އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް އަރާ ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ އަސްކަރީ 22 ވެހިކަލެއް ސުންނާފަތިކޮށްލާފައިވާ ކަމަށް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ދެންމެ އިއުލާންކޮށްފިއެވެ.

ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދަނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީގައެވެ. އިސްރާއީލުން ކުރިއަށް ޖެހުމަށް ހުރަސް އަޅަނީ ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގެ އުތުރުގެ ސަރަހައްދުގައި މިހާރު އޮތީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. އިސްރާއީލް ސިފައިން އެ ސަރަހައްދުގައި ތިބި އިރު، ހަމާސްގެ މުޖާހިދުން ވެސް ވަނީ އެ ސަރަހައްދުތަކަށް އަރައި، ދުޝްމަނުންނާ ކުރިމަތިލަމުންނެވެ. ދުޝްމަނުންނާ ކުރިމަތިލުމަށް ހަމާސްގެ މުޖާހިދުން ބޭނުން ކުރާ އެއް ހަތިޔާރަކީ ހަމާސް އިން އުފެއްދި ވަރުގަދަ ހަތިޔާރެއް ކަމަށްވާ "އަލް ޔާސީން 105" މިސައިލެވެ.

ޣައްޒާގެ "އަލް ޔާސީން" ހަތިޔާރު ދައްކާލައިފި، މިއީ ވަރުގަދަ ހަތިޔާރެއް!

މި މިސައިލަކީ ހަނގުރާމަ މަތީ އެންމެ ބާރުގަދަ އުޅަނދުތަކާއި ތަންތައް ސުންނާފަތިކޮށްލެވޭނެ ފަދަ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލަށް ނަންދީފައި ވަނީ 2004 ވަނަ އަހަރު ޔަހޫދީ އިސްރާއީލުން ޝަހީދުކޮށްލާފައިވާ ހަމާސްގެ ރޫޙާނީ ލީޑަރ ޝައިޚު އަހްމަދު ޔާސީންގެ އަށް ނިސްބަތްކޮށެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ 20 ދުވަސް ވަންދެން ރޭވުމަށް ފަހު، އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާ އަށް އެރިއިރު، އެމީހުންނަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އޭގެ ބަދަލުގައި ހަމާސްގެ މުޖާހިދުން އެމީހުންނާ ކުރިމަތިލައި ބަލި ކުރަމުންދާ ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

"އެއްގަމު މަގުން އަރައިގަތުމާ އެކު، އަހަރުމެން ވާނީ ރައްދުގައި އަދި ދިފާއުގައި ހަމަލާތައް ދީފައި. އަދި މިހާރު ވެސް އެ ހަމަލާތައް ދެމުން މިދަނީ،" އަބޫ އުބައިދާ ވިދާޅުވިއެވެ.

އަބޫ އުބައިދާ ވިދާޅުވި ގޮތުގައި އެ 22 ވެހިކަލް ވެސް ސުންނާފަތިކޮށްލާފައިވަނީ ހަމާސް އިން އުފެއްދި އަލް-ޔާސީން 105 މިސައިލުން ކަމަށެވެ.

އިސްރާއީލުން ބުނެފައިވާ ގޮތުގައި މިހާތަނަށް އައިއިރު، ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ސިފައިންގެ ދެ މީހަކު މަރާލާފައިވާ އިރު، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެކަމަކު، ހަމާސް އިން ބުނަނީ އެއަށް ވުރެ ގިނަ މީހުން މަރާލާފައި ވާނެ ކަމަށެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި ހަމާސް އިން މަރާލާފައި ވަނީ އުމުރުން 20 އަހަރުގެ ދެ ސިފައިންގެ މީހުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްލިމު ފަރުދެއް

    އައި ލަވް ޔޫ، ހަމާސް!
    ޔާ ﷲ! ﷲގެ މަގުގައި ޖިހާދުކުރަމުންދާ މުސްލިމުންނަށް ނަޞްރުދެއްވާނދޭވެ!
    މުސްލިމު ޤައުމުތަކުގައި ތިބި އެމެރިކާގެ ބޭސްތައް ނައްތާލައި އެމީހުން ފައިބައިގެންދާން އެ ދައުލަތްތަކުން އަންގަންވެއްޖެއެވެ. މުސްލިމު ބިންތައް ތިޔަ ނުލަފާ ކާފަރުންގެ ނުބައިކަމުން ސަލާމަތްވާނީ އެމީހުންގެ ފަރާތުން މަދަދަށް އެދުމުގެ ބަދަލުގައި މަދަދު ފޯރުކޮށްދެވޭނެ ފަރާތް ﷲ ޞބޙނހވތޢލ އަށް ކަންކަން ޚާލިޞް ކޮށްގެންނެވެ. އޭރުން ބާރުވެސް ލިބޭނެއެވެ.

    ހަމާސް އޭ ކިޔުނު ޖަމާޢަތަކަށް، ހަތިޔާރުގެ ގޮތުން ވަރުގަދަ ކަމަށް ދައުވާކުރާ އަނިޔާވެރި ޔަހޫދީ ދައުލަތް ސިއްސުވާލައި، އެތައް ގެއްލުމެއްދެވޭ އިރު، އިސްލާމީ ޤައުމުތައް ﷲ އަށް ވަކީލުކޮށް ޙައްޤުގެ މަގުގައި ޖިހާދުކުރަންފަށައިފިނަމަ ދުޝްމިނުންނަށް ކިހާ ވަރުގެ ޕްރެޝަރަކަށް ވާނެ ނޫންހެއްޔެވެ؟

  2. ޑިމޮކްރަސީ

    އިންޝާﷲ ކާމިޔާބު ވާނެ ތި ޔަހޫދީންތައް މަރާ ހުސްވާނެ

  3. ޒާހިރު

    ޢިސްލާމީ ޤަައުތަކުން ހަތިޔާރު ކުޑަމިންވަރެއް ދިއްކޮށްލިޔަސް އިރާދަކުރެއްވިއްޔާ އިސްރާއީލް ބަލިކުރައްވާނެ.