ދެކުނު އެފްރިކާ އިން އިސްރާއީލް ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

ދެކުނު އެފްރިކާ ސަރުކާރުން ވަނީ ފަލަސްތީނުގެ ޣައްޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލްގައި ތިބި ހުރިހާ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންނަން ނިންމައިފައެވެ.

ޣައްޒާގައި ހިނގާ ނަސްލު ނައްތާލުމުގެ ޖަރީމާ އައިސީސީން ތަހުގީގު ކުރަން ޖެހޭކަމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސޓަރު ނަލޭދީ ޕަންޑޯ ވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަފްސާނީ އޮޕަރޭޝަނެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި ކުޑަކުދިންނާއި މައުސޫމް އާންމުން ޝަހީދު ކުރަމުންދާތީ އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ދޭ ރައްދުގެ ތަބީއަތަކީ ޖަމާޢަތަށް އަދަބު ދިނުމުގެ ސިފައެއް،" ފޮރިން މިނިސްޓަރު ނަލޭދީ ޕަންޑޯ ވިދާޅުވިއެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު ހަނގުރާމަ ކުރިއަށްދާތާ މިއަދަށް އެއް މަސް ވެފައިވާ އިރު ހަނގުރާމަ ހުއްޓާލާނެ ކަމުގެ އެއްވެސް ކޮޅުމައްޗެއް އަދި ނުފެނެއެވެ. އިސްރާއިލުން ބުނަމުންދަނީ ފަލަސްތީނުގެ ޣައްޒާގައި ތިބި ހަމާސްގެ މުޖާހިދުން ނައްތާލާފައި ނޫނީ ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.

އިސްރާއިލުން ހިނގަމުން ގެންދާ ގަތުލު އާންމުގެ ސަބަބުން އެތައް ގައުމުތަކަކުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އާންމު ރައްޔިތުންނާ އެކި އެކި ދައުލަތްތައް ވެސް ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް އިސްރާއިލުން އެ އަޑު ނާހާ ޣައްޒާ އަށް މެދުކެނޑުމެއް ނެތި ދަނީ ބޮން އަޅަމުންނެވެ.

އިސްރާއީލާއެއެކު ގުޅުން ކަނޑާލަން ނިންމި ގައުމުތަކަކީ ބަހުރެއިން، ޗޭޑް، ޗިލީ، ކޮލަމްބިއާ، ހޮންޑިއުރަސް،، ޖޯޑަން، ދެކުނު އެފްރިކާ، ތުރުކީ، އަދި ބޮލީވިއާއެވެ. މީގެތެރެއިން ބޮލީވިއާ ވަނީ އިސްރާއިލާއިއެކު އޮތް ހުރިހާ ޑިޕޮލޮމެޓިކް ގުޅުމެއް ކަނޑާލާފައެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުން ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އެޅުމުން އިސްރާއީލުން ވަނީ ބޮލީވިއާ، ޗިލީ އަދި ކޮލަމްބިއާ އަށް ވަނީ ފާޑު ކިޔައިފައެވެ

އިސްރާއީލްގެ އުދުވާނާ ދެކޮޅަށް ފާޑު ކިއާ އެއް ގައުމަކީ ތުރުކިޔޭއެވެ. ތުރުކިޔޭގެ ބޮޑުވަޒީރު ތޮއްޔިބް އުރުދުޣާން ވިދާޅުވީ އިސްރާއީލް ސަރުކާރުން ގަސްދުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިިލާފުވެ، ޣައްޒާގައި އާންމުން ޝަހީދު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިން

    ދިވެހި ސަރުކާރުން އަދިވެސް މިކަން ކުރަން ނުވޭތޯ؟

    16
    • ބޯހަލާކު

      ބްރަދާ ދިވެހި ރާއްޖެއަކީ އެންއިރެއްގަވެސް އިޒްރޭލާ އެއްވެސް ގުޅުމެއް އޮންނަގައުމެއްނޫން ވަރިކުރެވޭނީ ފުރަތަމަ އިނދެގެންތާ

  2. ދިވެހިމީހާ

    އިސްރާއީލާ ޑިޕްލޮމެޓިކް އޮތް ގުޅުން މިހާރުން މިހާރަށް ކަނޑާލުމަށް ދިވެހިސަރުކަރަށް އަޅުގަނޑު ގޮވާލަން

  3. އަހަރެންގެ ހިޔާލު

    އެ އަނިޔާވެރި ޔަހޫދީއްނަށް ފިޔަވަޅުއަޅަން ނުކެރޭ މީހާ ވާ ހުށީ ހަމަ އެމީހުންގެ ތެރެއިން. ނަމުން ސާލިޙް ކަމުން ޖާހިލުގެ މި ހުރިހާ ސިފަތަކެއް ފުރިހަމަވޭ.