އިސްރާއީލްގެ ޔަހޫދީ ސިފައިންނާ ދެކޮޅަށް ހަމާސް އިން އިން މިދިޔަ ހޮނިހިރު ދުވަހު ފެށި ހަނގުރާމައިގައި ބޭނުން ކުރަން ނިންމާފައިވާ "އަލް ޔާސީން" އެންޓި އާމޯ ޝެލް 105 އެމްއެމް ކެލިބާ މިސައިލް ދައްކާލައިފިއެވެ.

ހަމާސްއިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މިހާރު އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާއިގެ ތެރެއިން އިސްރާއީލުގެ އަސްކަރީ ބާރުތަކުން ބޭނުންކުރަމުން ދިޔަ މެރްކާވާ ޓޭންކެއް "އަލް ޔާސީން" ބޭނުންކޮށްގެން ނައްތާލާ މަންޒަރު ހިމަނާފައި ވެއެވެ. އެ ޓޭންކަށް ހަމަލާ ދިނީ، ޣައްޒާގެ ބޯޑަރު ކައިރީގައި އޮއްވައެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ޣައްޒާ އަށް ވަދެގަތުމަށް ޓޭންކާއި އެ ނޫން ވެސް އުޅަނދުތައް ޣައްޒާ ކައިރިއަށް ޖަމާކޮށްފައެވެ.

ހަމާސް އިން ހަތިޔާރު އުފައްދަނީ.

އާންމުކޮށްފައިވާ އެއް މިނެޓާ 18 ސިކުންތުގެ މި ވިޑިއޯއިން ފެންނަ ގޮތުގައި ހަމާސްއިން މި އަލް ޔާސީން އެންޓި އާމޯ ޝެލް 105 އެމްއެމް ކެލިބާ މިސައިލް އުފައްދާފައި ވަނީ އެ ޖަމާއަތުން ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ސިއްރު ތަނެއްގައެވެ. އަދި މިސައިލް ތައްޔާރުކޮށް ނިންމައި ހަނގުރާމަތަކުގައި ބޭނުންކުރުމުގައި އަމަލު ކުރާ ގޮތްވެސް މި ވީޑިއޯއިން ދައްކުވައިދެއްވެ.

ހަމާސް އިން ހަތިޔާރު އުފައްދަނީ.

ހަމާސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ޖަމާއަތުން "އަލް ޔާސީން" ބޭނުންކުރަން ފަށާފައި މިވަނީ ޔަހޫދީ އިސްރާއީލާ ދެކޮޅަށް ފާއިތުވި ހަފްތާގެ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމައިގެ ތެރެއިންނެވެ.

ޔާސީންއަކީ ހަމާސްއިން އުފައްދާފައިވާ އެންޓި ޓެންކް މިސައިލެކެވެ. މި މިސައިލު އެންމެ ފުރަތަމަ ހަމާސް އިން އުފައްދާފައި ވަނީ 2004 ވަނަ އަހަރުގައެވެ. އެގޮތުން މި މިސައިލަށް ނަންދީފައި ވަނީ 2004 ވަނަ އަހަރު ޔަހޫދީ އިސްރާއީލުން ޝަހީދުކޮށްލާފައިވާ ހަމާސްގެ ރޫޙާނީ ލީޑަރ ޝައިޚު އަހްމަދު ޔާސީންގެ އަށް ނިސްބަތްކޮށެވެ.

ހަމާސްގެ މުޖާހިދުން

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މި މިސައިލަކީ ހަނގުރާމަ މަތީ އެންމެ ބާރުގަދަ އުޅަނދުތަކާއި ތަންތައް ސުންނާފަތިކޮށްލެވޭނެ ފަދަ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މީގެއިތުރުން ހަމާސްއިން ހާމަކުރި ގޮތުގައި އެ ޖަމާއަތުން މި މިސައިލް ބޭނުންކުރަން ފަށާފައި މިވަނީ އަމިއްލައަށް އުފައްދައިގެނެވެ.

ހަމާސްގެ އަސްކަރީ މީޑިއާއިން މީގެ ކުރިން ވަނީ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކުރަން ފަށައިފައެވެ. މި ނިޒާމަށް އެ ޖަމާއަތުން ދީފައިވާ ނަމަކީ "މުތުބަރް-1" ކަމަށް ހާމަކޮށް ފުރަތަމަ ފަހަރަށް ވީޑި އޯކުލިޕެއް ވެސް އާންމުކޮށްފައިވެއެވެ.

ހަމާސް އިން އިސްރާއީލްގެ ޓޭންކަކަށް ހަމަލާ ދެނީ.

އަލް ޔާސީން އަކީ އެންޓި ޓެންކް ހަތިޔާރެއްގެ ނަމަވެސް ހަމާސްއިން މި ހަތިޔާރު ބޭނުންކުރަމުން އައިސްފައި ވަނީ ހަނގުރާމަ މަތީ އުޅަނދުތައް ނައްތާލުމަށާއި އިސްރާއީލުގެ އަސްކަރީ ބާރުތަކުން ބޭނުންކުރަމުން އައި ކޭމްޕުތަކަށް ހަމަލާތައް ދިނުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސްއިން މި މިސައިލުތައް އުފައްދާފައި މިވަނީ އެ ޖަމާއަތުން ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ކުދި ވޯކްޝޮޕްތަކެއްގައެވެ.