކާތްތެރިވަމުންދާ ވީޑިއޯތަކެއް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.

12:36

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމުގައި 100 އާ ގާތް ކުރާ އަދަދަކަށް އަސްކަރީ ޖެޓްތައް ހަރަކާތްތެރިވި ކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެފި. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތައް ދީފައި ވަނީ ހަމާސް އިން ބޭނުން ކުރާ ތަންތަނަށް.

12:22

ފަލަސްތީނުގެ ޣައްޒާގައި އަނިޔާ ލިބެމުންދާ މީހުން މިވަގުތު ބަލިކަށިހެން ހީވިޔަސް އަނިޔާވެރިކަމާ ދެކޮޅަށް ފަހުން ތެދުވާނެ ކަމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެއްޖެ.

12:07

އިސްރާއީލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ. އިން ނެރުނު ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓު ދީފި.

11:43

އދ. އިން ރޭގައި ފާސް ކުރި ގަރާރާއި ދެކޮޅު ހަދައި އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި.

11:10

އިސްރާއީލުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާ ދީފި. އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާއަކާ ގުޅިގެން.

11:07

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އިތުރު ސިފައިންގެ މީހަކު މަރާލައިފި.

11:02

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ރޭގައި ހަމާސްގެ 150 ބިންގަރާސްތަކަށް ވަނީ ހަމަލާ ދީފައި. މި ބިންގަރާސްތަކަކީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ބިންގަރާސްތަކެއް ކަމަށް އިސްރާއީލުން ބުނެފައިވޭ.

މި ހަމަލާތަކުގައި ހަމާސްގެ މުޖާހިދުން ޝަހީދުވެފައިވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނޭ.

10:59

ދިވެހިންގެ އެހީގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރި ދެ އެމްބިއުލާންސަށް ގެއްލުމެއް ނުލިބި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިއްޔެ ހާމަކޮށްފި.

10:47

ޣައްޒާގެ އެކި ހިސާބުތަކުގައި ޖަނާޒާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނޭ.

10:46

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ވަދެ ހަމަލާތައް ދިނުމަށް ރޭވި ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު ހާމަކޮށްފި.

10:09

އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި 70 މެމްބަރުން ހިމެނޭ އާއިލާއަކުން ދޮޅު އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ.

09:40

މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން މިހާރު މެދުއިރުމަތީގައި ކުރަމުންދާ ބައެއް ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ 200،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިސްރާއީލްގެ ނިރުބަވެރި ޔަހޫދީން ބުނެފި.

09:34

އިސްރާއީލްގެ ޔަހޫދީ ނިރުބަވެރިން މިހާރު ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި ގެއެއް ބިމާ ހަމަކުރުމުގެ މަސައްކަތް ކުރަމުން. އެ ގެ ބިމާ ހަމަ ކުރަނީ ބުލްޑޯޒަރެއް ބޭނުންކޮށްގެން. އެ ސަރަހައްދުގައި އިސްރާއީލް ސިފައިން ވެސް އެބަތިބި.

09:33

ޣައްޒާ އިން ހަމަލާތައް ބަދަލު ކުރާ ކަމުގެ އަޑު ލިބެމުންދާ ކަމަށް ފަލަސްތީނުގެ ބައެއް ރިޕޯޓުތައް މިހާރު ވެސް އެބަ ބުނަމުންދޭ.

09:31

އިސްރާއީލްގެ އަސްކަރިއްޔާ އިން މެދުކެނޑުމެއް ނެތި، އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރިއަށް ހަމަލާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ.

09:13

އިސްރާއީލްގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ގޯތިތެރެއަށް ހަމަލާ ދީފި.

09:08

ޔަހޫދީ ނިރުބަވެރި، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޝަހީދުވި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފި.

08:56

ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި މުޒާހަރާ ކުރަމުން އެބަދޭ. އެ މުޒާހަރާގައި 3،000 އަށް ވުރެ ގިނަ މީހުން ދަނީ ބައިވެރިވަމުން. ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާގެ ބައިވެރިން ނުކުމެ ދަނީ ޣައްޒާގައި ހިންގަމުންދާ ކުށްތައް ކުރުން ހުއްޓާލުމަށް ގޮވާލަމުން.

08:40

ޣައްޒާއިން މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލި މައްސަލަ ކުށްވެރިކުރައްވައި، އެކަން ހަމައަކަށް ކުރެވޭނީ ކިހިނެއްތޯ އެމެރިކާގެ ކޮންގްރެސްވުމަން އެލެގްޒެންޑްރިއާ އޮކަސިއޯ-ކޯޓެޒް ސުވާލު އުފައްދަވައިފި.

ޕްރޮގްރެސިވް ކޮންގްރެސްވުމަން ލިޔުއްވާފައިވާ ގޮތުގައި 2.2 މިލިއަން މީހުންގެ އާބާދީއަށް ކުރާ ހުރިހާ މުއާމަލާތެއް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.

07:58

އިސްރާއީލުގެ ނިރުބަވެރިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން މިހާރު ޖެހިފައި އޮތީ ހަނގުރާމައިގެ މައުލޫމާތު ހޯދަން އެންމެ އުނދަގޫ ވަގުތު ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ނޫސްވެރިން ބުނެފި.

ނޫސްވެރިން އެގޮތަށް ބުނެފައިވަނީ މިހާރު ޣައްޒާގެ ހާލަތު އޮތް ގޮތުން އެއްވެސް މީހަކަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެތީ.

07:31

އިސްރާއީލްގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރު ފާސް ކުރުމާއި ދެކޮޅަށް ވޯޓުދީ، އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ވައިލް ދަހުދޫހްގެ އާއިލާގެ މެމްބަރުން ޝަހީދުކޮށްލި ކަމަށް ބުނެ ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމަށް ގޮވާލާފަ.

"މައުސޫމް ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ"

07:28

ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ އިސްރާއީލް އެމްބަަސީ ކުރިމަތީ ފަލަސްތީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފި.

07:06

އިސްރާއީލުން ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ހުޅަނގު އައްސޭރީގެ ރަމައްﷲގައި ހުންނަ ގެއެއް ސުންނާފަތި ކޮށްފި.

 

07:04

އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ގޮވާލައިފި.

އެއްގަމު މަގުން ޣައްޒާއަށް ހަމަލާ ނުދިނުމަށް އެމެރިކާއިން ގޮވާލައިފި

06:34

އިސްރާއީލުގެ އަސްކަރީ އުޅަނދުތަކެއް ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޒަވަތާއަށް ވަދެއްޖެ.

 

06:19

އިސްރާއީލް ސިފައިން އަސްކަރީ އުޅަނދުތަކުގަ އާއި ހިނގާފައި ހުޅަނގު އައްސޭރީގެ ނަބްލުސްއަށް ވަން މަންޒަރު...

 

06:18

އިސްރާއީލްގެ ނިރުބަވެރި ސިފައިން ރަމައްاللهގެ ގެއަކަށް ވަދެ ގެއްލުންދީ، ގިނަ ބަޔަކު ހައްޔަރު ކޮށްފި.

އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާގެ ގެއަކަށް ވަދެ ދީފައިވާ ގެއްލުން
އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާގެ ގެއަކަށް ވަދެ ދީފައިވާ ގެއްލުން
އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާގެ ގެއަކަށް ވަދެ ދީފައިވާ ގެއްލުން

06:14

އިސްރާއީލުގެ ނިރުބަވެރިން، ޣައްޒާގެ މުއާސަލާތީ ހިދުމަތް ކަނޑާލުމުން ބޮޑެތި ޖަރީމާތާއް ފޮރުމުގެ ބިރު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފި

ޣައްޒާގެ މުއާސަލާތީ ހިދުމަތް ކަނޑާލުމުން ބޮޑެތި ޖަރީމާތައް ފޮރުމުގެ ބިރު އެބައޮތް- އެޗްއާރްޑަބްލިއު

05:57

އިސްރާއީލުގެ ނިރުބަވެރި ސިފައިން ހުޅަނގު އައްސޭރީގެ އަލް ޖަލަޒޫން ރެފިއުޖީ ކޭމްޕަކަށް ވަދެ، ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރު ކޮށްފި.

 

05:55

ހަނގުރާމަ ހުއްޓާލަން ގޮވާލައި އެމެރިކާގެ ޔަހޫދީ ގިނަ ބަޔަކު ނިއުޔޯކުގެ އެންމެ ބޮޑު ރޭލު ސްޓޭޝަން ފުރާލައިފި. ގިނަ ބަޔަކު އެތަނަށް އެއްވެފައިވާތީ ރޭލުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން ހުއްޓިފަ.

ގިނަ ބަޔަކު އެއްވެ، ހަނގުރާމަ ހުއްޓާލަން ގޮވާލާފައިވާއިރު، ފުލުހުން ވަނީ ގިނަ ބަޔަކު އެސަރަހައްދުން ހައްޔަރު ކޮށްފަ.

ހަނގުރާމަ ހުއްޓާލަން ގޮވާލައި އެމެރިކާގެ ގިނަ ޔަހޫދީންތަކެއް އެއްވެފައި
ހަނގުރާމަ ހުއްޓާލަން ގޮވާލި އެމެރިކާގެ ޔަހޫދީއަކު ހައްޔަރު ކޮށްގެން ގެންދަނީ

05:48

އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގޮވާލި އެމެރިކާގެ ޔަހޫދީންތަކެއް އެގައުމުން ހައްޔަރު ކޮށްފި.

އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓާލަން ގޮވާލި އެމެރިކާގެ ޔަހޫދީންތަކެއް ހައްޔަރު ކޮށްފި

05:07

މުއާސަލާތީ ހިދުމަތް ކަނޑާލުމަށްފަހު، އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު....

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު-- ފޮޓޯ: މުހައްމަދު ހަޒިމް އަލް މަސްރި
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު-- ފޮޓޯ: މުހައްމަދު ހަޒިމް އަލް މަސްރި
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު-- ފޮޓޯ: މުހައްމަދު ހަޒިމް އަލް މަސްރި
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ މަންޒަރު-- ފޮޓޯ: މުހައްމަދު ހަޒިމް އަލް މަސްރި

05:03

އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނި ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލް ހިފައިގެން. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ. މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް.

މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފަ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން ވެސް އަޅަމުން.

04:59

ޣައްޒާގެ އުތުރުން އޮންނަ އަލް-ބުރީޖް އާއި ޖަބަލްޔާގައި ނުރައްކާތެރި ހަމަލާ ބަދަލު ކުރުންތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓްތަކުން ބުނެފި.

04:49

އިސްރާއީލުގެ އަނިޔާވެރި ނުލަފާ ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފި.

ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފި

04:34

ޣައްޒާއަށް އެއްގަމުން މަގުން އަރާފައި ނުވާނެ ކަމަށް ބުނެ އިސްރާއީލުގެ ނިރުބަވެރި ސިފައިން ހެދި ދޮގު ފަޅާއަރައިފި.

އިސްރާއީލުން ހެދި ދޮގު ފަޅާއަރައިފި، ހަމަލާތައް ދެނީ އެއްގަމު މަގުން!

 

04:21

އިސްރާއީލަށް ނަފްސު ދިފާއު ކުރަން ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ތާއީދު ކުރާ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ، ޖޭމްސް ކްލެވަލީ ބުނުފި.

03:31

ފަލަސްތީނާއި އެކީ ތިބިކަން ދައްކުވައި އެތައް ހާސް ބަޔަކު ތުރުކީގައި ހިނގާލުމެއް ބާއްވައިފި. ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ދިޔައީ ފަލަސްތީން މިނިވަންކޮށް އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން.

ފަލަސްތީނާއި އެކީ ތިބިކަން ދައްކުވައި ތުރުކީގައި ބޭއްވި ހިނގާލުން-- ފޮޓޯ: ރޮއެޓާސް

03:17

އިސްރާއީލުން ޣައްޒާގެ މުވާސަލާތީ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ޣައްޒާއަށް ރާއްޖޭން ދޭ އެހީ ފޯރުކޮށްދޭ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އާއި ޣައްޒާާއި ގުޅުން ކެނޑިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަ ކޮށްފި.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނާއި ޣައްޒާއާއި މުއާސަލާތީ ގުޅުން ކެނޑިއްޖެ

އިސްރާއީލްގެ ނިރުބަވެރިންގެ ފުށުން ފަލަސްތީނުގެ މުސްލިމުން ސަލާމަތްކޮށް، އެފަރާތްތަކަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާއަކީ މިހާތަނަށް އިސްރާއީލަށް ސިހުން ލިބިގެން ދިޔަ ހަމަލާއެވެ. ހަމަލާއަށް 22 ދުވަސް ވެގެން ގޮސްފައިވާއިރު، ދެ ފަރާތުން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި އިސްރާއީލުން ފޮނުވަން ފެށި ހަމަލާތަކަކީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ދޭން ފެށި އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އިންޓަނެޓާއި، މުއާސަލާތީ ހުރިހާ ވަސީލަތެއް ކަނޑާލައި، މުޅި ދުނިޔެއާއި ޣައްޒާއާއި އޮތް މުއާސަލާތީ ގުޅުން ކަނޑުވާލައި، އިސްރާއީލުން ދޭން ފެށީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ހަމަލާތަކެކެވެ.

އެއްގަމު މަގުން ޣައްޒާއަށް ވަދެ އެ ހަމަލާތައް ދެމުން އަންނައިރު، މިހާތަނަށް އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި އެނގިފައެއް ނުވެއެވެ.

އެއްގަމު މަގުން ޣައްޒާއަށް އެރި ނަމަވެސް، ނިރުބަވެރިންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ހަމާސް ޖަމާއަތުން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. މުޖާހިދުން ބުނާ ގޮތުގައި އެފަރާތްތަކުން ތިބީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެންނެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުގެ ނިރުބަވެރިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު