އިސްރާއީލުގެ އެތައް ހާސް އާންމުންނަށް ހަތިޔާރު ދެމުން ގެންދާ ކަމަށް އިސްރާއީލުގެ މިނިސްޓަރަކު ބުނެފިއެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާއި ބެހޭ މިނިސްޓަރު އިތަމާރު ބެން ގްވީރް ބުނެފައިވަނީ އިސްރާއީލުގެ އެތައް ބަޔަކު އަމިއްލަ ހަތިޔާރު ގެންގުޅުމަށް ހުށައަޅަމުން ގެންދާ ކަމަށެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި މުސްލިމުންނާއި އިންތިހާއަށް ދެކޮޅު، ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ މިނިސްޓަރު ބެން ގްވީރު ބުނެފައިވަނީ އަމިއްލަ ހަތިޔާރު ގެންގުޅުމުގެ އެތައް ހާސް ހުއްދަ އަކާއި ލައިސެންސްތައް "ޝަރުތު ހަމަވާ" ރައްޔިތުންނަށް ދީފައިވާ ކަމަށެވެ.

އަދި އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ހޯދަން ޒައިނިސްޓު ޔަހޫދީންނަށް ފަސޭހަ ކޮށްދީފައިވާ ކަމަށްވެސް ބެން ގްވީރު ބުނެފައި ވެއެވެ.

"އަހަރެމެން ވާނީ ގައުމުގެ އެކި ހިސާބުތަކުގައި އެތައް ސަތޭކަ ސްޓޭންޑްބައި ކްލާސްތަކެއް ހުޅުވާފައި. އަދި ޓެސްޓުތަކުގައި އެތައް ފަސޭހަތަކަކާއި ބަދަލުތަކެއް އަހަރެމެން ވާނީ ގެނެސްފައި." އޭނާ ބުނެފައި ވެއެވެ.

ހަތިޔާރު ބަހާ ފުރަތަމަ ބުރުގައި، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހަރަކާތްެތެރިވާ "ވޮލެންޓިއަރ ޓީމުތަކަށާއި"، އަރަބިންނާއި ޔަހޫދީން އެކުގައި ދިރިއުޅޭ ރަށްތަކަށް، އިސްރާއީލުން އުފައްދާފައިވާ 4000 އެސޯލްޓް ރައިފަލް ބަހާނެ ކަމަށް ބެން ގްވީރު ވަނީ މިދިޔަ މަހު ބުނެފައެވެ. އަދި އެއަށްފަހު އޭގެ 6000 ހަތިޔާރު ބަހާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ފަލަސްތީނުގެ ބިމުގައި ގާނޫނާއި ހިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ހަމަލާތަކެއް ދެމުންނެވެ. އެމީހުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދެނީ އިސްރާއީލުގެ ސިފައިންގެ އެއްބާރުލުމާއިވެސް އެކުގައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުންނާއި ދެމެދު ކުރިއަށްދާ ވަރުގަދަ ހަމަލާ ބަދަލު ކުރުންތައް ފެށުނީއްސުރެ، ގާނޫނާއި ހިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ފަލސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި އިސްރާއީލުން އެޅި މި ފިޔަވަޅާއި އެކު މި ހަމަލާތައް މިއަށްވުރެ އިތުރުވެ، ފުޅާވެގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އިސްރާއީލުން މެދު ނުކެނޑި ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅަމުންދާތާ މިއަދަށް 1 މަސް ދުވަސް ވީއިރު، ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 10،022 އަށް އަރާއިރު، ޒަހަމްވި މީހުންގެ އަދަދު 25،408 އަށް އަރައެވެ. އަދި ހުޅަނގު އައްސޭރީގައި 163 މީހުން ޝަހީދުކޮށްލާފައިވާ އިރު، 2،100 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސީނު

    މީހުން މެރުނުލެއް ގިނަކަމުން އިޒްރޭލު މޮޔަވެއްޖެ

    20
  2. މަސްނޫނު

    އޯ އެހެންތަ؟ އެހެންވިއްޔާ ކޮންމެގައުމެއްގަ ވިޔަސް
    އާންމު މުސްލިމް ރައްޔިތުންނައް ޔަހޫދީން މެރުމުގެ ލައިސަންސް ލިބޭނެތާދޯ ؟

  3. ނަބާ

    ކަލޭމެން ޢަތުން މަރުވާ ކޮންމެ މީހަކު " ޝަހީދެއްގެ " ގޮތުގައި އުދުހިލާފައި ސުވަރުގެ އަށް، އެއީ ނަސީބު ވެރިންނަކީ ، އަހަރެމެން ހުރިހާ މުސްލިމުންވެސް ބޭނުންވަނީ " ޝަހީދެއްގެ " ގޮތުގައި ދުނިޔެ ދޫކުރަން ، ސުވަރުގެ އަށް ދާން ، ދާއިމީ ގޮވައްޗަށް ، ކަލޭމެން ޔަހޫދިން ތިބޭނެ ތަނަކީ " ނަރަކާގަ " ޝަޙީދުންނަށް ހުރި އުފަލެއްގެ ބޮަޑުކަމާއެވެ !!

  4. ވިސްނާ

    މާތް ﷲ އިރާދަ ކުރެއްވިއްޔާ ތިޔަ ބަހާލި ރައިފަލްތަކުން އިސްރާއީލްގެ ބޮޑެތިމީހުން ނިމިދާނީ

    • ނޫރު

      އާމީން

  5. ތޮއްޓޫ

    ޔަހޫދީންމަރާހުސްކުރަން ދިވެހިންވެސްމިދަނީ ދުއާކުރަމުން.

  6. Anonymous

    މުސްލިމުން ފެނުނީމަ ހޭބަލިވަނީ!
    އަސަރު ކުރަނީ!

  7. Anonymous

    މުސްލިމުން މަރަން ޔަހޫދީންގެ އަތަށް ހަތިޔާރު ދޭނަމަ، މުސްލިމުންގެ ތެރޭގައި އުޅޭ ޔަހޫދީންތައް މަރައި ހުސްކުރަންވީއެވެ. ހުރިހައި މުސްލިމުން ނިކަން ކެރިގެން މިކަމަށް ނުކުންނަންވީއެވެ.

  8. Anonymous

    ޔާﷲ ޔަހޫދީންގެ ހަތިޔާރުން ޔަހޫދީން ނެތިދާނެގޮތް މިންވަރު ކޮށްދެއްވާނދޭވެ. އާމީން

  9. ކިސަޑު

    ދީބަލަ މާދަމާ ތިޔަބައިގަޑަށް ވާނެގޮތް އެގޭތަ